އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު
ފޮތްތަކުން ފެންނަން ހުރި ކަންކަމުގެ ވާހަކަތައް އެއްފަރާތުގައި ބަހައްޓާފައި ލޮލަށް ފެންނަމުންދާ ކަންކަމަށް ބެލިނަމަވެސް އިޒްރޭލަކަށް ދެމިއެއް ނުއޮވެވޭނެއެވެ. ސޯޝަލް މީޑިއާގައި ގޯސްތަކެއް ހުރިނަމަވެސް ރަނގަޅު ބައެއްވެސްވެއެވެ. ޕިއާ ކެންޕޭން އެއަންނަނީ ވަރުގަދަވަމުންނެވެ. އެއީވެސް ކުރެވެމުން އަންނަ ޖިހާދެކެވެ.
އިޒްރޭލުން ފަލަސްޠީނަށް ވެރިވެގަންނަން މަސައްކަތްކުރާތާ 75 އަހަރުވީއެވެ. އެކަން އެމީހުންނަށް އަދިވެސް ކާމިވާބެއް ނުވެއެވެ! ކާމިޔާބު ނުކުރެވުނުއިރު ފަލަސްޠީނުގެ ޙައްޤުގައި މިއަދު އަޑު އުފުލަމުން ގެންދަނީ މުސްލިމުން އެކަންޏެއް ނޫނެވެ.
ޣައިރު މުސްލިމުންގެވެސް އެތައް ހާސް ބައަކު ދުނިޔޭގެ ކަންކޮޅުތަކުގައި ގެންދަނީ އިޒްރޭލާއި ދެކޮޅުކަން ހާމަކުރަމުންނެވެ. އިޒްރޭލާއި ދެކޮޅަށް ތަފާތު ކެންޕޭނުތައް އަމިއްލައަށްވެސް ހިންގަމުންނެވެ. އަދި މުސްލިމުން ކުރާ ކެންޕޭނުތަކުގައި ބައިވެރިވަމުންނެވެ.
ކޮންމެ މުސްލިމަކުވެސް ލެންޕޭނުތަކުގައި ބައިވެރިވެ އަޑުއުފުލާށެވެ! ނަމަވެސް ހާމަކުރަންވާނީ ޙައްޤު ބަސްތަކެވެ. ބަސްބުނަންވާނީ ދީނުގައި އޮތް މަގުންނެވެ.
ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި މަހްދީގެފާނު ފައުޅުވާއިރު އިޒްރޭލް އޮންނާނީ ވެއްޓިފައެވެ. (އިނދަޖެހިފައެވެ.)
- ބިލާލް އައްސަދުގެ ބަސްފުޅަކުން
Advertisement
4 ނޮވެމްބަރ 2023