އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިއަކު ލޯބިން ދިރިއުޅޭނަމަ ވަރިކުރުވަން ޝައިޠޯނާހަދާ އުކުޅުތަކާ ސަލާމަތްވެވޭނެ 3 ގޮތް-: ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދު

ދެމަފިރިއަކު ލޯބިން ދިރިއުޅޭނަމަ ވަރިކުރުވަން ޝައިޠޯނާހަދާ އުކުޅުތަކާ ސަލާމަތްވެވޭނެ 3 ގޮތް-: ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

ޒަވާޖީ ހަޔާތުގައި މައްސަލަތައް ޖެހޭނަމަ ވިސްނައިލަންޖެހޭނެ ބައެއްކަންކަން ހާމަކޮށްލާނަމެވެ.

ދެމަފިރިން އެކަކު އަނެކަކަށް ނުބައި ބަސްތައް ބުނެ ތަޅާފޮޅާނަމަ، އެކަކު އަޅާނުލައި ފަރުވާކުޑަ ދިރިއުޅުމެއް އުޅޭނަމަ، ދެމަފިރިން އެކަކު އަނެކަކަށް މަކަރު ހަދައި ފާހިޝް ޢަމަލުތައް ކުރާނަމަ އެދެމަފިރިންނާއި ޝައިޠޯނާ އެހައި ބޮޑަކަށް އަޅައެއް ނުލާނެއެވެ. އެހައި ބޮޑު ސަމާލުކަމެއް ނުދޭނެއެވެ. އެއީ އެދެމަފިރިންވެސް އެތިބީ ޝައިޠޯނާގެ ކަސްތޮޅުގައި ކަމަށްވާތީއެވެ.

ޝައިޠޯނާ އެންމެ ބުރަކޮށް މަސައްކަތްކުރާނީ ޞުލްޙަވެރިކަމާއިއެކު ލޯބިން އެކުގައި ދިރިއުޅޭ ދެމަފިރިން ދުރުކުރުވުމަށެވެ. އެއްވެސް މައްސަލައެއް ދެމަފިރިންގެ މެދުގައި ނެތްނަމަވެސް އަނބިމީހާގެ ގާތުގައި ޝައިޠޯނާ ބުނާނެއެވެ. "ތިބާގެ ފިރިމީހާ މިހާރު ތިބާދެކެ ލޯތްބެއް ނުވެއެވެ. ޢާއިލާގެ މިވެނި އެވެނި، ނުވަތަ ރައްޓެހިން ގެތެރެއިން މިވެނި އެވެނި މީހުން ދެކެ މާބޮޑަށް ލޯބިވެއެވެ. އެމީހުންނަށް މާ ބޮޑަށް އަޅައިލައެވެ. މާގިނައިން ހަދިޔާވެސް ދެއެވެ."

ފިރިމީހާ ގާތުގައިވެސް ހަމަ މިމޭރުމުން ބުނާނެއެވެ. އަދި ބުނާނެއެވެ. "މިވެނި އެވެނި އަންހެނަކު މިހާރުވެސް ހުރީ ތިބާ އާއި ކައިވެނިކުރަން ތައްޔާރަށެވެ. އޭނާ މާ ރީއްޗެވެ. މާހެޔޮވެސްވާނެއެވެ. މާބޮޑަށް އަޅައިވެސް ލާނެއެވެ. ތިބާ ކޮށްދޭ އެއްވެސް ކަމެއް މިހާރުގެ އަނބިމީހާ ބަލައެއް ނުގަނެއެވެ."

ވަރިކުރުމަކީ އިސްލާމް ދީނުގައި ހުއްދަކަމެކެވެ. އެހެންކަމަށްވާއިއރު ބަލައިލަންވީ އިސްލާމް ދީނުގައި ހުއްދަކަމެއް ކުރުވަން ޝައިޠޯނާ އެހައިބޮޑަށް ބޭނުންވާ ސަބަބަށެވެ. އެއީ މިހާރުގެ އެނގި ޔަޤީންވާން އޮތް ކަމެކެވެ. ކައިވެނި ރޫޅުމުން ޙައްޤު މަގުގައި ސާބިތުވެވެނީ ވަރަށް މަދު މީހަކަށްކަން ދިރާސާތަކުން ޔަޤީންކުރެވިފައިވާތީއެވެ. ވީމާ ޝައިޠޯނާ އެހައި ބޮޑަށް އެ އުފާކުރަނީ ޙެ ސަބަބަށްޓަކައެވެ. ރަނގަޅަށް އުޅޭ ދެމަފިރިއަކު ވަރިކުރުމުން އެކަންކުރި ޝައިޠޯނާއަށް އެންމެ މަތީ ޢިއްޒަތްދީ، ޖާފަތްދީ އަދި އެޝައިޠޯނާގެ ގައިގައި އޮޅުލައި ހަދަނީ ވެސް ހަމަ އެ ސަބަބަށްޓަކައެވެ.

މީސްތަކުންނޭވެ! މިބުނެދެނީ ކުރިން މި ބަޔާންކުރި ފަދަ މަގަކުން ވިސްނައިދޭން ޝައިޠޯނާ ކުރާ މަސައްކަތުން ސަލާމަތްވާން ކުރެވިދާނެ 2 ކަމެކެވެ.

ފުރަތަމަ ކަމަކީ އެފަދަ ވިސްނުމެއް އަތުވެއްޖެނަމަ އަވަހަށް އަޢޫޛް ކިޔައި ޝައިޠޯނާގެ ކިބައިން ސަލާމަތްކުރެއްވެވުން އެދި ދުޢާކުރަމެވެ.

ދެވަނަ ކަމަކީ އެކަކު ކަމެއްކޮށްދިނުމުން އެއީ ކިތަންމެ ކުޑަކަމެއް ނަމަވެސް ޝުކުރުވެ ތަޢްރީފްކުރުމެވެ. ހަމައެއާއިއެކު ބައިވެރިޔާގެ ކިބައިން އުނިކަމެއް ނުވަތަ ނުރުހޭ ކަމެއް ފެނިއްޖެނަމަ އެކަމަށް ނުވިސްނައި ބައިވެރިޔާގެ ހުރި ރަނގަޅު ސިފަތަކަށް ވިސްނުމެވެ.

ޚާއްޞަކޮށް އަނބިން ހަނދާންކުރާށެވެ! ފިރިމީހާ ކޮށްދޭ ހެޔޮ ކަންކަމަށް ޝުކުރުވެރިނުވާ އަނބިންނަށް ﷲ ތަޢާލާ ރަޙުމް ނުކުރައްވަވާނެކަން (ރުހިވޮޑިނުގަންނަވާނެކަން) ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވަކިން ޚާއްޞަކޮށް ފިރިމީހާ އާއި ނުލައި އުޅެވެން ނެތް އަނބިންނަށެވެ.

--ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް