އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އެކަނިވެރިމައަކަށް ވުމުންވެސް ދަރިފުޅާއި މަންމައަށް އެހީތެރިވުމުގެ އަގަކަށް ތަނަވަސްފިރިއަކު ލިބުނު އަންހެނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: އެކަނިވެރިމައަކަށް ވުމުންވެސް ދަރިފުޅާއި މަންމައަށް އެހީތެރިވުމުގެ އަގަކަށް ތަނަވަސްފިރިއަކު ލިބުނު އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު

އަޅުގަނޑަކީވެސް ކައިވެނިކޮށްގެން ވަރަށް އުފަލުގައި ދިރިއުލެމުން އައި އަންހެނަކީމެވެ. ނަމަވެސް އެއުފާވެރިކަން ދެމިއޮތީ ދަރިއަކު ލިބެންދެންނެވެ. ދަރިއަކު ލިބުމާއިއެކު ފިރިމީހާ އަޅުގަނޑު ވޒރިކޮށްލާފައި ހިނގައްޖެއެވެ. 

އަޅުގަނޑުގެ ދަރިފުޅަށް 3 އަހަރުގައި އަޅުގަނޑުގެ މަންމަ އަޅުގަނޑުގެ ދަރިފުޅު ގެންގޮސްގެން ބަލަން ފަށައިފިއެވެ. އެއިރުވެސް ލިބޭ މިންވަރަކުން މަންމައަށް އެހީތެރިވަމެވެ. ދަރިފުޅު ބަލައިދޭން ފެށުމުން އަޅުގަނޑުގެ އަސާސީ ބޭނުންތަކަށް ނަގާފައި ލިބޭ މުސާރަ އެކުގައިހެން ދެމުން އައީ މަންމައަށެވެ. 

އެހިސާބުން އެޕާޓްމަންޓްގައި ދިރިއުޅެމުން އައީ އެކަންޏެވެ. އެދުވަސްވަރު ތަނަވަސްކަންހުރި މީހަކު އަޅުގަނޑާއި ގުޅެން ބޭނުންވުމުން އެއްބަސްވީމެވެ. ރުހި ޤަބޫލުވީމެވެ. 

ދެމީހުން ބައްދަލުކުރަމެވެ. އެޕާޓްމަންޓަކު ނޫނެވެ. ކެއުންތަކުންނެވެ. އޭނާގެ ގާތުގައި ދަރިއަކު ހުންނަ ވާހަކައެއް ނުބުނަމެވެ. އެއީ އޭނާވެސް ސުވާލުނުކުރާތީއެވެ. ކެއުންތަކަށް ދަނީވެސް މަންމަ ގާތުގައި އަޅުގަނޑު ގުލަންދެން ނުގުޅަން ބުނެފައެވެ. އެއީ މަންމަގެ ކޯލެއް ލިބި ދަރިއަކު ހުންނަކަން އޭނާއަށް އެނގޭފަދަ ބަހެއް ބުނެފާނެތީއެވެ. 

ކޮންމެއަކަސް މަންމަ ގާތުގައި ބުނެނުލައި ދެވުނު ރެއަކު މަންމަ ވީޑިއޯ ކޯލެއް ކުރިއެވެ. އަޅުގަނޑަކީ މަންމަގެ ކޯލތައް ނަގާ ދަރިއަކަށްވުމުން ކޯލްނެގީމެވެ. ދަރިފުޅާއިވެސް ވާހަކަދެއްކީމެވެ. ކޯލް ނިންމާލުމުން ފުރަތަމަވެސް ސުވާލުކުރީ ދަރިއަކު ހުންނަ ވާހަކަ ކުރިން ނުބުނީ ކީއްވެގެންތޯއެވެ؟ 

އަޅުގަނޑު ބުނީމެވެ. "އަހުރެން ދެކެ ލޯބިވާ މީހަކު ދަރިއަކު ހުއްޓަސް ނެތަސް ލޯބިވާނެއެވެ. އެކަމާއި ސުވާލުނުކުރާތީ ނުބުނެވިއޮތީއެވެ. އަދި ލޯބިވެގެން އުޅުނަސް ކައިވެނިކުރަން ނުއުޅޭތީ ކޮންމެހެން އެވާށހަަކ ނުބުނެވި އޮތީއެވެ." 

އޭނާ އަޅުގަނޑ7ު ދެއްކި ވާހަކަ ޤަބޫލެއް ނުކުރިއެވެ. ހީކުރީ ދަރިފުޅު ނުބަލަން މަންމައަށް ދީފައި ހުންނަނީ ކަމަށެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫންކަމަށާއި ކޮންމެ ދުވަހަކު ދަރިފުޅުގެގާތަށްގޮސް ކަންކަން ބަލައި ލޯބިދޭކަމަށްވެސް ބުނީމެވެ. ބަންދުދުވަސްދުވަހު ގެނެސްގެން އަޅުގަނޑާއިއެކު ގެންގުޅޭކަމަށްވެސް ބުނީމެވެ. އަދި މަންމަ ގާތުގައި ބަހައްޓަނީ މަންމަގެ އެދުމަށް ކަމަށާއި ވަޒީފާއަށް ދާންޖެހޭތީ އެކަނި ގޭގައި ނުބަހައްޓަން ކަމަށްވެސް ބުނީމެވެ. 

އެކަމަކުވެސް އޭނާ ބޭނުންވީ އޭނާ ގޮވައިގެން މަންމަގެ ގާތަށްދާށެވެ. އެހެންވެ ކައިނިމިގެން ދިއައީ އެގެއަށެވެ. އެއިރު ދަރިފުޅު އޮތީ ނިދާފައެވެ. މަންމަގެ ގާތުން އޭނާ އޮޅުންފިލުވަން ބޭނުންވި ކަންކަން އޮޅުންފިލުވުމަށްފަހު އެނބުރި ގެއަށް އަންނަމުން އޭނާބުނީ ކައިވެނިކުރުން އަވަސްކުރަން ބޭނުންވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ މަންމަޢާއި ދަރިފުޅަށް ހެޔޮކޮށް ހިތާ މީހަކު އިތުރަށް އިމްތިޙާނުކުރަން ދުވަސްތައް ހޭދަކުރަން ބޭނުން ނުވާކަމަށެވެ. 

ކޮންމެއަކަސް ދެވަނަ ކައިވެނިމަތީގައި 12 އަހަރުވީއެވެ. އިތުރު 3 ދަރިންނާއިއެކު 4 ދަރިން އެބަތިއްބެވެ. ކައިވެންޏަކީ އުފާވެރި ކައިވެންޏެކެވެ. މިއަށްވުރެ އިތުރަށް ނުބުނި ނަމަވެސް ފުދޭނެ ކަމަށް ހީކުރަމެވެ.

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އަޅުގަނޑުގެ ވާހަކައިން ފިލާވަޅެއް ޙާޞިލްކުރެވިއްޖެނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލްކުރެވުނީއެވެ. ކޮށްލަން ބޭނުންވާ ވަޞިއްޔަތަކީ އެކަނިވެރިވީނަމަވެސް އެމީހެއްގެ ޙާލަތު ނިޔާކުރާ މިންވަރަކުން މައިންބަފައިންނަށާއި ދަރިންނަށް ހެޔޮކޮށް ހިތާށެވެ. އެކަމުގެ ފައިދާ މިދުނިޔޭގައިވެސް ކުރާނެއެވެ. އިން ޝާ ﷲ 

- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް