އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމީހާ "ވައްކަންކުރުމުން" އަތުލައިގަންނަން އަނބިމީހާ ބޭނުންކުރި އުކުޅުތައް- ވަރަށް ބަރާބަރު!

ފިރިމީހާ "ވައްކަންކުރުމުން" އަތުލައިގަންނަން އަނބިމީހާ ބޭނުންކުރި އުކުޅުތައް- ވަރަށް ބަރާބަރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 30 ސިކުންތު

އަޅުގަނޑުގެ ފިރިމީހާއަކީ އަޅުގަނޑަށް މަކަރު ހެދުމުގައި ހައްދު ފަހަނައަޅާފައިވާ މީހެކެވެ. ބައެއްކަންކަން ވަރަށް ތިލަވެސް ކުރެވެއެވެ. ނަމަވެސް ވަގު ހިފޭވަރެއް އަދިވެސް ނުވެއެވެ. އެކަމަސް ވިސްނަމުންގޮސް ބޮލުގައި ރިހެއެވެ. މިފަދަ ޙާލަތެއްގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟ 

ޖަވާބުގައި ބުނަން އޮތީ ބުއްދީގެ ބޭނުންކުރާށެވެ! އަރައިރުންވެ ޒުވާބުކޮށްގެން ޙައްލު ނުފެނިދާނެއެވެ. ނަމަވެސް ބުއްދީގެ ބޭނުންކުރެވޭނަމަ އަތުލައިގަނެވޭނެއެވެ. ތިރީގައި އެވާ ލިޔުމުން ޢިބްރަތް ޙާޞިލްކުރާށެވެ. 

އެއްދުވަހު ހަވީރު އަހަރެން ބޭރަށް ގޮސްފައި އައިއިރު ގެގެ ދޮރު ހުރީ ތަޅުލައިފައެވެ. އެތެރެއިން ތަޅުލާފައި ހުރުމުން ބެލްޖެހުމުންވެސް ހުޅުވީ އިރުކޮޅެއްފަހުންނެވެ. ވަގުތުން ފިރިމީހާ އާއި ސުވާލުކުރީމެވެ. ގޯތީގައި މައިގޭޓަކަށް ދަގަނޑު ގޭޓެއް ބަހައްޓާފައި ސެކިޔުރިޓީން ބައިތިއްބާއިރު ގެ މިހައިވަރަށް މިއަދު ތަޅުލީ ކީއްވެގެން ހެއްޔެވެ؟ 

ޖަވާބުގައި ބުނީ އޮޅުމަކުން ކަމަށެވެ. 

ދެން ގޮވައިލީ ގޭގައި ގެންގުޅޭ ސަރވަންޓަށެވެ. އައިއިރު އޭނާ ހުރީ މަސައްކަތު ގަޑީގައި ލާންޖެހޭ ޔުނިފޯމް ނުލައެވެ. ފިރިމީހާ ބުނީ އެއީ އެވަރުކަމަކަށް ނުހެދުމަށާއި ޔުނިފޯމް ލެއްވުމުން އަޅެއްގެ ގޮތް އިޙްޞާޞްވާކަމަށެވެ. 

އިތުރު އެއްޗެއް ނުބުނެ އިރުކޮޅަކު މަޑުކޮށްލިތަނާ ސިޓިންގ ރޫމް މޭޒުމަތިން ފެނުނީ އަގުބޮޑު މޯބައިލް ފޯނެކެވެ. އޮތީ ކަނޑައިވެސް ނުލައި ފޮށީގައެވެ. ފިރިމީހާ ގާތު ކާކުގެ ފޯނެއްތޯ ސުވާލުކުރުމުން ބުނީ ކާކުގެ ފޯނެއްކަން ނުއެނގޭ ކަމަށާއި ސަރވަންޓާއި ސުވާލުކުރުމަށެވެ. 

ސަރވަންޓާއި ސުވާލުކުރުމުން ބުނީ އޭނާގެ ފޯނެއް ކަމަށެވެ. އެހައި އަގުބޮޑު ފޯނެއް ލިބުނު ގޮތާއިމެދު ސުވާލުކުރުމުން ބުނީ "ބޯއިފްރެންޑް" ދިން ފޯނެއް ކަމަށެވެ. އެއީ ކާކުތޯ ސުވާލުކުރުމުން ޖަވާބެއް ނުދިނެވެ. 

ދެން ރަނގަޅަށް ފޮށިބަލައިލިއިރު ވިއްކި ފިހާރައިން އަގުޖެހި ކަރުދާސްކޮޅުގައި ބާކޯޑެއް އިނުމުން ސްކޭންކޮށްލުމުން އެއީ ކޮންފިހާރައަކުން ގަނެފައިވާ ފޯނެއްކަން އެނގުނެވެ. ވަގުތުން ފިހާރައިގެ ވެބްސައިޓަށް ވަދެ ބާކޯޑް ފޮނުވާލާފައި އެފޯނަށް ފައިސާދެއްކި ކްރެޑިޓް ކާޑުގެ ވެރިއަކީ ކާކުތޯ ސުވާލުކުރީމެވެ. އޮޅުން ފިލުވަން ބޭނުންވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީމެވެ. "ތިފޯނު އަހަރެންގެ ބޯއިފްރެންޑް އަހަރެންނަށް ދޭން އުޅޭތީ އެއީ ހަމަ އޭނާ ގަނެގެންދޭ ހަދިޔާއެއްކަން ޔަޤީންކޮށްލަން" ބޭނުންވާތީ ކަމަށެވެ. ފިހާރައިން ދިނީ އަހަރެންގެ ފިރިމީހާގެ ނަމެވެ. 

ހުރިހާ ކަމެއް ހިނގައި ދިއައީ ފިރިމީހާ ސަރވަންޓުގެ ހާޒިރުގައެވެ. އެހިސާބުން ފިރިމީހާއަށް ސަރވަންޓް ހަދިޔާކޮށްފައި އަހަރެން ގެއަށް ދިއައީ އަހަރެންނަށްވުރެ 10 އަހަރު ދޮށި، އެފެންވަރުގެ އަންހެނަކާއި ފިރިމީހާ ގުޅުން އުފެއްދުމުން އެހައި ދަށުދަރަޖައިގެ ފިރިހެނަކާއި ކައިވެނިކޮށްގެން އުޅުމުން ލިބޭނެ އިތުރު އަނިޔާ ލިބެން ބޭނުން ނުވާތީއެވެ. 

- ލީނާ ޑޭވިޑް ހޫން 

ބުނަންޖެހެނީ ސްމާޓް އަންހެނުން ވަރަށް ސްމާޓެވެ. ވަގުހިފުމުގެ ކުޅަދާނަކަން އެމީހުންގެ ވިސްނުމުގައި މާވަރުގަދައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް