އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދޭގޮތަށް ޕީޖީ އޮފީހުން ހަމަޖައްސައިފި

ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދޭގޮތަށް ޕީޖީ އޮފީހުން ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

ދުވަހުން ދުވަހަށް ކުށުގެ ރެކޯޑް ސާފުކޮށްދޭ ގޮތަށް ހަމަޖައްސާފައިވާނެ ކަމަށް ޕްރޮސިކުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފިއެވެ.

މިކަމާގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ އެ އޮފީހުގެ އަމާޒަކީ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހައި ވެސް ލުއިފަސޭހަކޮށް، ހަރުދަނާކޮށް، އަވަހަށް ލިބޭނޭ އިންތިޒާމުތަކެއް ހަމަޖެއްސުންކަމަށްވާތީ، މިއަދުން ފެށިގެން، ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ފޯމުތައް، އެދުވަހުގެ މެންދުރު 1:30 ގައި ލިބޭގޮތަށް، ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދޭގޮތަށް ހަމަޖައްސައިފައިވާނެކަމަށެވެ.

ފޯމު ހުށަހަޅާ ފަރާތުގެ ކުށުގެ ރެކޯޑެއް ނެތްނަމަ އެ ލިޔުން ވަގުތުން ލިބޭނެ ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މީގެ ކުރިން ޕީޖީ އޮފީހުގެ ކައުންޓަރަށް ހުށަހަޅާ ފޯމުތަކުގެ ރެކޯޑު ސާފުކޮށްދެމުން އައީ ހުށަހަޅާ ދުވަހާ ޖެހިގެން އަންނަ ދުވަހުއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު