އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަސްޓަމްސް އިދާރާއިން އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރަން ފަށައިފި

ކަސްޓަމްސް އިދާރާއިން އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ރާއްޖޭގެ ކަސްޓަމްސް އިދާރާއިން އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރަން ފަށައިފި އެވެ.

އިދާރާއިން ކަސްޓަމްސް ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ހިދުމަތް އިފުތިތާހުކޮށްދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.

ކަސްޓަމްސްއިން ވިދާޅުވީ އެ ހިދުމަތް ފެށުމާއެކު ކަސްޓަމްސްގެ ހުރިހާ ހިދުމަތްތަކެއްގައި އޭއައިގެ ބޭނުން ހިފާނެ ކަމަށާއި ރާއްޖެ ގެންނަ މުދަލުން އަގު ފާސްކުރުމާއި އޮޑިޓް ކުރުން ފަދަ ކަންކަމުގައި އޭއައިގެ ބޭނުން ހިފާނެ ކަމަށެވެ 

މީގެއިތުރުން ކަސްޓަމުން ވަނީ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ ގެ ހިދުމަތް ވެސް އިފްތިތާހުކޮށްފައެވެ. އެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އަދި މި ހިދުމަތާއެކު ސަޕްލައި ޗެއިންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ކަސްޓަމްސްއިން ވަނީ ވިދާޅުވެފައެވެ.

އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރގެ ހިދުމަތް ލިބެނީ ކަސްޓަމްސްގެ މުދާތައް ކްލިއާ ކޮށްފައިވާ ފަރާތްތަކުގެ ތެެރެއިން ސާފު ރެކޯޑްތަކެއް ދަމަހައްޓައިފައިވާ ފަރާތްތަކަށެވެ.

އެގޮތުން އެ ހިދުމަތް، ގޯލްޑް، ސިލްވާ، އަދި ޕްލެޓިނަމްއިން ގިންތިކޮށްފައި ވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު