އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ މައްސަލަ ބޮޑީ ޕީއެސްއެމް! ހިންގާފައިވަނީ ހިތަށް އެރިހާ ގޮތަކަށް!

އެންމެ މައްސަލަ ބޮޑީ ޕީއެސްއެމް! ހިންގާފައިވަނީ ހިތަށް އެރިހާ ގޮތަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ޓްރާންސިޝަނަލް ކޮމިޓީން ޒިޔާރަތްކުރި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑެތި މައްސަލަތައް ފާހަގަކުރެވުނު އަދި މާލިއްޔަތުގެ ޤަވާއިދުން ބޭރުން ކަންކަން ކޮށްފައިވާ ކުންފުންޏެއްގެ ގޮތުގައި ޕީއެސްއެމް ފާހަގަކޮށްފިއެވެ.

 

ކޮމިޓީން މިއަދު ބުނީ ސަރުކާރުން ދޭ ބަޖެޓުގެ އިތުރުން އަމިއްލައަށް ފައިސާ ހޯދައިގެންވެސް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި ޚަރަދުތައް ކުރުން ފަދަ ކަންކަން ކޮށްފައިވަނީ ކުންފުނީގެ ބޯޑުގެ މާބޮޑު ދައުރެއް އޮވެގެން ނޫން ކަމަށެވެ. އަދި ޕީއެސްއެމް އޮޑިޓް ނުކުރާތާ ވެސް މިހާރު 5 އަހަރުވެފައިވާ ކަމަށެވެ.

 

ކޮމިޓީން ބުނީ 2 ފަހަރަކު ބައްދަލު ކުރެވުނު ކަމަށާއި ނަމަވެސް ރިޕޯޓެއް އެކުލަވާލަން ބޭނުންވާ ވަރަށް މައުލޫމާތު ފޯރުކޮށްދީފައި ނުވާކަމަށެވެ. އަދި ލިބުނު މައުލޫމާތެއްވެސް ލިބުނީ ވަރަށް އުނދަގުލުން ކަމަށެވެ. އަދި ކަންކަން ކޮށްފައިވަނީ ވެސް ބޯޑުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވވައިގެން ކަމަށެވެ.

 

ކޮމިޓީން ބުނީ މަޝްރޫއުތައް ހިންގަން ބޮޑެތި އަދަދުތަކުން މުޢާމަލާތުތައް ކޮށްފައިވާއިރު ކަންކަން ކޮށްފައިވަނީ މާލިއްޔަތުގެ ޤާނޫނާއި އެއްގޮތަށް ނޫން ކަމަށެވެ. ކޮންޓްރެކްޓް ކުރުމުގައި ވަރަށް ގިނަ "ލޫޕްހޯލްސް" ހުރި ކަމަށެވެ.

 

522 މުވައްޒިފުން ތިބި ކަމަށާއި އެހައި ގިނަ އަދަދެއްގެ މުވައްޒިފުން ތިބެމެ ޗެނެލްތައް ހިންގުން ބޮއްސުންލާފައިވާކަންވެސް ފާހަގަކުރިއެވެ. ގިނަ ބައަކު އަޑުއަހަމުން އަންނަ އޭއެމް ފްރިކްއެންސީއަށް މައްސަލަ ޖެހި ޚިދުމަތް ނުލިބޭތާ 7 މަސްވެފައިވާކަންވެސް ފާހހަަގކުރިއެވެ.

 

ޕީއެސްއެމްގެ ގަރާޖުން އަމިއްލަ މީހުންނަށް ގަރާޖު ޖާގަ ދޫކުރީ ކުންފުންޏަށް ކުލި ނަގައިގެންކަން ހާމަކޮށްފައެއް ނުވެއެވެ. އަދި އެކަން ކުރި އުޞޫލުތަކެއްވެސް މިއަދުގެ ބައްދަލުވުމުގައި ހާމަކޮށްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް