އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަނަވަސްކަން އިތުރުކޮށްދެއްވަވަން އެދެންވާނީ ﷲ ތަޢާލާގެ މަގުގަ ހޭދަކުރުމުގެ ނިޔަތުގަ!: މުފްތީ މެންކް

ތަނަވަސްކަން އިތުރުކޮށްދެއްވަވަން އެދެންވާނީ ﷲ ތަޢާލާގެ މަގުގަ ހޭދަކުރުމުގެ ނިޔަތުގަ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ! 

"ފަޤީރު ވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް ޝައިޠާނާ ބިރުދައްކަތެވެ. އަދި، އެ ޝައިޠާނާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެތެވެ. ﷲ، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވަނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ފާފަފުއްސެވުމާއި، ފަޟްލުވަންތަ ކަމަށެވެ. ﷲއީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

(އަލް ބަޤަރާ: 268) 

މުސްލިމުންނަށް ހުއްދަވެގެންވާ ކަންކަމުގެ ތެރޭގައި ތަނަވަސްކަން އިތުރުކޮށްދެއްވެވުން އެދި ދުޢާކުރުން ހިމެނެއެވެ. ނަމަވެސް އެފަދައިން ދުޢާކުރާނަމަ ހިތުގައި ބާއްވަންވާނީ އަމިއްލަ ތަނަވަސްކަން އިތުރުރުކުރުމެއް ނޫނެވެ. ދެއްވެވި މިންވަރަކުން ﷲ ތަޢާލާގެ މަގުގައި ގިނައިން ހޭދަކުރުމެވެ. 

ތަނަވަސްކަން އިތުރުކުރުމަށްޓަކައި މަކަރުހަދަން ޝައިޠޯނާ ހިތްވަރުދޭނެއެވެ. ނަމަވެސް އެމަޅީގައި ނުޖެހޭށެވެ! މުސްލިމުންގެ ބޭނުމަކަށްވާންޖެހޭނީ ތަނަވަސްކަން އިތުރުކުރުމެއް ނޫނެވެ. ދުޢާކުރަންވީ ދެއްވަވާ މަދު މިންވަރުގައި ބަރަކާތް ލެއްވެވުން އެދިއެވެ. ފައިދާކުރާނީ އެއިރުންނެވެ. 

މީސްތަކުންނޭވެ! ވައްކަން ނުކުރުމުން، މަކަރު ނުހެދުމުން ލިބޭ މިންވަރު މަދުވެ އަތްމަތިދަތިވެދާނެކަމުގެ ބިރު ޝައިޠޯނާ ދައްކާނެއެވެ. އެވަސްވާސްތަކަށް ނުހެއްލި ﷲ ތަޢާލާއަށް ތެދުވެރިވާށެވެ! އެއިރުން އެމީހެއްގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

ހަމަކަށަވަރުން " ﷲއީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 

- މުފްތީ މެންކުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް