އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަލިޙާލަތުންނާ ދަތި އުނދަގޫކަމުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ކުރަން އޮތް މުޖައްރިބް ދުޢާ-

ބަލިޙާލަތުންނާ ދަތި އުނދަގޫކަމުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ކުރަން އޮތް މުޖައްރިބް ދުޢާ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ތިމާއަށް ބަލިޙާލަތެއް ކުރިމަތިވެ ބައްޔެއްގައި އުޅެންޖެހުމުން، އެކަމުގެ ތަކްލީފްތައް އުފުލަންޖެހުމުން ކުރާނެ ދުޢާއެއް ހޯދަން ގިނަ ބައަކު އުޅެއެވެ. މީސްމީހުންގެ ގާތު އަހައި އޮޅުންފިލުވައެވެ.  

އަހުރެން ދެކޭގޮތުގައި އެހާލަތުގައި ކުރަން އޮތް އެންމެ މުހިންމު އެއް ދުޢާއަކީ ބަލިޙާލުކޮޅުގައި އެތައް އަހަރެއް ވޭތިކުރެއްވެވުމަށްފަހު ﷲ ތައާލާއަށް ކުރެއްވެވި ދުޢާއެވެ.  

أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ 

"ހަމަކަށަވަރުން މިއަޅާއަށް ދަތިކަމާއި އުނދަގޫ ޖެހިއްޖެއެވެ. އަދި އިނބަރަސްކަލާނގެއީ، ރަޙްމަތް ލައްވަވާ އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ." (އަލްއަންބިޔާ: 83) 

މިއީ މުޖައްރިބް ދުޢާއެއްކަން ޔަޤީންވަނީ ޖެހިގެން އޮތް އާޔަތުންނެވެ. "ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވަވައި އެކަލޭގެފާނަށް ޖެހިފައިވާ ދަތިޙާލުފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަހުލުންނާއި އެއަހުލުންނާއިއެކު ހަމަ އެފަދަ އަހުލުން ދެއްވެވީމެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުން ލެއްވެވި ރަޙްމަތެއްކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް ހަނދާންކޮށްދިނުމެއް ކަމުގައެވެ." (އަލްއަންބިޔާ :84)  

ކޮރޯނާއެއް ކެންސަރެއް ކިޑްނީއެއް، ހިތުގެ ބައްޔެއް އަދި އެހެންވެސް ބައްޔެއް  ކިޔާނެކަމެއްނެތެވެ. އައްޔޫބްގެފާނަށް ޖެހިވަޑައިގެންނެވި، އެތައް އަހަރުތަކަކަށް ދިގުލައި ދެމިގެންދިއަ އެބޮޑު އާލާސްކަންފުޅުން އެކަލޭގެފާނު ފަސޭހަކުރައްވަވައި ނިޢްމަތްތައް ދެއްވެވީ މިދުޢާކުރެއްވެވުމުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

އާރޓިކަލް ރޭޓްކުރައްވާ


18%
ވ.ރަނގަޅު
27%
ރަނގަޅު
27%
އޯކޭ
27%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް