އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާބަނޑު އަނބިމީހާ ފަތިސް ނަމާދަށް ގޮވުމުން ބަނޑުކޮޅުގަ ފައިންޖެހުމުން މަގުމަތީގަ އުޑުތިލަމަތިން އޮށޯވެ ފައި އުކާ މީހަކަށް ވީގޮތުގެ ވާހަކަ-

މާބަނޑު އަނބިމީހާ ފަތިސް ނަމާދަށް ގޮވުމުން ބަނޑުކޮޅުގަ ފައިންޖެހުމުން މަގުމަތީގަ އުޑުތިލަމަތިން އޮށޯވެ ފައި އުކާ މީހަކަށް ވީގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

މިރޭ މިކިޔައިދެނީ އަހުރެން އިތުބާރުކުރެވޭ މީހަކު އަހުރެންނަށް ކިޔައިދީފައިވާ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ވިސްނައި ތިބެ އަޑުއަހާށެވެ! 

އެއީ އަހުރެން މޮރޮއްކޯއަށް ކުރި ދަތުރެއްގައި ފެނުނު މީހެކެވެ. ތަންކޮޅަކަށް ހިނގާފައި ބިންމަތީގައި އުޑުތިލަ މަތިން އޮށޯވެ މައްޗަށް ފައި އުކައެވެ. އެމަންޒަރު ފެނުމުން ފަހަތުން ވަރަށް ދުރަށް ހިނގާފައި ކެތް ނުކުރެވިގެން އޭނާ ހުއްޓުވައި އެ މުޞީބާތް އޭނާއަށް ކުރިމަތިވި ސަބަބާއިމެދު ސުވާލުކުރުމުން ކިޔައިދިނެވެ. 

"އަހަރެންގެ އަނބިމީހާއަކީ ވަރަށް ތަޤްވާވެރި އަންހެނެކެވެ. ކޮންމެ ރެއަކުވެސް ފަތިސް ވުމުގެ ކުރިން ތެދުވެ ދަމުނަމާދު ކުރާނެއެވެ. އަހުރެންނަށްވެސް ގޮވާނެއެވެ. ފަތިސް ނަމާދަށްވެސް ގޮވާނެއެވެ. ނަމަވެސް އަހުރެންނަށް އެކަމަށް ސަމާލުކަމެއް ނުދެވެއެވެ.

އަންހެނުން 2 ވަނަ ދަރިފުޅަށް ބަލިވެ އިނދެ ދުވަސްފުރެން ކަިރިވެފައިހުއްޓާ އެއްރޭ ފަތިސް ނަމާދަށް ގޮވުމުން އައި ރުޅީގައި ބަނޑުގައި ކޮޅުފައިން ޖެހުނީއެވެ. އެދުވަހު ހެނދުނު ހޭލެވުނީންސުރެ މިކަން މިގޮތަށް މެދުވެރިވެއެވެ. އެހެންވެ ދުއްވާ އެއްޗަކަށްވެސް ނޭރެއެވެ. ކިތަންމެ ދުރަށް ދާންޖެހުނު ނަމަވެސް އަދި ކިތަންމެ ބޮޑަށް ބަލިވެގެން ހޮސްޕިޓަލަށް ދާންޖެހުނު ނަމަވެސް މިޖެހެނީ ހިނގާފފައިދާށެވެ. 

މިޙާލުގައި އުޅޭތާ މިހާރު ހައެއްކަ އަހަރުވެދާނެއެވެ. ވަރަށް ގިނަ މަސައްކަތްކުރެވިއްޖެއެވެ. ޑޮކްޓަރުންނަސްވެސް ދައްކައިފީމެވެ. ފަންޑިތަވެސް ހަދައިފީމެވެ. ލިބުނު ލުޔެއް ނެތެވެ. އަޚާއަށްވެސް އެނގޭނަމަ ލުޔެއް ލިބޭނެ ގޮތެއް ބުނެދިބަލށެވެ!" 

އެހިސާބަށް ބުނެވުނުތަނާ އެ އުނދަގޫތައް އޭނާއަށް ވެއްޖެއެވެ.

ތެދުވެވުމުން އަހަރެން ބުނީމެވެ. "އަހުރެންގެ ނަޞޭޙަތަކީ ގިނަގިނައިން ތައުބާވުމެވެ. އަނބިމހާ އާއި އަނބިމީހާގެ ބަނޑުގައި އޮތް ދަރިފުލުގެ ކިބައިންވެސް މާފަށް އެދޭށެވެ! އެއިރު ކުރަން ދެކޮޅު ހެދުނު ދެކަންތައް (ދަމުނަމާދާއި ފަތިސް ނަމާދު) ކުރަން ފަށާށެވެ! ދުޢާކުރުން ގިނަކުރާށެވެ!" 

އެއިގެ ހައަކަ މަސްދުވަސްފަހުން ގުޅާފައި އޭނާ ބުނީ މިހާރު ރަނގަޅު ކަމަށެވެ. އެއުނދަގޫތައް ނުވާ ކަމަށެވެ. 

މީސްތަކުންނޭވެ! އެފަދަ ކަންކަން ނުކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ތިމާއަށް ދަމުނަމާދަށާއި ފަތިސް ނަމާދަށް ގޮވާ ހޭލައްވަން މަސައްކަތްކުރާ ބައިވެރިއަކު ލިބިއްޖެ ނަމަ އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢްމަތެވެ. ކޮންމެ މީހަކަށް ކޮންމެ ފަަރަކު ކޯފާ ނުލައްވަވަނީ ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ. މަދު މީހަކަށް ނަމަވެސް ކުރިމަތިވާ މިފަދަ މުޞީބާތްތަކުން އޮތީ ޢިބްރަތް ޙާޞިލުކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު