އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕީޖީ އޮފީހުން ހާމަކުރި ޝައިޠޯނީ ވީޑިއޯ ޔޫޓިޔުބުން ނަގައިފި

ޕީޖީ އޮފީހުން ހާމަކުރި ޝައިޠޯނީ ވީޑިއޯ ޔޫޓިޔުބުން ނަގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ބަރަހަނާ ފޮޓޯ ފޮނުވުމަކީ މައްސަލައެއް ނޫން ކަމަށް ބުނެ ޕީޖީ އޮފީހުން ހާމަކުރި ޝައިޠޯނީ ވީޑިއޯ ޔޫޓިޔުބުން ނަގައިފި އެވެ. 

ވީޑިއޯ ނެގީ ކޮން ސަބަބަކާއިހުރެކަން ސާފެއް ނުވެއެވެ. ޔޫޓިޔުބުން ބުނަނީ އަޕްލޯޑްކުރި ފަރާތުން ވީޑިއޯ މިހާރު ނަގާފައިވާ ކަމަށެވެ.

އެނގޭކަމަކީ އެވީޑިއޯ އާއި ގުޅިގެން ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަމެއް އެއީ ހުއްދަ ކަމެއްގެ ގޮތުގައި އެތައް ދުވަހެއް ވަންދެން ފެތުރި މައުލޫމާތުގެ ސަބަބުން ގިނަ ބައަކަށް އެކަމުގެ ނުބައި މަޢުލޫމާތު ލިބިފައިވާކަމެވެ. އަދި އެކަމާއި ގުޅިގެން ދީނީ ޢިލްމުވެރިން އިންތިހާއަށް ކަންބޮޑުވުން ފައުޅުކުރައްވަމުން ގެންދަވާ ކަމެވެ. 

މިފަދަ ބޮޑު ފިތުނައެއް ޤާނޫނު އަސާސީގެ ބެލެނިވެރި ފަރާތުން އުފެއްދުމުން، އިސްލާމް ދީނާއިމެދު ކަނޑައެޅިގެން ދޮގު މައުލޫމާތު ޢާންމުކޮށް މީސްތަކުން މަގުފުރައްދަން މަސައްކަތް ކުރުމުން އެކަން ކުރި ބައަކާއިމެދު ޤާނޫނީ ފިޔަވަޅު ނުއަޅާނަމަ އެކަމުގެ ޒިންމާ އުފުއްލަވަން ދިވެހި ދައުލަތުގެ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާއަށް ޖެހިވަޑައިގަންނަވާނެއެވެ. 

މިޝައިޠޯނީ ވީޑިއޯ ޢާންމުކުރުމުން އެކަމާއި ޢިލްމުވެރިން ކަންބޮޑުވުން ފައުޅުކުރައްވައި ކަމުގެ ޙަޤީޤަތް ބަޔާންކުރައްވަމުން ގެންދެވިއިރުވެސް ނުނަގައި އެތައް ދުވަހަކު ބައިންދައި އިސްލާމްދީނުގެ ޙުކުމްތައް އޮޅުވައިލުމުން މިއީ އޮޅުމަކުން ކުރިކަމެއް ކަމަށް ޤަބޫލުކުރަން ވަނީ އުނދަގޫވެފައެވެ. އަދި ދައުލަތުގެ ނިޝާންޖަހައި އެއީ ދައުލަތުގެ ބަސްކަމަށް ދައްކުވަން ކުރި މަސައްކަތަކީ ވަކިން ބޮޑު ޖަރީމާއެއްކަން ގިނަބައަކު އަންނަނީ ފާހަގަކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް