އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ބޮސްއަށް ދީލާ ނުލައިފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދެއްކުމުންވެސް ޖެހިލުންނުވެ ލޯބީގަ ޘާބިތުވި 2 ޒުވާނުންނަށް ލިބުނު ބޮޑު ކާމިޔާބީގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ބޮސްއަށް ދީލާ ނުލައިފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދެއްކުމުންވެސް ޖެހިލުންނުވެ ލޯބީގަ ޘާބިތުވި 2 ޒުވާނުންނަށް ލިބުނު ބޮޑު ކާމިޔާބީގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 32 ސިކުންތު

އަޅުގަނޑާއި ޢަލީ އަކީ އެއް އޮފީހެއްގައި މަސައްކަތްކުރަމުން ދިއަ ދެމީހުންނެވެ. އޮފީހުގައި އެކުގައި އުޅުމުގެ ތެރެއިން ދެމީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނެވެ. ނަމަވެސް އެކަން ކާމިޔާބުވުމަށް ހުރަސްތަކެއް އެޅުނެވެ. އެންމެ ބޮޑު ހުރަހަކީ ވެރިމީހާއަކީ ދުވާލަކު 2 އަންހެނުން ލިބުނަސް ހިތްފުރޭ މީހަކަށް ނުވެފައި އޭނާ އަޅުގަނޑަށްވެސް ކަޅިއަޅާކަމެވެ. 

ދެވަނަ ސަބަބަކީ ޢަލީ އަޅުގަނޑުދެކެ ލޯބިވާކަމަށް ބުނަމުން އައިނަމަވެސް އެކަން ޔަޤިންނުކުރެވޭކަމެވެ. އޭނާ އެހެން އެބުނަނީ ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުދެކެ ލޯބިވާތީކަން ޔަޤީންކުރަން އުނދަގޫވަނީ އަޅުގަނޑު ފަދަ ނިކަމެތި އަންހެންކުދިންނަށް ލަނޑުދޭ މީހުން ގިނަވީމައެވެ. 

ކޮންމެއަކަސް އެއީ ކުންފުނީގެ މުހިންމު ޙަފްލާއެއް އޮތް ރެއެކެވެ. އަޅުގަނޑަކީ ތަނަވަސްކަމެއް ނެތް އަންހެނަކު ކަމުން ލާނެ އައު ހެދުމެއް ނެތެވެ. އެހެންކަމުން އަތުގައި އޮތް އެންމެ ރީތި ހެދުންލައި އަޅުގަނޑުގެ ފެންވަރުން ނަލަހެދިގެން ދިއައިމެވެ. 

ޙަފްލާގެ ތެރޭގައި ޢަލީ ޢާއި ދެމީހުން ވާހަކަ ދައްކަން އިރުކޮޅަކު ތިބެފައި ފޯނެއްކޮށްލަން ބޭނުންވެގެން ލޮބީއަށް ނުކުމެލިތަނާ ބޮސް އައިސް އަޅުގަނޑުގެ އަތުގައި ހިފައިފިއެވެ. އަދި ހަފްލާ ނިމިގެން ބައްދަލުކުރަން ބޭނުންކަމަށް ބުނެފިއެވެ. އެވަރަކުންވެސް ފުއްދައެއް ނުލިއެވެ. އަޅުގަނޑުގެ ގައިގައި ބައްދަން މަސައްކަތްކުރި ވަޤުތަކީ ޢަލީއަށް އެތަނަށް އައިދެވުނު ވަޤުތެވެ. 

ބަލާކަށް ނުހުރެއެވެ. އައިސް ބޮސްގެ އަތް ހޫރުވާލާފައި ވަނީ ދެމީހުންގެ މެދަށެވެ. އެވަޤުތު ބޮސް ދިއައީ އަލިފާންވެގެންނެވެ. "ހަމަ މިހާރު މިތަނުންދޭ! ނޫނީ ވަޤުތުން ވަޒީފާއިން ވަކިކުރާނަން! އަހަރެންނަށް ނުރުހިއްޖެނަމަ ދެމީހުންވެސް ވަޒިފާއިން ވަކިކުރާނަން!" ވަޤުތުން ދެއްކީ ވަޒީފާގެ ބިރެވެ. 

ޢަލީ އަޅުގަނޑާއި ސުވާލުކުރީ ބޮސް އަޅުގަނޑުގެ ގައިގަ އަތްލީ އަޅުގަނޑުގެ ރުހުމުގައިތޯއެވެ؟ ފަހުން ކަންކަން ވެދާނެ ގޮތަކަށް ނުވިސްނަމެވެ. ޖަވާބުދިނީ ތެދުބަހުންނެވެ. ރުހުން ނުވެސް އަހައިކަމަށް ބުނީމެވެ. ޢަލީ އަޅުގަނޑު ދުރަށް ޖައްސައިލިއެވެ. ބުންޏެވެ. "ތަނަވަސްކަން ލިބުނީމަ މިހީވަނީ ރިޒުޤަކީ އެމީހުންދޭ އެއްޗެއް ކަމަށެވެ. ބޭނުމިއްޔާ 2 މީހުންވެސް ވަޒީފާއިން ވަކިކުރާށެވެ. މިދަނީ ނުކުމެގެންނެވެ. ނުވެސް ހުއްޓުވޭނެއެވެ." 

އެހެން ބުނެފައި ދެމީހުން އެކުގައި ނުކުމެ އޭނާގެ ސައިކަލުގެ ފަހަތަށް އަރުވައިގެން އަޅުގަނޑު ގެންގޮސް ބޭލީ އަޅުގަނޑުމެންގެ ގެއަށެވެ. ބާލާފައި ބުންޏެވެ. "ދެމީހުންގެވެސް ވަޒީފާ ގެއްލުނީކަމަށްވެސް ވެދާނެއެވެ. ކަންބޮޑުނުވާށެވެ. އަހަރެންގެ ސޭވިންގްސްގައި ފައިސާކޮޅެއް ހުންނާނެއެވެ. ދެމީހުން އަވަހަށް ކައިވެނިކުރަންވީއެވެ. ވަޒީފާއެއް ހޯދަން ނުކުންނާނީ ދެމީހުން އެކުގައެވެ. މާދަމާ ފޯމުލާންވާނެއެވެ." އެހެން ބުނެފައި މަޑުވެސްކޮށްނުލައި ޢަލީ ދިއައީއެވެ.

ކަންކަންވީ ޢަލީ ބުނި ގޮތަށެވެ. ދެމީހުންގެވެސް ވަޒީފާ ގެއްލުނީއެވެ. ދެމީހުން ކައިވެނިކުރީއެވެ. ކައިވެނިކޮށްގެން އަޅުގަނޑު ގެންދިއައީ ޢަލީމެންގެ ގެއަށެވެ. 2،3 ދުވަސް ފަހުން ވަޒީފާއެއް ހޯދަން ދެމީހުންވެސް މަސައްކަތް ފެށީއެވެ. އެކަމުގައި މާބޮޑު ކުރިއެރުމެއް ނުލިބިގެން އުޅެނިކޮށް ޢަލީގެ ދޮށީ ބޭބެ ބުނީ ދެމީހުން ވަޒީފާއެއް ހޯދާނެ ކަމެއް ނެތްކަމަށެވެ. އޭނާގެ އެއްފިހާރަ ޢަލީއަށް ދޭނެކަމަށާއި ވިޔަފާރިކޮށްގެން ފައިދާވާވަރަކުން މުދަލުގެ އަގުދައްކައި ހަމަކުރީމާ ނިމުނީކަމަށެވެ. ބޭބެ ދިނީ ރަނގަޅު އޮފައަކަށްވުމުން އެއޮފަރ ޤަބޫލުކޮށް ދެމީހުން އެކުގައި ފިހާރައިގައި މަސައްކަތްކުރަން ފެށީއެވެ. އަދި އެމަސައްކަތަކީ ދެމީހުން އެއްވަރަށް ޙިއްޞާވާ މަސައްކަތަކަށްވެސް ހެދީއެވެ.

އެއީ މީގެ 20 އަހަރު ކުރިއެވެ. ކުރުކޮށްލާފައި މިބުނަނީ މިއަދުގެ ވާހަކައެވެ. އަޅުގަނޑުމެން ދެމީހުން ވަޒިފާއިން ވަކިކުރި މީހާގެ ކުންފުނި ބަނގުރޫޓުވެގެން ވިއްކާލަން މަސައްކަތްކުރަނިކޮށް މީގެ 3 އަހަރުކުރިން އަހަރެމެން ވަނީ އެކުންފުނި ގަނެފައެވެ. އެކުންފުނި ހިންގަނީވެސް ދެމީހުންނެވެ. ވަރަށް ބުރަ މަސައްކަތުން ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށްވަނީ ބަދަލުކުރެވިފައެވެ. އަދި މާބޮޑު ފައިދާއެއް ނުލިބެއެވެ. ނަމަވެސް ދަރަނިތަކުން ސަލާމަތްވެވި މަޑުމަޑުން އަންނަނީ ފައިދާވަމުންނެވެ.

އަޅުގަނޑުމެންގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ އަޅުގަނޑުމެންގެ މޮޅުކަމާއި ކާމިޔާބުކަމުގެ ވާހަކަދައްކާކަށް ނޫނެވެ. އެބޮސް ފަދަ ބޮހުންނަށް ފިލާވަޅަކަށެވެ. އެފަދަ ބޮހުންނަށް އަޅުގަނޑު ކިޔަން ބޭނުންވަނީ އަތަށް ލާރިއެއް އަރާއިރަށް ކޮހުންނަށްވާ ބޮހުން ކަމަށެވެ. އެބޮޑު ކުންފުނި ބަނގުރޫޓުވެގެން އެދިއައީ ޢުމުރުން ދުވަސްވުމުންވެސް ޒުވާން އަނހެންކުދިންނަށް ޚަރަދުކުރަން ހަދައިގެންނެވެ. ލޯނުތައް ނަގާފައި ވިޔަފާރިއަށް އިންވެސްޓްނުކޮށް އިސްރާފްކުރީތީއެވެ. 

އަޅުގަނޑު ބުނެލަން ބޭނުންވަނީ ދެމީހަކު ލޯބިވާނަމަ ކައިވެނިކޮށް ރިވެތި ގޮތުގައި ކުރިއަށްދާން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާނަމަ ކޮންމެވެސް ގޮތަކުން އެކަމަށް މަގުފަހިވާނެ ކަމަށެވެ. މުހިންމީ ތެދިވެރިކަމާއި ވަފާތެރިކަމެވެ. އިޚްލާޞްތެރިކަމެވެ. 

- ސިތާރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް