އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤުރްއާން ތަފްސީރުގެ ދިވެހި ވާޝަން ފުރިހަމަކޮށް ޢާންމުކޮށްފި-

ޤުރްއާން ތަފްސީރުގެ ދިވެހި ވާޝަން ފުރިހަމަކޮށް ޢާންމުކޮށްފި-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ކީރިތި ޤުރުއާނުގެ ފުރިހަމަ ތަފްސީރެއް ދިވެހިބަހުން އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ރިޢާޔަތް ކޮށް، ސަޢޫދިޢަރަބިޔާ އިން ނެރެފައިވާ التفسير واضح الميسر (އައްތަފްސީރުލް ވާޟިހުލް މުޔައްސިރު) ދިވެހިބަހަށް ތަރުޖަމާ ކޮށް، ދަރިވަރުންނާއި، ދީނީ ޢިލްމުވެރިންނާއި، އެންމެހާ ދިވެހި އަޚުންނާއި އުޚުތުންނަށް އަޅުގަނޑު މި ވަނީ ހަދިޔާ ކޮށްފައެވެ. މި ފޮތުގެ ވެބްވެބްވާޝަން އަށް ވަޑައިގަތުމަށް 

https://quranthafseeru.comމި ލިންކަށް ފިއްތަވާ ލައްވާށެވެ! 

ފަސޭހަ ތަފްސީރު ނަމުގައި އެކުލަވާލާފައިވާ މި ފޮތަކީ 6 ވޮލިއުމް ގެ މައްޗަށް އެކުލެވިގެންވާ ތަފްސީރެކެވެ. الله އިރާދަފުޅާ މިންވަރުފުޅުން ލަސްތަކެއް ނުވެ ޗާޕް ކޮށް ދިވެހިރާއްޖޭގެ ގިނަ ގޭބިސީ ތަކަށް ތަފްސީރުގެ ކޮޕީ އެއް ހަދިޔާ ކުރުމަށް އަޅުގަނޑުވާނީ ނިންމާފައެވެ. 

ފާއިތުވި ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުގެ ރޭ މި ފޮތުގެ ޑެސްކްޓޮޕް ވާ ޝަން ގެ ސޮފްޓްލޯންޗިންވާނީ އިފްތިތާޙް ކުރެވިފައެވެ. އަދި މިއަދު ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގައި (2 ރަބީޢުލްއާޚިރު 1445 ) މި ފޮތުގެ ވެބްވާޝަން ގެ ފުރިހަމަ ކޮށް މިރެއިން ފެށިގެން ޢާންމު ކުރެވުނީ ތީ الله ތަޢާލާ އަށް ޙަމްދު ކުރަމެވެ. މި މަސައްކަތުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ހިތުގެ ފުން މިނުން ޝުކުރު ދަންނަވަމެވ ެ.

- ޤާސިމް އިބްރާހީމް / ޖުމްހޫރީ ޕާޓީގެ ލީޑަރ، ވިލާ ފައުންޑޭޝަންގެ ބާނީ 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް