އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮސްއާދިމާއަށް "އަހަރެންގެ ފިރިމީހާއަކީ އަހަރެންދެކެ ލޯބިވާ ތަޤްވާވެރިއެކޭ" ބުނެ ދީލައިނުލި ސެކެޓްރީއަށާ އޭނާ ސަލާމަތްކޮށްދޭން އެހީތެރިވި މުވައްޒިފަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-

ބޮސްއާދިމާއަށް "އަހަރެންގެ ފިރިމީހާއަކީ އަހަރެންދެކެ ލޯބިވާ ތަޤްވާވެރިއެކޭ" ބުނެ ދީލައިނުލި ސެކެޓްރީއަށާ އޭނާ ސަލާމަތްކޮށްދޭން އެހީތެރިވި މުވައްޒިފަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު

އޭނާއަކީ ބޮސްގެ ސެކެޓްރީއެވެ. ވަޒީފާގައި ދުވަސްކޮޅެއްވީތަނާ ބޮސް އޭނާއަށް ބޭނުންވެގެން ކަންކަން ކުރަން ފަށައިފިއެވެ. ހަދިޔާތައްދޭން ފަށައިފިއެވެ. ވަޒީފާގެ ކުރިއެރުން ދީފިއެވެ. މުސާރަބޮޑުކޮށްދިފިއެވެ. ބުނަމުން އައީ އެކަންކަން ކޮށްދެނީ މަސައްކަތަށް ރަނގަޅުވުމުން ކަމަށެވެ.

އެންމެ ފަހުން ފައިނަލް އެޕިސޯޑް ފަށައިފިއެވެ. އަތުކުރީގައި ހިފަން ފަސައިފިއެވެ. ދޮންދޭން މަސައްކަތްކުރަން ފަށައިފިއެވެ. ސެކެޓްރީ އެކަންކަމަށް އިންކާރުކުރާ ސަބަބާއިމެދު ސުވާލުކުރުމުން ސެކެޓްރީ ބުނީ އޭނާގެ ވަރަށް ލޯބިވާ ފިރިއަކު ހުންނަނަކަމަށެވެ. ފިރިމީހާވެސް ހިލޭ އަނހެނެއްގެ ގައިގައި އަތްނުލާނެ ކަމަށާއި އޭނާވެސް ހުންނަން ބޭނުމީ އެގޮތުގައި ކަމަށެވެ. 

ބޮސްބުނީ އޭނާގެ ފިރިމީހާއަކީ އަތްބަކު ބަލަހައްޓާނެ ފައިސާ އަތުގައި ނެތް އެއްވެސް ޙައިޞިއްޔަތެއް ނެތް މީހެއްކަމަށެވެ. ސެކެޓްރީގެ ރައްދަކީ އަހަރެމެންނަށް އުޅެވޭވަރަށް ﷲ ފައިސާ ދެއްވަވައެވެ. ހަމަ ޔަޤީނުންވެސް އަހަރެންގެ ފިރިމީހާއަކީ ﷲ އަށް ބިރުވެތިވާ ތަޤްވާވެރިއެއް ކަމަށާއި އެއަށްވުރެ ބޮޑު ތަނަވަސްކަމެއް ނެތް ކަމަށެވެ. 

"އަހަރެން ކަލެއަށް ކިހައި ގިނަ ކަންތައްތަކެއް ކޮށދިފިންހޭ؟" ބުނަމުން ސެކެޓްރީގެ ގައަށް އަތްލާން އަތްއިސްކުރި ވަގުތު އޮފީހުގެ އެހެން އަންހެން މުވައްޒިފަކަށް ކޮޓަރިއަށް ވެދެވުމުން ސެކެޓްރީ ކަރުނައަޅައި ރޯން ފެށިއެވެ. 

ބޮސްގެ ކަންކަން ހުރިގޮތް އެދުވަހު މުމުވައްޒިފަށް ކިޔައިދިނުމުން އޭނާ ބުނީ މިފަދަ ވެރިންނަށް ރަނގަޅު ފިލާވަޅެއް ދޭންޖެހޭނެ ކަމަށާއި އެކަމަށް އޭނާ އެހީތެރިވާނެ ކަމަށެވެ. ދެއަނހެނުންގެ މެދުގައި ކަންކަން ސައްލާކޮށް ކަންކަން ރާވާފައި އެއްރޭ އޮފީސް ނިމިގެން ބޮސް ނުކުތް ވަގުތު ސެކެޓްރީ ބޮސްގެ ކުރިމައްޗަށް އރާފައި ހިނިތުންވެލިއެވެ. ބޮސްއަށް ހީވީ އޭނާ ރުހިގެން އައިސް ބައްދަލުކުރީ ކަމަށެވެ. ބަލާކަށް ނުހުރެ އަތުގައި ހިފިއެވެ. ފޮޅާލުމުންވެސް އަތުގައި ހިފައި ކާރާދިމާއަށް ގަދަކަމުން ގެންދަން މަސައްކަތްކުރިއެވެ. 

އެވަގުތު އެކަމަސް ހުރަސްއެޅީ ފިރިމީހާއެވެ. ފުލުހުން އައިސް ބޮސް ބިޑިއެޅުވިއެވެ. މައްސަލަ ކޯޓަށް ފޮނުވުމުން ބޮޑު ޢަދަދަކުން ޖުރުމަނާކޮށް 10 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ. ލިބުނު ފައިސާ ދެއަންހެނުންގެ މެދުގައި ބަހައިލުމުންވެސް އަމިއްލަ މަސައްކަތެއް ފަށާނެ ފައިސާ ކޮންމެ އަންހެނަކަށްވެސް ލިބުނެވެ. 

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ އަޅުގަނޑުމެން ކޮންމެ އަންހެނަކީވެސް އެފަަދ ސެކެޓްރީއަކަށްވުމަށް ހިތްވަރުދިނުމަށެވެ. އަދި އެކުގައި މަސައްކަތްކުރާ ކޮންމެ އެކުވެރިއަކީވެސް އަނެކާއަށްޓަކާ މިފަދައިން ހެޔޮއެދޭ، އަނެކާ ޙިމާޔަތްކޮށްދޭން މަސައްކަތްކުރާ މުވައްޒިފަކަށްވުމަށް ބާރު އެޅުމަށެވެ. 

ކޮންމެ މުވައްޒިފަކަށް ކޮންމެ ވަގުތަކުވެސް މިފަދަ ކަމެއް މެދުވެރިވެދާނެއެވެ. މިޙާލަތުން ސަލާމަތްވެ ތިބެވޭނީ އެންމެން އެއް ނިޔަތެއްގައި މަސައްކަތްކޮށްގެންނެވެ. 

- ޝިބާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް