އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރިހުންނަން ހިތަށް އޮކްސިޖަން ބޭނުންވާފަދައިން ފުރާނައަށްވެސް އޮކްސިޖަން ބޭނުންވޭ! އެއޮކްސިޖަން ނުދެވިއްޖެނަމަ ފުރާނައަކަށް ސަލާމަތެއް ނުވެވޭނެ!

ދިރިހުންނަން ހިތަށް އޮކްސިޖަން ބޭނުންވާފަދައިން ފުރާނައަށްވެސް އޮކްސިޖަން ބޭނުންވޭ! އެއޮކްސިޖަން ނުދެވިއްޖެނަމަ ފުރާނައަކަށް ސަލާމަތެއް ނުވެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ދުނިޔޭގައި ދިރިހުރެވެނީ ނޭވާލެވިގެންނެވެ. ނޭވާލެވެނީ ހިތަށް އޮކްސިޖަން ލިބިގެންނެވެ. ހަމަ އެފަދައިން ތިބާގެ ގުރާނައަށްވެސް އޮކްސިޖަން ބޭނުންވެއެވެ. ގިނަ ބައަކަށް ވިސްނައި ނުލެވެނީ އެއީ ކޮން އޮކްސިޖަނެއް ކަމާއިމެދުގައެވެ. 

އެ އޮކްސިޖަނަކީ ނަމާދެވެ. އެއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ. 

ނަމާދުނުކުރާ މީހާގެ ފުރާނަ އަބަދުވެސް ވާނީ ރުޅިގަދަވެގެންވާ ޙާލުގައެވެ. އެހަށިގަނޑޫ ދެކެ އިންތިހާއަށް ރުޅި އަންނާނެއެވެ. ނަމަވެސް އެފުރާނައަށް އެކަމަށް ކުރެވޭނެ ކަމެއް ނެތުމުން ނުވަތަ އެފަދަ ބާރެއް އެފުރާނައަށް ﷲ ތަޢާލާ ދެއްވަވާފައިނުވާތީ ކެތްތެރިވަނީއެވެ. 

ޤިޔާމަތް ދުވަހު ފުރަތަމަވެސް ޙިށާބު ބައްލަވާނީ ނަމާދުގެކަން އެފުރާނައަށް އެނގެއެވެ. ފޭލްވެއްޖެނަމަ ސަލާމަތް ނުވެވޭނެކަންވެސް އެނގެއެވެ. އިތުރަށް ކުރި އެއްވެސް އަޅުކަމެއް ޤަބޫލުފުޅު ނުކުރައްވަވާނެކަމާއި ވަންނަން ޖެހޭނީ ނަރަކައަށްކަން އެފުރާނައަށް ރަނގަޅަށް އެނގެއެވެ. 

މައްސަލައަކަށްވަނީ މިކަންކަން އިންށާނާއަށްވެސް އެނގިހުރެމެ ނަމާދުކުރާކަމެވެ. ނަމާދަށް ފަރުވާކުޑަކުރެވޭ ކަމެވެ. ނަތީޖާއެއްގެ ގޮތުން ފުރާނައަށް ދޭންޖެހޭ އޮކްސިޖަން ނުދެވޭކަމެވެ. މިއީ މިއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ. 

މިގޮތަށްވެސް ވިސްނައިލާށެވެ. ހިތަށް ބޭނުންވާ އޮކްސިޖަން ނުލިބޭނަމަ ހިތްހުއްޓި މީހާ މަރުވެއެވެ. އެކަމުގައި އޭނާގެ އަމިއްލަ އެއްވެސް ބާރެއް ނުހިނގައެވެ. ނަމަވެސް ފުރާނައަށް ދޭންޖެހޭ އޮކްސިޖަން ނުދެނީ އެމީހަކު އަމިއްލައަށެވެ. އެކަމަށް އޮތްޖަޒާއަކީ ނަރަކަކަން ވަރަށް ސާފުކޮށް އެނގެން އޮތްއިރުވެސްމެއެވެ.

ވީމާ އަހުރެން ބުނާނީ އިންސާނާއަށް މުހިންމީ ހިތަށް ނުވަތަ ނޭވާލާން ބޭނުންވާ އޮކްސިޖަނެއް ނޫނެވެ. އެއަށްވުރެ ފުރާނައަށް ބޭނުންވާ އޮކްސިޖަންގެ މުހިންމުކަން މާބޮޑެވެ. ނަރަކައިން ސަލާމަތްވެވެން އޮތީ އެކަމުން ކަމަށްވާތީއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް