އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު
ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ ރައީސް ބުނަނީ ގާޒާގައި ކުށެއް ނެތް އެންމެ ރައްޔިތަކުވެސް ނެތްކަމަށާއި އެންމެންގެ މައިބަދަ ބިންދައިލާނެ ކަމަށެވެ. ހަމާސްއިން ޙަމަލާދެނީ ޣާޒާގެ ރައްޔިތުން އެމީހުން ނުހުއްޓުވައި އަޅާނުލައި ރުހިގެން ތިބޭތީ ކަމަށެވެ.
މިފަދަ މޭރުމުން މިއަނިޔާވެރިޔާގެ ވާހަކަަތައް ހުރިއިރު އެއަނިޔާވެރިޔާގެ ސިފައިން ކޮންމެ ދުވަހަކު ފަލަސްޠީނުގެ ރައްޔިތުންނަށް ކުރަމުން ގެންދާ އަނިޔާތަކާއި އެމީހުންގެ ގެދޮރު ފޭރެމުން ގެންދާ ސަބަބު ބުނެއެއް ނުދެވެއެވެ. ފަލަސްޠީނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ބަނޑަށް ޖައްސުވައިގެން އުޅޭ ސަބަބުވެސް ބުނެއެއް ނުދެވެއެވެ.
ހައްދިފަހަނައަޅާފައިވާ އަނިޔާވެރިން ތަކުރާރުކޮށްވެސް މިދައްކަނީ އެއަނިޔާވެރިންގެ އަނިޔާތަކަށް ކެތް ނުކުރެވިގެން ފަލަސްޠީނުގެ ރައްޔިތުން ކުރާ ކަންކަމުގެ ވާހަކައެވެ.
ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ރައީސް މިއަދު ބުނީ އޭނާ މިކުރާ ކަމަކީ އޭނާގެ ޤައުމުގެ މީހުންގެ ގެދޮރު ސަލާމަތްކުރުން ކަމަށެވެ. އެހެންބުނާއިރު ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ހިމާޔަތް ކުރުމުގެ ޙައްޤު ފަލަސްޠީނަށް ނުދީ ގެތައް ކޮންމެ ދުވަހަކު ފޭރެމުން ގެންދިއުން ހުއްދަވަނީ ކިހިނަކުން ހެއްޔެވެ؟
އަނިޔާވެރިން ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ މުސްލިމް ބާރުގަދަ، ތަނަވަސް ދައުލަތްތަކުން އެމެރިކާއާއި ތަންކޮޅެއް ދުރަށް ޖެހިލުމެވެ. ނަމަވެސް އެމީޙުންގެ ދުނިޔޭގެ އެދުން ބޮޑުކަމުން އެފަދަ އެއްވެސް ކަމެއް ކުރަން ތިބީ ނުކުޅެދި ބަލި ކަނބިލިތަކަކަށްވެގެން ފިލައެވެ.
Advertisement
14 އޮކްޓޯބަރ 2023