އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަލަމުންދާ މައްސަލަތަކުގެ ނަތީޖާ ނެރެވެންދެން މަސައްކަތް ކުރާނަން: ޕީޖީ ޝަމީމް

ބަލަމުންދާ މައްސަލަތަކުގެ ނަތީޖާ ނެރެވެންދެން މަސައްކަތް ކުރާނަން: ޕީޖީ ޝަމީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

މިހާރު މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19އާ ގުޅިގެން މިހާރު ބަލަމުންދާ ކުރެއްދޫ ރިސޯޓްގެ މައްސަލާގައިވެސް އަދި އެހެން މައްސަލަތަކުގައިވެސް ނަތީޖާ ނެރެވެންދެން މަސައްކަތް ކުރައްވާނޭކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރެއްދޫ ރިސޯޓްގެ މައްސަލާގައިވެސް ޙިކުމަތްތެރިކަމާއި ކެތްތެރިކަމާއެކު މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިކަމުގައި ކޮޅެއްގައި ޖެހެންދެން މަސައްކަތް ކުރައްވާނެކަމަށާ، މިމައްސަލާގައިވެސް އަދި އެހެން މައްސަލަތަކުގައިވެސް ނަތީޖާ ނެރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ނުދީ ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރި އިޓަލީގެ ޓޫރިސްޓަކު ޤައުމަށް ފުރުވާލި މައްސަލާގައި ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު ރާއްޖެއިން ފުރައިގެން ނުދެވޭގޮތަށް އޭނާގެ ޕާސްޕޯޓް މިހާރުވަނީ ހިފަހައްޓާފައެވެ.

ޕީޖީ މިފަދަ ގޮތަކަށް ޓްވީޓެއް ކުރައްވާފައިވާއިރު ޑްރަގްގެ ބޮޑު ނެޓްވޯކުގައި ހިމެނޭ މީހަކު ކޯޓުން އިއްޔެ ދޫކޮށްލި މައްސަލާގައި ފުލުހުން އެމައްސަލަ ހުށަހެޅުމުން ޕީޖީވަނީ އެމައްސަލަ ރިވިއުކުރުމަށް ކްރިމިނަލް ކޯޓްގައި އެދިވަޑައިގެންފައެވެ. މިމައްސަލާގައި އަޑުއެހުމެއް މިއަދު ބޭއްވުމަށް ކްރިނަލްކޯޓްގައިވަނީ ޝެޑިއުލްކޮށްފައެވެ.

ޝަމީމް ވިދާޅުވީ މިފަދަ ހުރިހާ މައްސަލަތަކެއްގައިވެސް ކޮޅެއްގައި ޖެހެދެން މަސައްކަތްކޮށް ނަތީޖާ ނެރެވޭނެކަމަށެެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ