އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތަށް އިތުރު ފައިސާ ބަޖެޓުގައި ހިމެނުމަށް އިބްރާހީމް ޙަސަން ގޮވާލައްވައިފި

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތަށް އިތުރު ފައިސާ ބަޖެޓުގައި ހިމެނުމަށް އިބްރާހީމް ޙަސަން ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތަށް ޚަރަދުކުރާނެ އިތުރު ފައިސާ ބަޖެޓުގައި ހިމެނުމަށް ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޙަސަން (އެވިލާ) ގޮވާލައްވައިފިއެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް ޙަސަން މިއަދު ވިދާޅުވީ ތިމާއަކީ މުސްލިމެއް ކަމަށް ބުނުމަކުން ނުފުދޭ ކަމަށާއި ބޮޑުވެ ތަޞަރައްފް ފުދުމުން ފުރިހަމަ އިސްލާމެއްގެ ގޮތުގައި އަމަލުކުރަންޖެހޭ މީހަކަށްވާން ޖެހޭ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް އިސްލާމް ދީނަށް ލޯބިކުރާ އަދި އަމަލުކުރާ މީހަކަށް ހެދުމަށްޓަކައި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ. އިބްރާހީމް ޙަސަން މިއަދު ވިދާޅުވީ މިކަމަށްޓަކައި ދީނީ ޢިލްމުވެރިންގެ މަސައްކަތްތައް އިތުރުކޮށްދޭން ކަމަށެވެ.

އަދި އެކަމަށް ކުރަންޖެހޭ ދަތުރުތައް ކުރުމަށާއި އެހެން ކަންކަމަށް ހޭދަކުރަން ބަޖެޓުގައި އިތުރު ފައިސާ ހިމަނައި ރަނގަޅު ގޮތުގައި ކަންކަން ކުރެވޭނެ ގޮތަށް މަގުފަހިކޮށްދޭން ޖެހޭނެ ކަމަށެވެ. އިބްރާހީމް ޙަސަން ވިދާޅުވީ ރާއްޖޭގައި އިންތިހާއަށް ފެތުރެމުން އަންނަ ކޮރަޕްޝަނާއި ފަސާދަ އާއި ވައްކަން ކުރުން ހުއްޓުވޭނީ ވެސް ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުވައިގެން ކަމަށެވެ.

އެހެންކަމުން މިކަމަކީ ވަރަށް ބޮޑަށް އިސްކަން ދީގެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރުމަށް ވަރަށް ބޮޑު މުސާރަ ދީފައި ދީނީ ޢިލްމްވެރިން އިސްލާމިކް މިނިސްޓްރީގެ މުވައްޒިފުންގެ ގޮތުގައި ތިބި ނަމަވެސް އެބޭފުޅުންގެ ކިބައިން ޚިދުމަތް ލިބޭ މިންވަރާއިމެދު ސުވާލު އުފެދެއެވެ.

ހަމަ އެއާއިއެކު ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ވަރަށް ކާމިޔާބު ކަމާއިއެކު އަމިއްލަ ޖަމާއަތްތަކުންނާއި ދީނީ ޢިލްމުވެރިން ކުރިއަށް ގެންދަވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން މިއީ މިހާރުން މިހާރަށްވެސް "ރީސްޓްރަކްޗަރ" ކުރަންޖެހިފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް