އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ފަޤީރުކަމުން ވަރިކުރަން ބުނީމާ ވަރިނުކުރުމުން ތަނަވަސްކަމުން ނުދޭނެ ކަމަށް ބުނެ ގެއިން ބޭރުކޮށްލި ދެމަފިރިންނަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ފަޤީރުކަމުން ވަރިކުރަން ބުނީމާ ވަރިނުކުރުމުން ތަނަވަސްކަމުން ނުދޭނެ ކަމަށް ބުނެ ގެއިން ބޭރުކޮށްލި ދެމަފިރިންނަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 22 ސިކުންތު

އަޅުގަނޑުމެންގެ ކައިވެންޏަށްފަހު ދިރިއުޅުނީ ފިރިމީހާގެ ޢާއިލާ އާއިއެކުގައެވެ. ނަމަވެސް އެމީހުން އަޅުގަނޑު ބަލައިގަންނަން ބޭނުމެއް ނުވިއެވެ. ސަބަބަކީ އެމީހުންގެ ތަނަވަސްކަން ބޮޑުވެފައި އަޅުގަނޑުގެ ކިބައިގައި އެފަދަ ތަނަވަސްކަމެއް ނެތުމުންނެވެ. 

އަޅުގަނޑުގެ މައިންބަފައިންނަކީ އެހައި ތަނަވަސްކަން ހުރި ބައެއް ނޫން ނަމަވެސް ގޭގައި ކުޑަ ފިހާރައެއް ހިންގައެވެ. ގިނައިން ވިއްކަނީ މާރުކޭޓުން ގެންނަ ތަކެއްޗެވެ. ބައްޕައަކީ ވަރަށް ހީވާގި މީހެކެވެ. ކޮންމެ ދުވަހަކު ފަތިސްނަމާދުން ފައިބައިގެން ދާނީ ބާޒާރަށެވެ. ފަތިހު އަންނަ ދޯނި ފަހަރުން ގެންނަ ތަކެތި ގަންނާނެއެވެ. ގެއަށް އަންނާނީ މަދުވާބައި މާރުކޭޓުން ގަނެގެންނެވެ. 

އަޅުގަނޑުމެންނަށް ފިރިމީހާގެ ގޭގޭގައި ދިރިއުޅެވެން ނެތް ޙާލަތަށް ކަންކަން ދިއައެވެ. އަޅުގަނޑު ވަރިކުރަން މަޖުބޫރުކުރިއެވެ. ވަރިނުކުރާނަމަ އެމީހުންގެ ތަނަވަސްކަމުން އެއްވެސް މިންވަރެއް ނުދޭނެ ކަމަށާއި ޖެހޭނީ ގެއިންވެސް ނުކުންނަން ކަމަށް ބުންޏެވެ. 

އެޙާލަތަށް ދިއުމުން ރުޅިވެރިކަމެއް ނެތި އަޅުގަނޑު ދޫކޮށްލަން އެދުނީމެވެ. ނަމަވެސް ފިރިމީހާ ބޭނުންވީ އަޅުގަނޑާއިއެކު އަޅުގަނޑުމެންގެ ގެއަށްދާށެވެ. މައިންބަފައިންގެ ތަނަވަސްކަން ދޫކޮށްލާށެވެ. 

ކޮންމެއަކަސް ދެމީހުން އަޅުގަނޑުމެންގެ ގެއަށް ބަދަލުވީމެވެ. އުޅެންޖެހުނީ ފިރިމީހާއަށް ވަރަށް ދަތި ގޮތަކަށެވެ. ކުޑަ ކޮޓަރިއެއްގައެވެ. އޭސީއެއްވެސް ނެތެވެ. ފާޚާނާވެސް ހުންނަނީ ބޭރުގައެވެ. އެހެންކަމާއިއެކުވެސް ފިރިމީހާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. 

ފިރިމީހާ ބޭނުންވީ ބައްޕައާއިއެކު ގޭފިހާރަ ހިންގާށެވެ. އެހެންވެ އޭނާގެ ބައްޕަ ދީފައި އޮތް ވަޒީފާވެސް ދޫކޮށްލައި އަޅުގަނޑުގެ ބައްޕަ އާއިއެކު ފިހާރައިގައި މަސައްކަތްކުރަން ފެށިއެވެ. ދެބަފައިން އެކުގައި މަސައްކަތްކުރަން ފެށުމުން ފިހާރައިގެ ކަންކަން އައީ ކުރިއަށްވުރެ ބޮޑަށް ކުރިއަރަމުންނެވެ. 

ކޮންމެއަކަސް އަޅުގަނޑުމެންނަށް 3 ދަރިން ލިބުނުއިރު ގޯތީގެ އެއްފަޅީގައި ރަނގަޅު ފެންވަރުގެ ގެއެއްވެސް އެޅިއްޖެއެވެ. އަނެއްފަޅީގައި ބޮޑު ފިހާރައެއްވެސް ހެދިއްޖެއެވެ. ހުރިހާ ބާވަތެއްގެ މުދައު ވިއްކާ ފިހާރައަކަށް ބަދަލުވެއްޖެއެވެ. 

ކައިވެންޏަށް 8 ވަނަ އަހަރު ފިރިމީހާގެ މައިންބަފައިން ބުނެގެން ދަރިން ގޮވައިގެން އެގެއަށް ދިއައިމެވެ. އެއީ އެގެއިން ނުކުތްފަހުން ދެމީހުން އެގެއަށް ދިއަ ފުރަތަމަ ފަހަރެވެ. 3 ކުދިން ފެނުމުން މާމައަކަށް މަޑަކުން ނުހުރެވުނެވެ. ދުވެފައި އައިސް ބައްދައި އޮޅުލާން ފަށައިފިއެވެ. ދޮންދޭން ފަށައިފިއެވެ. އެތަން ފެނިފައި ބައްޕައަކަށްވެސް މަޑަކުން ނުހުރެވުނެވެ. ކާފަގެ ލޯބި ކުދިންނަށް ދޭންފަށައިފިއެވެ. 

އެދުވަހު ދެމަފިރިން ބޭނުންވީ ކުދިން ގޮވައިގެން ދެމަފިރިން އެގޭގައި އުޅެން ފެށުމަށެވެ. ނަމަވެސް ފިރިމީހާ އެގޮތް ޤަބޫލެއް ނުކުރިއެވެ. ބުނީ އަޅުގަނޑުގެ މައިން ބަފައިންގެ ލޯބި ކުދިންނަށް މާބޮޑަށް ބޭނުންވާނެ ކަމަށެވެ. އަދި އެދެމީހުން ގެންގުޅެ މިވަރުކުރީމާ ހިތުގައި ޖެހޭނެ ފަދަ ކަމެއް ނުކުރާނެ ކަމަށެވެ. އެހެންވެ އެނބުރި ގެއަށް އައީއެވެ.

ފިރިމީހާ ބުނީ އޭނާގެ މަންމައަށާއި ބައްޕައަށް މާފުކޮށްފިން ކަމަށާއި ނަމަވެސް އެމީހުންގެ ތަނަވަސްކަމުން ބޭނުން ނޫންކަމަށެވެ. ކަމަކަށް ދަތިވެއްޖެ ނަމަ އެހީތެރިކަމަށް އެދޭނެ ކަމަށެވެ. އަދި އެއްވެސް ހިތްބުރަކަމެއް ނެތްކަމަށާއި ހިތްހެޔޮކަމާއިއެކު އުޅޭނެ ކަމަށެވެ. ކުދިން ދެކެން ބޭނުންވުމުން ކުދިންވެސް ގެންގޮސް ދައްކާނެ ކަމަށެވެ. 

ކޮންމެއަކަސް މިހާރު މިއީ ކައިވެނީގެ 16 ވަނަ އަހަރެވެ. އަޅުގަނޑުމެންނަކީވެސް ފަޤީރުންނެއް ނޫނެވެ. އެންމެ އަގު ބޮޑު ދިރިއުޅުން ނުއުޅެވުނު ނަމަވެސް ދިރިއުޅެނީ ހަމަ ފުދިގެންނެވެ. ބައްޕަ އަޅުގަނޑަށް ދިން ބިންކޮޅުގައި އެޅޭނެ އެންމެ އުހަށް އެހެރީ ގެއެއްވެސް އެޅިފައެވެ. 4 ފަންގިފިލާ ކުއްޔަށްވެސް ދީފައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑަށް އަޅުގަނޑުގެ ޙަޔާތުން ލިބުނު ފިލާވަޅަކީ ކައިވެނިކުރުމަށްފަހު ދެމީހަކު ލޯބިން އެކުގައި ދިރިއުޅޭނަމަ ހުރިހާ ބޭނުންތަކެއްވެސް ފުއްދަވައި ދެއްވަވާނެ ކަމެވެ. އަޅުގަނޑުމެންގެ ކައިވެންޏަށް 15 އަހަރު ފުރިގެން ދިއައިރުވެސް ބޭވަފާތެރިކަން ނުވަތަ ބޭވަފާތެރިވުން އެއީ ދެމީހުންކުރެ މީހަކު ދަންނަ ބަހެއްވެސް ނޫނެވެ. ހަމައެކަނި އެކަކު އަނެކަކަށްވެސް ނޫނެވެ. ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމުގައިވެސް 2 މީހުންނަކީ ވަފާތެރިންނެވެ. 

- ޝާއިނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް