އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ތަރުބިއްޔަތުކުރުމުގަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތައް!

ދަރިން ތަރުބިއްޔަތުކުރުމުގަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ކޮންމެ ދަރިއަކީ އިމާމަކަށް ނުވަތަ ޙާފިޡަކަށް ނުވަތަ ދީނުގެ ޢިލްމުވެރިއަކަށް ނުވުމަކީ މައްސަލައެއް ނޫނެވެ. ދިރިއުޅެން އެކިކުދިން ކުރަން ބޭނުންވާނީ އެކި ކަންކަމެވެ. އެކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ނުވަތަ ފަންނަކުން ކުރިއަށްދާން ހިތްވަރުދޭށެވެ. ހުރަސްނާޅާށެވެ! 

ބަލަންވީ އެންމެ ކަމެކެވެ. އެކުދިންނަކީ ކޮންމެ މަސައްކަތެއްކުރާ ކުދިން ކަމުގައިވީނަމަވެސް ދީނަށް ޢަމަލުކުރާ ބައަކު ކަމުގައިހެދޭތޯއެވެ. ނަމާދުކުރާ ކުދިންކަމުގައި ހެދޭތޯއެވެ. ދީނުގެ ރިވެތި އަޚްލާޤުން ޒީނަތްތެރިވެގެންތިބި ކުދިން ކަމުގައި ހެދޭތޯއެވެ. އެކަންކަމުގައި މައިންބަފައިން ފޭލްވެގެން ނުވާނެއެވެ. އެއިރުން އެއޮތީ ﷲ ތަޢާލާ އެންގެވި ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުގެ ވާޖިބް އަދާކުރެވިފައެވެ. 

ބައެއް ބެލެނިވެރިންނަށް ވިސްނިފައި އޮންނަނީ ދީނަށް ޢަމަލުކުރުމަކީ ދީނުގެ ޢިލްމް ކިޔަވާ ކުދިން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެހެން ފަންނަކުން ކިޔަވާނަމަ ދީނަށް ޢަމަލުކުރުމަކީ އެހައި މުހިންމުކަމެއް ނޫންކަމަށެވެ. މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އިސްލާމް ދީނަށް ޢަމަލުކުރަން އަންގަވާފައި އޮތީ ހަމައެކަނި ދީނުގެ ޢީލްމުވެރިންނަކަށް ނޫނެވެ. ޤުރްއާން ކިޔަވަން އަންގަވާފައި އޮތީ ހަމައެކަނި އިމާމުންނަށާއި ޙާފިޡުންނަކަށް ނޫނެވެ. ހުރިހާ މުސްލިމުންނަށެވެ. 

ދަރިން ކުޑައިރު ނަމާދުކުރަން ތަރިބިއްޔަތު ކުރުވަންޖެހޭނެއެވެ. ކިތަންމެ ބޮޑުވިނަމަވެސް ނަމާދުކުރަން ހަނދާންކޮށްދީ އަދި ނަމާދުކުރޭތޯ ބަލަންޖެހޭނެއެވެ. އަދި ދަރިންވެސް މައިންބަފައިން ނަމާދުކުރޭތޯ ބަލަންޖެހޭނެއެވެ. ޢާއިލާގެ މެދުގައި އެކަންކަން ކުރެވޭނަމަ އެޢާއިލާއެއް ހިމެނިގެންދާނީ އެންމެ އުފާވެރި ޢާއިލާތަކުގެ ތެރެއިންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް