އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިވާނުވެ، ޒީނަތްތެރިކަން ދައްކައިގެން އުޅުމުގަ ހައްދުފަހަނައަޅައިދިއަ އަންހެނަކު މަރުވުމުން ސަންދޯކާ ޤަބުރުގަ އަލިފާން ރޯވެ އަނދައިދިއަ ހާދިސާއެއްގެ ވާހަކަ-

ނިވާނުވެ، ޒީނަތްތެރިކަން ދައްކައިގެން އުޅުމުގަ ހައްދުފަހަނައަޅައިދިއަ އަންހެނަކު މަރުވުމުން ސަންދޯކާ ޤަބުރުގަ އަލިފާން ރޯވެ އަނދައިދިއަ ހާދިސާއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 38 ސިކުންތު

އެއީ މިޞުރުގެ ޤާހިރާ ކައިރީގައި އޮންނަ އަލް ޝަޤިއްޔާ ކިޔާ އަވަށުގައި ދިރިއުޅުނު އަންހެނެކެވެ. އޭނާއަކީ ރީތި އަންހެނެކެވެ. އެހެންކަމާއިއެކުވެސް ބުރުދާއެއް ނާލައެވެ. އަބަދުވެސް ހުންނަނީ ޒަމާނީ ސްޓައިލްތަކަށް އިސްތަށިގަނޑު ހަދައި އެންމެ މަތީދަރަޖައަށް މޭކަޕްކޮށްގެންނެވެ. ބޭރަށްދާނަމަ އިންތިހާއަށް ގިނައިން ސެންޓުޖަހައެވެ. 

އެކަންކަން އޭނާ ކުރާލެއް ބޮޑުކަމުން ޙިޖާބް އަޅައި ނިވާވެގެން ތިބޭ އަންހެނުންވެސް އޭނާއަށް ބަލައެވެ. ތެދަށްބުނާނަމަ އޭނާ ފެނުމުން އަންހެނުން، ފިރިހެނުންނަށްވުރެ ބޮޑަށް އޭނާގެ ކަންކަމަށް ސަމާލުކަން ދެއެވެ. އަދި އެތައް އަނހެނަކު އޭނާގެ ސަބަބުން އެމީހުންގެ ޙިޖާބް ނަގައި އޭނާ އުޅޭ ގޮތަށް އުޅެމުންދިއައެވެ. 

އެއިގެ އިތުރުން އޭނާގެ ސަބަބުން ފިރިންގެ ހިތުގައި އެމީހުންގެ އަނބިންނަށް ނަފްރަތުކަން އުފެދި ނުބައިބަސްތައް އަނބިންނަށް ބުނަމުން ގެންދިއައެވެ. ޒުވާނުންގެ ހިތުގައި ޙަރާމް ކަންކަން ކުރަން ޝައުޤުވެރިކަން އުފެދި ޙަރާމް ކަންކަން ކުރަމުން ގެންދިއައެވެ. 

އެއަނހެން މީހާއަކީ ޑޮކްޓަރެކެވެ. ހޮސްޕިޓަލުގައިވެސް އޭނާގެ ކަންކަން ހުންނަގޮތުން ފިތުނަ އުފެދި މައްސަލަތައް ޖެހި އެގޮތަށް ނުއުޅުމަށް އޭނާއަށް ނަޞޭޙަތްތެރިވަމުން ދިއައެވެ. ﷲ ތައާލާއަށް ބިރުވެތިވާ އަނހެން ޑޮކްޓަރުންނާއި ނަރުހުން އޭނާއަށް ނަޞޭޙަތްދެމުން ދިއައެވެ. ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވާކަށް އޭނާ އެއްބަހެއް ނުވިއެވެ. 

ކޮންމެއަކަސް ދުވަސްތަކަކަށްފަހު އަހަރުތަކަކަށްފަހު އެއްދުވަހަކު އޭނާ އަރާ އުސް ހައިހީލުން ފައި ފުރޮޅާލައި އޭނާ އަނގަވަތަށް ވެއްޓުނެވެ. ކަންދިމާވިގޮތުން ވެއްޓި މޫނުވަތަށް ޖެހުނު ގޮތަށް އޭނާ މަރުވީއެވެ. 

އަޞްލުވާހަކަ ފެށެނީ މިހިސާބުންނެވެ. އޭނާ ހިނަވައި ކަފުންކޮށް ސަންދޯކުއެޅީ އެ ހޮސްޕިޓަލުގައެވެ. އެކަންކަން ކޮށްގެން ސަންދޯއް އުފުލި އެމްބިޔުލާންސް ސަންދޯއް ހިފައިގެން ދަނިކޮށް އެމްބިޔުލާސްގައި ތިބި މީހުންނަށް އެއްޗެއް އަނދާވަސް ދުވަން ފަށައިފިއެވެ. އާދައިގެ ގޮތަކަށް ކަންކަން ބެލުމުން އެފަދަ ކަމެއް މެދުވެރިވާންވީ އެއްވެސް ސަބަބެއް ނުފެނުމުން ދުއްވަން ފެށިއެވެ. 

ދުއްވަން ފެށިތަނާ އަނެއްކާވެސް ހަމަ އެވަސް ދުވާތީ އެމްބިޔުލާންސް މަޑުކޮށް ފުރޮޅުތައްވެސް ބެލިއެވެ. އެއްވެސް ތަނަކުން އަލިފާނުގެ އެއްވެސް އަސަރެއް ނުފެނުނެވެ. ނުފެނުމުން އަނެއްކާވެސް ދުއްވަން ފެށިތަނާ އެވަސް ގާދަވުމުން މަޑުކޮށް ފަހަތް ހުޅުވައި ސަންދޯކަށް ބެލިއިރު ސަންދޯއްހުރީ ހުޅުވިފައެވެ. ސަންދޯކާއި ޤަބުރުގައިލެވިފައިވާ ކަފުނުގައި އަލިފާން އެއްވެސް ރޯވެ އަނދަމުންދަނީއެވެ. މިކަން ހިނގަން މެދުވެރިވި އެއްވެސް ސަބަބެއް ނުއެނގުނެވެ. 

ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ސިފަރީތި އަންހެނާގެ ކުލަ ކަޅުކުލައަށް ބަދަލުވެގެން ހިނގައްޖެއެވެ. ޤަބުރުސްތާނަށް ގެންދަން ޖެހުނީ އެމީހުން ގުޅައިގެން އެހެން އެމްބިޔުލާންސެއްގައި ސަންދޯކެއް ގެނެސް އަލުން ކަފުން އޮޅައިގެންނެވެ. 

މީސްތަކުންނޭވެ! މިހުރީ ދުނިޔެމަތީގައިވެސް ފެންނަމުންދާ ކަންކަމެވެ. އަހަރެމެންނަށް އޮތީ ޢިބްރަތް ޙާޞިލްކުރުމެވެ. ވިސްނާށެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނިވާނުވެ ޒީނަތްތެރިވެ އެކަން ދައްކަމުން މީރުސެންޓުގެ ވަސްދުއްވަމުން ގެއިން ނުކުމެ އުޅެފައި ގޮސް ގެއަށް ވަނުމުން ލިބޭނީ ހަމައެކަނި އެގޮތުގައި އުޅުނު ކަމުގެ ފާފަ އެކަންޏެއް ނޫނެވެ. އޭނާއަށް ބެލި އެންމެންގެ ފަރާތުންވެސް އޭނާ ފާފަވެރިވާނެއެވެ. އަދި އެފަދަ ގޮތްގޮތަށް ސޯޝަލް މީޑިއާއަށް ފޮޓޯ އާއި ވީޑިއޯ ލުމުން ބަލާ އެންމެންގެ ކިބައިންވެސް އެމީހަކު ފާފަވެރިވާނެއެވެ. ވީމާ އެފަދަ މީހުން ފާފަވެރިވަމުންދާނެ މިންވަރު ވަޒަންކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ 

ވިސްނުމަށް ގެންނަން ނިކަން މަސައްކަތްކޮށްބަލާށެވެ! އެތައް މިލިއަން ބައެއްގެ ފާފަ ތިބާގެ ތިލަފަތުގައި ތިބާ ކުރި ފާފައިގެ ގޮތުގައި މީޒާނުގައި ކިރައިލެވޭ ވަޤުތު ތިބާކުރި ފާފައިގެ ކޮޅަށް ބުރަވެގެންދާނެ މިންވަރު ވަޒަންވެސް ކުރަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! އެމީހަކާއި އެމީހެއްގެ ގާތްތިމާގެ މީހުންނާއި އެކުވެރިން މިޙާލަތުން ސަލާމަތްކުރެވޭތޯ އެންމެންވެސް ގަދައަޅައި މަސައްކަތްކުރާށެވެ! އަންހެނުން ﷲ ތަޢާލާ ނަހީކުރެއްވެވި ގޮތުގައި މީސްތަކުންގެ ކުރިމައްޗަށް ނުނުކުންނަން މިބުނަނީ އެމީހުންނަށް ޙަސަދަވެރިވާތީއެއް ނޫނެވެ. އެކަމުން އެމީހުންނަށް ލިބެން އޮތް ގެއްލުމުގެ ބޮޑުކަމުންނެވެ. 

އަހުރެންދުޢާއަކީ އަހުރެން ކިޔައިދެމުން މިގެންދާ މިބާވަތުގެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކޮށް އެމީހެއްގެ ނަފްސް ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމުގެ ތައުފީޤް އެންމެންނަށް މިންވަރުކުރެއްވެވުމެވެ. އާމީން- 

- ޝައިޚް މުޙައްމަދު އަލް ނަޤްވީގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް