އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުގެ ކުންފުނިތަކަށް 2019 ވަނައަހަރު ދައުލަތުން 1800 މިލިއަން ރުފިޔާ ޚަރަދުކުރަންޖެހޭއިރު ލިބެނީ 891 މިލިއަން ރުފިޔާ": ކޮމިޓީ

ސަރުކާރުގެ ކުންފުނިތަކަށް 2019 ވަނައަހަރު ދައުލަތުން 1800 މިލިއަން ރުފިޔާ ޚަރަދުކުރަންޖެހޭއިރު ލިބެނީ 891 މިލިއަން ރުފިޔާ": ކޮމިޓީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ސަރުކާރުގެ ކުންފުނިތަކަށް 2019 ވަނައަހަރު ދައުލަތުން 1800 މިލިއަން ރުފިޔާ ޚަރަދުކުރަންޖެހޭ ކަމަށް ބަޖެޓުކޮށްފައިވާއިރު އަންއަހަރު ކުންފުނިތަކުން ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރެވެނީ 891 މިލިއަން ރުފިޔާ ކަމަށް ޓްރާންސިޝަނަލް ކޮމިޓީން ބުނެފިއެވެ.

 

ނޫސްވެރިންނަށް މައުލޫމާތު ދެމުން މިއަދު ކޮމިޓީން ބުނީ ދައުލަތުން މިހައި ބޮޑު ހޭދައެއް ކުރަންޖެހެނީ ކެޕިޓަލް އިންވެސްޓްމަންޓަށާއި ކުންފުނިތަކަށް ނަގާފައިވާ ލޯނު އަދާކުރުމަށާއި ލޯނު އިންޓަރެސްޓް އަދާކުރުން ފަދަ ކަންކަމަށް ކަމަށެވެ.

 

ކޮމިޓީން ބުނީ ސަރުކާރުގެ 25 ކުންފުންޏާއި ޢާންމުންނަށް ޙިއްޞާވާ 3 ކުންފުނި އެބަހުރި ކަމަށެވެ. އަދި ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ ސަބްސިޑީ ކުންފުނިތައްވެސް އެބަހުރި ކަމަށެވެ. މި 28 ކުންފުނީގެ ތެރެއިން ދައުލަތަށް ފައިދާ ވަނީ އެންމެ 9 ކުންފުނިން ކަމަށެވެ.

 

ހިންގުމުގެ ނިޒާމަށް ބަދަލު ގެނެސްގެން ފައިދާ ހޯދިދާނެ ކުންފުނިތައްވެސް އެބަހުރިކަމަށާއި ހިންގުމުގެ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާކަން ކޮމިޓީން ފާހަގަކުރިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް