އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބުނާ ބަހެއް ﷲ އަށްޓަކައި ބުނެ، ކުރާ ކަމެއް ﷲ އަށްޓަކައި ކުރީމާ އެކަމާ އޭނާ ރުޅިއަޔަސް ކަންބޮޑުވާކަށް ނުޖެހޭނެ!: ޝައިޚް ޝަފީޢު ޢަބްދުﷲ

ބުނާ ބަހެއް ﷲ އަށްޓަކައި ބުނެ، ކުރާ ކަމެއް ﷲ އަށްޓަކައި ކުރީމާ އެކަމާ އޭނާ ރުޅިއަޔަސް ކަންބޮޑުވާކަށް ނުޖެހޭނެ!: ޝައިޚް ޝަފީޢު ޢަބްދުﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ޚާއްޞަކޮށް މީހަކަށް ނަސޭހަތެއް ދޭ ކަމުގައި ވަނީވިއްޔާ އެއީ ﷲއަށް ޓަކައި ދޭ ނަސޭހަތެއް ކަމުގައި ހަދާށެވެ. އެއިރުން އަނެކާ އެ ނަސޭހަތެއް ގަބޫލުނުކޮށް ތިބާއާ ޢަދާވާތްތެރިވެ، ތިބާއާ މެދު ޒާތީވެ، ފާޑުފާޑުގެ ނަންނަމުން ތިބާއާ މުޢާމަލާތުކުރި ކަމުގައިވިޔަސް، ތިބާގެ ހިތުގައި އޭނައާ މެދުގައި ރުޅިވެރިކަމެއް ނޯންނާނެއެވެ. ތިބާއަށް އެއީ މާ ބޮޑު ކަމަކަށް ނުވާނެއެވެ. އެހެނީ ތިބާ ބުނި ބަހެއް ބުނީ ﷲއަށް ޓަކައެވެ. ތިބާ ކުރި ކަމެއް ކުރީ ﷲއަށް ޓަކައެވެ. 

ކަންކަމާ މެދު ޢިލްމީ މުނާޤަޝާއެއް، ޢިލްމީ ބަހުޘެއް ނުވަތަ ޢިލްމީ ޖަދަލެއް ކުރަންޏާ، ދެ ފަރާތުން ވެސް ޒާތީވެގެން ނުވާނެއެވެ. ބަހުޘުކުރާނީ ކުރިމަތީގައިވާ މައްސަލައަށެވެ. ކުރިމަތީގައިވާ މީހާއާ ބެހޭ ގޮތުންނެއް ނޫނެވެ. 

އަނެކާގެ ޒާތަށް އަރައިގަތުމަކީ ޢިލްމީ ގޮތުން ބަލިކަށި މީހުންގެ ސިފައެކެވެ. ޢިލްމީ ގޮތުން ވަރުގަދަ މީހަކީ މައްސައަލަށް ވާހަކަދައްކައި ޙުއްޖަތާއި ބުރުހާން ހުށަހަޅާ މީހާއެވެ. އޭނާއަށް އޭނަގެ ކުރިމަތީގައި ހުރީ ކާކު ކަމެއް މުހިންމެއް ނުވާނެއެވެ. އޭނާއަށް މުހިންމުވާނީ މައްސަލައެވެ. ޙައްޤެވެ. އަދި ޙައްޤު ބަޔާންކުރުމެވެ. އެއަށް ޙުއްޖަތާއި ބުރުހާނު ދެއްކުމެވެ. އަދި ޙައްޤު ގޮތަކީ އޭނާގެ ޚަޞްމުގެ ފަރާތުން ބަޔާންވި އެއްޗަކަށް ވިޔަސް އެޔެއް ގަބޫލުކުރުމުގެ ހިތްވަރު ހުރުމެވެ.

 

 -ޝައިޚް ޝަފީޢު ޢަބްދުﷲ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް