އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އެކުގައި މަރުވެ ސުވަރުގޭގަ އެކުގަ އުޅެން ބޭނުންވި ދެލޯބިވެރިންނަށް ދުނިޔެއިން އެކުގަ ވަކިވެވުނު ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: އެކުގައި މަރުވެ ސުވަރުގޭގަ އެކުގަ އުޅެން ބޭނުންވި ދެލޯބިވެރިންނަށް ދުނިޔެއިން އެކުގަ ވަކިވެވުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

ތެދުވެރިކަމާއެކު ލޯބިވާ މީހުން މިހާރުވެސް ދުނިޔޭގައި އުޅޭކަމަށް ޤަބޫލުކުރެވޭތޯ؟ 

ކިޔުންތެރިޔާއެވެ! ނެތެމުން މިދަނީ ހަމައެކަނި ތެދުވެރި ލޯބިވެރިންނެއް ނޫނެވެ. ތެދުވެރިކަމާއި ތެދުވެރިންނެވެ. އެހެނަސް ތެދުވެރިންނާ، ތެދުވެރި ލޯބިވެރިން އަދިވެސް އެބައުޅެއެވެ. ޢަދަދު މަދީއެވެ. ބއިވެރިއަކު އިޚްތިޔާރުކުރާއިރު އިތުރަށް ސަމާލުވާން މިޖެހެނީ އެހެންވެގެންނެވެ.  

ތިރީގައިވާ ވާހަކަ ކިޔައިލާށެވެ! އެފަދަ ތެދުވެރި ލޯބިވެރިންވެސް އެބައުޅެއެވެ.   

ދެކުދިންވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. ފޯނުން ވާހަކަދައްކަން ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ހޭދަކުރެއެވެ. މިގޮތަށް އުޅޭތާ އެތައް ދުވަހެއް ފަހުން ކުއްލިއަކަށް ފިރިހެން ކުއްޖާ ބުނީ ދެން އިތުރަށް އޭނާ އާއި ނުގުޅުމަށެވެ. ސަބަބާއިމެދު ސުވާލުކުރަން ފުރުޞަތުވެސް ނުދީ ފޯނުކަނޑައިލީއެވެ.  

ފޯނު ކަނޑާލުމުން އަންހެން ކުއްޖާ އޭނާގެ ފޯނަށް ގުޅައިގުޅައިވެސް ފޯނު ނުނެގުމުން އަންހެންކުއްޖާ ރޮއިރޮއި ހަލާކުވާވަރުވިއެވެ. ހީކުރެވުނީ ބޭވަފާތެރިވެ ލަނޑުދިނީ ކަމަށެވެ.  

އަނެއްދުވަހު އަންހެންކުއްޖާގެ ފޯނަށް ގުޅުމުން ނެގީ އަންހެން ކުއްޖާގެ ދައްތައެވެ. ނަގާފައި ބުނީ ކޮއްކޮގެ ޙާލު ވަރަށް ސީރިއަސް ކަމަށާއި އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށެވެ.  

ފިރިހެން ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގޮސް އަންހެން ކުއްޖާ ޢާއި ބައްދަލުކުރިއެވެ. އަދި ކުރީ ދުވަހު ބުނެވުނު ބަހަށް މާފަށްވެސް އެދުނެވެ. އަދި ސަބަބުވެސް ކިޔައިދިނެވެ. އެއީ އެހައިތަނަށް ފޮރުވާފައި އޮތް ބޮޑު ސިއްރެކެވެ. އޭނާއަކީ ހިތުގެ ބަލި ހުންނަ ކުއްޖެއް ކަމާއި އެހެން ބުނެވުނީ ޤަޞްދުގައި ނޫންކަމެވެ. ބޭސްކައިގެން ނިދާފައި ހޭލެވުނީ މިއަދު ކަމެވެ. އަދި ހޭލެވުމާއިއެކު ގުޅިކަންވެސް ކިޔައިދިނެވެ.  

އެކަކު އަނެކަކަށްވާ ލޯބި އިތުރުވެގެންދިއައެވެ. ލޯބިން އޮޅުލައިވެސް ގަނެވުނެވެ. ނަމަވެސް އެވަގުތުވެގެންދިއައީ އަންހެންކުއްޖާގެ ފުރާނަ ހަށިގަނޑާއި ވަކިވެގެންދިއަ ވަގުތަށެވެ. ކައިޜިގައި ތިބި މީހުން ދެހަށިގަނޑު ދުރުކޮށްލުވުމާއިއެކު ފިރިހެން ކުއްޖާއަށްވެސް ޖެހުނީ ހަމަ އެޙާލެވެ. ހިތްހުއްޓި ހަށިގަނޑާއި ފުރާނަވަކިވެގެންދިއައީއެވެ.  

އަންހެންކުއްޖާގެ މަންމައަށް އެވަގުތު ބުނެލެވުނެވެ. "އަހަރެންގެ ދަރިފުޅު ފޯނުން ވަރަށް ގިނައިން ބުނާއަޑު އިވެއެވެ. ދެމީހުން މަރުވާނީވެސް އެކުގައިދޯއެވެ. ސުވަރުގޭގައިވެސް އުޅޭނީ އެކުގައިދޯއެވެ! ފެނިގެން މިދިއައީ ދެކުދިން އެކުގަ ދުނިޔެއިން ވަކިވިތަނެވެ. ދޢާއަކީ ސުވަރުގޭގައިވެސް އެކުގައި ލެއްވެވުމެވެ."

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް