އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް އޮޓޮމެޓިކުން ސިޓީ ފޮނުވޭ ގޮތް ހަދައިފި

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް އޮޓޮމެޓިކުން ސިޓީ ފޮނުވޭ ގޮތް ހަދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް އެދި ކޯޓުތަކަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވޭ ގޮތް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހަދައިފިއެވެ.

ޕީޖީ އޮފީހުން ބުނީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައި ދިނުމަށް ޕީޖީ އޮފީހުން އިސް ނަގައިގެން ދައުލަތުގެ ތެރޭގައި ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

އެ އޮފީހަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އިސްތިރާޖީ ގޮތެއްގައި އިންވެސްޓްކޮށްގެން އެއިން ނަފާ ހޯދަމުންދާ މުއައްސަސާއަކަށްވާތީ މައްސަލައިގައި އަނިޔާ ލިބުނު މީހާ އަށް މައްސަލަ ހިނގަމުންދާ ގޮތާއި ޝެޑިއުލް ކުރާ ދުވަސްތަކާއި އެ ދުވަސްތަކުގައި މައްސަލައަށްވީ ގޮތް ޕީޖީ އޮފީހުގެ ވެބްސައިޓުން ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

އޭގެ ބޭނުމަކީ، ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ އަދުލުގެ ނިޒާމު ހިނގާ ގޮތާބެހޭ މައުލޫމާތު ދިނުމާއި، އޭނާއަށް އިންސާފު ހޯދައި ދިނުމުގައި ދައުލަތުން ކުރާ މަސައްކަތްތައް އޭނާއަށް އަންގައިދޭ، މިކަމުގައި އޭނާގެ ބައިވެރިވުން ވެސް އިތުރު ކުރުން ކަމުގައި ޕީޖީ އޮފީހުން ބުންޏެވެ.

ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން ޖިނާއީ ދައުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީއަތް އަވަހަށް ހިންގައި މައްސަލަ ނިމި، އަވަހަށް އިންސާފު ގާއިމުވުމަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދިނުމަށްޓަކައި މުހިއްމު ކަމެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެހެންވެ، ގެވެށި އަނިޔާގެ މައްސަލަތައް ވީ އެންމެ އަވަހަށް ނިންމުމަށް ކޯޓުތަކަށް ސިޓީ ފޮނުވަން ފަށައިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މައްސަލަ ލަސްވެގެން، ނުވަތަ އެ ނޫން ވެސް ސަބަބަކާ ހުރެ ފަހުން ބެލިޔަސް، އެ މުއާމަލާތްތައް ފެންނަން ހުންނާނެ ކަމަށް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު