އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު
ހައްދުފަހަނައަޅާފައިވާ ޔަހޫދީން މިހާރު ގެންދަނީ ޣާޒާގައި ހުރި ހޮސްޕިޓަލްތައް ހުސްކޮށް ނުކުމެގެން ދެކުނު ސަރަޙައްދުތަކަށް ދިއުމަށް އިންޒާރުދެމުންނެވެ. ޞިއްޙީ ޚިދުމަތްތެރިން ބުނަމުން ގެންދަނީ ބޮން އަޅައި ޢިމާރާތް ގޮއްވާލި ނަމަވެސް ނުކުމެގެން ނުދާނެ ކަމަށެވެ.
"އަހަރެމެން ބުނިން އައިސީޔޫގައި ތިބި ބަލިމީހުންނާ އެހެންވެސް ބަލިމީހުން ގޮވައިގެން ނުކުމެގެން ނުދެވޭނެކަމަށް. އެކަމަކު އެމީހުން ޤަބޫލެއް ނުކުރޭ. މުވައްޒިފުން ތިބީ ޢިމާރާތަށް ބޮންއެޅިޔަސް ނުކުންނަ ގޮތަކަށް ނޫން. އެމީހުންގެ ހިތްވަރު ވަރަށް ގަދަ." ކަމަށް ހޮސްޕިޓަލަކުން މައުލޫމާތުދިން މީހަކު ބުނެފައިވެއެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީން ދެމުންގެންދާ ބޮމުގެ ހަމަލާތަކުގައި ޒަޚަމްވާ މީހުން ހޮސްޕިޓަލަށް ގެނައުމަށް އެމީހުންނަކީ ކޮންބައެއްކަން އެނގޭނެ ގޮތަށް ޔުނިފޯމްގައި ތިބޭ މުވައްޒިފުންގެ ބަޑިޖަހައި ޝަހީދުކުރަމުންގެންދާކަން ހޮސްޕިޓަލްތަކުން އަންނަނީ ފާހަގަކުރަމުންނެވެ.
އެއް ހޮސްޕިޓަލުން ބުނީ އެހޮސްޕިޓަލުގެ 4 ޞިއްޙީ ޚިދުމަތްތެރިންގެ ގެއަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވާ ކަމަށެވެ. ޚިދުމްތަދޭ ބައެއް ޑޮކްޓަރުން ފާއިތުވި 7 ދުވަހުގެ ތެރޭގައި ޖުމުލަ 10 ގަޑިއިރު ނުނިދައި ޚިދުމަތްދެމުން އައިސްފައިވާކަން ވެސް ފާހަގަކުރެއެވެ.
Advertisement
15 އޮކްޓޯބަރ 2023