އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިވެރިޔާއަށްޓަކާ ދަރިފުޅު އެއްލައިލި މަންމައަކަށް ލޯބިވެރިޔާވެސް ދަރިފުޅުވެސް ގެއްލި މުޅި ޢުމުރުގަ ކަރުނައަޅަންޖެހުނު ގޮތުގެ ވާހަކަ-

ލޯބިވެރިޔާއަށްޓަކާ ދަރިފުޅު އެއްލައިލި މަންމައަކަށް ލޯބިވެރިޔާވެސް ދަރިފުޅުވެސް ގެއްލި މުޅި ޢުމުރުގަ ކަރުނައަޅަންޖެހުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

އޭނާއަކީ އެކަނިވެރި މަންމައެކެވެ. އޭނާގެ އުމުރުން 4 އަހަރުވީ ވަރަށް ލޯބިލޯބި އަނހެން ދަރިފުޅު ދެކެ އޭނާ ވަރަށް ލޯބިވެއެވެ. ގެންގުޅެ ބޮޑުކުރަމުން އައީވެސް ވަރަށް ލޯބިންނެވެ. އެހެން އުޅެމުން އައިސް ބައްދަލުވި މީހަކު ދެކެ ލޯބިވެވި ދެކެވުނު ވާހަކައިގެ ތެރޭގައި ދަރިއަކު ހުންނަކަމަށް ބުންޏެވެ. ނަމަވެސް އޭނާ އަކަމަކަށް ސަމާލުކަމެއް ނުދެއެވެ.

ދެމީހުން ގުޅި އޭނާގެ ގެއަށް ލޯބިވެރިޔާ ގެންދިއަ ދުވަހު ދަރިފުޅު ފެނުމުން ލޯބިވެރިޔާ ޝަކުވާކުރިއެވެ. އަދި އޭނާއަކީ ކުޑަކުދިން ގެންގުޅެން ބޭނުންވާ މީހަކު ނޫންކަމަށްވެސް ބުންޏެވެ. ރާވާފައިވާ ގޮތަށް ރޭގަނޑުގެ ކެއުމަށް ދާއިރު ދަރިފުޅު ގެންދަން އުޅުމުން ލޯބިވެރިޔާ ބުނީ ދަރިފުޅު އެހެން މީހަކާއި ޙަވާލުކޮށްފައި އެކަނި ދިއުމަށެވެ. ބަލައިދޭނެ މީހަކު ނެތްކަމަށް ބުނުމުން ރުޅިއައިސްގެން ނުކުމެގެންދިއައީއެވެ. 

މަންމައަށް މުހިންމުވީ ލޯބިވެރިޔާއެވެ. އެހެންކަމުން ދަރިފުޅުގެ ބެލެނިވެރިކަން ދަރިން ނުލިބޭ ދެމަފިރިންނާއި ޙަވާލުކޮށް ދަރިފުޅު އެމީހުންނަށް ދީފައި ދެމީހުން ކައިވެނިކުރީއެވެ. ކައިވެނިކޮށްގެން ކުޑަދުވަސްކޮޅަކަށްފަހު ފިރިމީހާ ރައްޓެހިންނާއިއެކު ބޭރުގައި އުޅުން ގިނަކޮށް ގެއަށް ނިދަން ދިއުން ލަސްކުރަން ފަށައިފިއެވެ. އެކަމުގެ ސަބަބުން ދެމީހުންގެ މެދުގައި މައްސަލަތައް ޖެހެން ފަށައިފިއެވެ. 

އެންމެފަހުން ވަރިކޮށްލާފައި ފިރިމީހާ އޭނާ ވަރިކޮށްލާފައި ގެއިން ނުކުންނަމުން ބުންޏެވެ. "އަހަރެން ކަލޭ ދޫކޮށްލާފައި މިދަނީ ކަލޭގެ ޙަޤީޤަތް ވިސްނުމުންނެވެ. ލޯބިވެރިއަކަށްޓަކައި އަމިއްލަ ދަރިފުޅު ރޮރޮއި ހުއްޓއި ގެއިން ނެރެ ފޮނުވައިލި އަންހެނަކު މިގެއިން އަހަރެން ނެރެ ފޮނުވާލުމުގެ ކުރިން ގެއިން އަމިއްލައަށް ނުކުމެގެންދަނީއެވެ." 

ބުނެވޭނެ އެއްޗެއް ނެތެވެ. އޭނާ އެބުނީ ހަމަ ތެދުބަހެކެވެ. އެހެންވެ ކެތްތެރިވެލައިގެން ހުރެފައި ދަރިފުޅު އަނބުރައިލިބޭތޯ އެގެއަށް ދިއުމުން ބުނީ ނުދޭނެ ކަމަށެވެ. އެކަމާއި ޒުވާބުކުރަން ތިއްބައި ދަރިފުޅު އައިސް އެގޭގެ އަންހެން މީހާގެ އަތުގައި ހިފާފައި ބުނީ އޭނާއާއިއެކު ކުޅެން އައުމަށެވެ. މިދައްތަ ފޮނުވާލާފައި ގޭގެ ދޮރު ލެއްޕުމަށެވެ.

އެމީހަކަށްޓަކައި ދަރިފުޅު އެއްލާލާފައި ހޯދި ލޯބިވެރިޔާވެސް ގެއްލުނީއެވެ. ވިހައި 4 އަހަރުވަންދެން ލޯބިން ގެންގުޅެ ބޮޑުކުރި ދަރިފުޅުވެސް ގެއްލުނީއެވެ. އެހެން މީހަކު ކުށްވެރިކުރެވޭކަށްނެތެވެ. ހުރިހާ ކުށެއް ކުރީވެސް އަމިއްލައަށެވެ. ކަނުލޯބީގައި އާވާރާވެވުނުކަމުގެ ނަތީޖާއެވެ. 

މިއީ އަޅުގަނޑު ބެލި މޫވީ ކްލިޕެއްގައި ކަންކަންވީގޮތެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ މިއީ ބޭރު ޤައުމެއްގައި ހިނގާފައިވާ ކަމެއް ނަމަވެސް ހަމަ މިބާވަތުގެ ކަންކަން ރާއްޖޭގައިވެސް އެބަހިނގައެވެ. ލޯބީގެ އަވާގައި ޖެހި ދަރިން އެބަ ނިކަމެތިކޮށްލެވެއެވެ. އެއީ މައަކަށް ކުރެވޭނެ އެންމެ ނުބައި ކަންތަކެވެ. 

ދަރިއަކު ހުއްޓައި މީހަކާއި ގުޅޭނަމަ ބަލަންވީ ތިމާދެކެ އެމީހަކު ލޯބިވާވަރެއް ނޫނެވެ. ލިބިފައިވާ ދަރިފުޅު ދެކެ ލޯބިވާވަރެވެ. އެކަމަށް ނުބަލައި ދެމީހުން ގުޅި ލޯބީގެ ގޮތުން ކުރިއަށް ހިނގައްޖެނަމަ މިބާވަތުގެ ބޮޑެތި ހިތްދަތިކަން ލިބުން އޮންނާނީ ދާދި ދާތުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ޚިޔާލަކީ ކޮބައިތޯއެވެ؟ 

- ރަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް