އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރަތަމަ ތިމާ ކުރަންޖެހޭ އަޅުކަމާ ތިމާގެ ޞިއްޙަތެވެ! އެހެން މީހުންނަށް ކޮށްދޭންޖެހޭ ކަންކަން އެއިގެ ފަހަތަށް ގެންނާށެވެ!: މުފްތީ މެންކް

ފުރަތަމަ ތިމާ ކުރަންޖެހޭ އަޅުކަމާ ތިމާގެ ޞިއްޙަތެވެ! އެހެން މީހުންނަށް ކޮށްދޭންޖެހޭ ކަންކަން އެއިގެ ފަހަތަށް ގެންނާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ކޮންމެ މީހަކުވެސް ފުރަތަމަ ކަމަކަށް ކޮންމެ ގޮތަކުން ނަމަވެސް ކުރެވޭތޯ ބަލަންޖެހޭނީ ﷲ ތަޢާލާއަށްޓަކައި ކުރަންޖެހޭ ކަންކަމެވެ. ﷲ ތަޢާލާއަށްޓަކައި ކުރަންޖެހޭ ކަންކަން ކަމުގައި ބުނެވޭ ބަހުގެ މާނައަކީ އެކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރުމެވެ. ނަމާދުކުރުމާއި ތިމާގެ އަނބިދަރިންނާއި ޢާއިލާއަށް ކޮށްގޭންޖެހޭ ކަންކަމެވެ.

ޙަޤީޤަތުގައި އެކަންކުރަންޖެހޭނީ ތިމާއަށްޓަކައެވެ. އެހެނީ އެކންކަން ކުރުމުން އެކަމުގެ ފައިދާކުރާނީ ތިމާއަށެވެ. އެކަންކަން ނުކޮށް ދޫކޮށްލުމަކުން ﷲ ތަޢާލާއަށް ލިބިވޮޑިގަންނަވާނެ ޛައްރެއްގެ މިންވަރުގެ އުނިކަމެއްވެސް ނެތެވެ. ކުރުމުން ހުރިހާ ފައިދާއެއް ކުރާނީ އެމީހަކަށެވެ!

ކިތަންމެ ގާތް މީހަކު އެދުނު ނަމަވެސް ނުބައި ޢަމަލެއްކުރަން އެއްބަސްނުވާށެވެ. އަދި އެފަދަ ކަމެއްގައި ބައިވެރިވެސް ނުވާށެވެ. އަދި އެމީހަކަށް ނުކުރެވޭނެ ވަރުގެ ކަންކަން ކުރަން އެއްބަސްނުވާށެވެ. ކުރެވޭނެކަން ޔަޤީން ނުކުރެވޭ މުއްދަތުގައި ކަންކަން ކުރަންވެސް އެއްބަސްނުވާށެވެ! އެމީހަކަށް ކަންކަން ކުރެވޭނެވަރު އެންމެ ރަނގަޅަށް އެނގޭނީވެސް އެމީހަކަށެވެ.

މިފަދައިން ބުނަން މިޖެހުނީ ބައެއް މީހުން، އެމީހުންގެ ގާތް މީހުންގެ ކުރިމަތީގައި ނޫނެކެވެ ބުނުމުގެ ހިތްވަރު ނެތުމުން ނުވަތަ ކަންއޮތްގޮތް ބަޔާންކުރަން ނުކުރުމުން ސިކުނޑިއަށް ބުރަވެ ބޮލުގައި ރިއްސަންޖެހުން ފަދަ ކަންކަން ވެސް ކުރިމަތިވާތީއެވެ. އަދި އެހެން މީހުންގެ ކަންކަމުގައި އުޅެންހަދައިގެން ތިމ ކުރަންޖެހޭ އަޅުކަންވެސް ނުކުރެވޭ ޙާލަތަށް ކަންކަންދާތީއެވެ.

މީސްތަކުންނަށް ހެޔޮކޮށް ހިތަންވާނެއެވެ. އިޙްތިރާމްވެސް ކުރަންވާނެއެވެ. އެދޭ ކަންކަން ކޮށްދޭންވެސް ވާނެއެވެ. ނަމަވެސް ކޮންމެކަމެއްގައިވެސް އޮތީ އެމީހަކަށް ކެރިކުޅަދާނަވާމިންވަރަކަށް ކަންކަން ކުރުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް