އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގުޅިގެން މަސައްކަތްކޮށްފިނަމަ މަޖިލީހުގެ "ސުޕަރ މެޖޯރިޓީ" ނެގޭނެ: ރައީސް ޑރ.މުޢިއްޒު

ގުޅިގެން މަސައްކަތްކޮށްފިނަމަ މަޖިލީހުގެ "ސުޕަރ މެޖޯރިޓީ" ނެގޭނެ: ރައީސް ޑރ.މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ގުޅިގެން މަސައްކަތްކޮށްފިނަމަ މަޖިލީހުގެ "ސުޕަރ މެޖޯރިޓީ" ނެގޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް ޑރ.މުޢިއްޒު މިހެންް ވިދާޅުވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) ގެ އައު އޮފީސް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.  ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އައު އޮފީހާއެކު މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމުގެ މަސައްކަތްތައް ރަސްމީކޮށް ފެށުނީކަމަށެވެ. އެމަނިކުފާނުގެ އިލްތިމާސަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ގުޅިގެން އެ އިންތިޚާބުވެސް ކާމިޔާބުކުރުމުގެ ޢަޒުމުގައި ނުކުތުން ކަމުގައި ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ގުޅިގެން މަސައްކަތްކޮށްފިނަމަ މަޖިލިސް އިންތިޚާބު ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

ޕީއެންސީ/ޕީޕީއެމް ކޯލިޝަންގެ ސެނެޓަރުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މި މަސައްކަތުގައި ޕާޓީގެ ކޮންމެ މެންބަރެއް އަދި ކޮންމެ ރައްޔިތެއް ހަމަހަމަކަމަށެވެ. އަދި މަސައްކަތްތައް ބައްޓަންކުރައްވާނީ ޤައުމީ ވިސްނުމުގައި، ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެންކަމަށް ވިދާޅުވިއެވެ. ކޯލިޝަންގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޕީއެންސީގެ ރަސްމީ އޮފީސް ހުޅުވާފައިވަނީ ކަސްޓަމްސް އޮފީސް ކައިރީ ހުންނަ، މ.ސީ-ޓްރެކް ގޭގެ 7ވަނަ ފަންގިފިލާގައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު