އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 45 ސިކުންތު
އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނެ ކަމަކީ ސުވަރުގެ ދެއްވެވުމެވެ. އެކަން ޙާޞިލްކުރެވެން އޮތީ ހެޔޮލަފާ، ރަނގަޅު، ތަޤްވާވެރިއެއްގެ ގޮތުގައި ދުނިޔެ ދޫކުރެވިގެންނެވެ. އެކަން ޙާޞިލުކުރެވެން މިއޮތީ ނަމާދުތަކަށް ރައްކައުތެރިވެ އަޅުކަންކުރުން ގިނަކޮށް އަދި ﷲ ތަޢާލާގެ މަގުގައި ޘާބިތުވެވުނު ވަރަކުންނެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ. ޢިބްރަތަކަށް ފުދިލައްވާނެއެވެ. އިން ޝާ ﷲ
އަނެކަކު (އެއްބައަކު) ސަޖިދާގައި އޮއްވާ މަރުވަނީ ކާކު ބޭނުންނުވާނީ ސަޖިދާގައި އޮއްވާމަރުވާން، ކާކު ބޭނުންނުވާނީ ޤުރްއާން ކިޔަވަން އެހެން އިންދާ މަރުވާން ، ކޮންމެ މީހަކު ބޭނުންވާނެ.
ޢުމަރުބުނުލް ޚައްޠާބް، އެކަލޭގެފާނު ﷲ ގެ ޙަޟްރަތުގާ ދުޢާ ދެންނެވީ އެކަލޭގެފާނަކީ ﷲގެ ނަބިއްޔުންގެ ރަށުގާ ޝަހީދު މަރެއްގެ ގޮތުގާ އަވަހާރަ ވެގެންދާ އަދި ޝަހީދު ވެގެންދާ ބޭކަލެއް ކަމުގާ ލެއްވުމަށް ކިހިނެއް މިކަންވާނީ އަސްލުގަ ކާކު ހީކުރާނީ ކަންކަން ވެގެންދާނެ ގޮތެއް ﷲގެ ނަބިއްޔުންގެ ރަށުގާ އަދި އެވެސް ޝަހީދު މަރެއް ޢާއްމު ގޮތެއްގާ އެޒަމާނުގާ ހަނގުރާމަ ކުރެވޭނީ ރައްބޭރުގާ ނޫނިއްޔާމުން ދުރު ކޮންމެސް ހިސާބެއްގަ އެހެންނޫންތޯ؟ ހަނގުރާމަތަކަށް އެހެން ނުކުމެ އުޅުއްވާއިރު އެކަމަކު ކަންވާނެ ގޮތެއް ކާކަށް ކިހިނެއްތޯ އެނގެނީ، ޢުމަރުބުނުލްޚައްޠާބް ރަޟިޔަﷲ ޢަންހު އެދުންވެރިވެ ވަޑައިގެންނެވީ ޝަހީދުވެ ވަޑައިގަންނަވަން އަދި އެކަލޭގެފާނު އެދުންވެރިވެ ވަޑައިގެންނެވީ ﷲ ގެ ނަބިއްޔުންގެ ރަށުގާވެސް ހުންނަވަން. ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލޭގެ ފާނަށް މިންވަރުކޮށްދެއްވެވީ އެކަލޭގެފާނު އެއެދިވަޑައިގެންނެވި ގޮތަށް.
ﷲ ގެ ނަބިއްޔުންގެ ރަށުގަ މަދީނަތުއްނަބަވިއްޔާގާ، މަދީނަތުލް މުނައްވަރާގާ އެވެސް ޝަހީދު މަރެއް އެގޮތުގާ އެކަލޭގެފާނު ޝަހީދުވެ ވަޑައިގެންވަނީ އެހެންވެ އެކަލޭގެފާނަށް މިކިޔަނީ ލަޤަބެއްގެ ގޮތުގާ "ޝަހީދުލް މިޙްރާބް" (މިޙްރާބުންގެ ޝަހީދު) ނަމާދު ކުރައްވަން ހުންނެވި ތަނުގެ ޝަހީދު، އާދެ! އެކަލޭގެފާނު ފަތިސްނަމާދަށް ހުންނަވަނިކޮށް ޤުރްއާން ކިޔަވާ ވިދާޅުވަމުން ގެންދަވަނިކޮށް ފައިރޫޒުލްމަޖޫސީ (މަޖޫސީ އެއް ކަމުގައިވާ ފައިރޫޒް ކިޔާމީހެއް) لَعْنَهُ الله ، ﷲ އޭނާޔަށް ލަޢްނަތް ލައްވާށި، އެކަލޭގެ ޢުމަރުބުނުލް ޚައްޠާބުގެ ހަށިކޮޅަށް ޚަންޖަރު ހަރާލީ އެތައް ތަނަކަށް. ޚަންޖަރު ހަރާލާ ހަމަވަޤުތުން ލޭތައް ނުކުންނާނެތާ! ދެން އޭގެން ލިބުނު ޒަޚަމުން ޢުމަރުބުނުލް ޚައްޠާބް ވަގުތުން ވެއްޓިވަޑައިގެންފި .
ދެން ޞަޙާބީން އެކަލޭގެފާނު އުފުއްލަވާލައްވައިގެން މިގެންދެވީ އެކަލޭގެފާނުގެ ގެކޮޅަށް އިރުކޮޅަކުން ހޭފުޅު އަތުވެއްޖެ ހޭފުޅު އައުމުން އެބޭކަލުން އެކަލޭގެފާނަށް ހަނދާންކޮށްދެއްވެވީ "الصَّلاة يَا أمِيْر المُؤمِنِين" އޭ އަމީރުލްމުއްމީނީން އެވެ. ނަމާދެވެ. ހަމައެހެންމެ އެކަލޭގެފާނުވެސް ހޭފުޅުއައިސް ފުރަތަމަވެސްވިދާޅުވީ ކޮބާ މީސްތަކުން ނަމާދު ކޮށްފިހޭ ؟
އެއީ އެކަލޭގެފާނުގެ ސާހިބު ކަލޭގެފާނު މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުވެސް ހޭފުޅުނެތިފަ މިސްކިތަށްވަޑައިގަންނަވަން އުޅުއްވަނިކޮށް އާލާސްކަންފުޅު ބޮޑުވެގެން ހޭފުޅު ނެތިފަ ދެން ހޭފުޅު އައީމަވެސް އެކަލޭގެފާނު ޙަދީޘް ކުރައްވަނީ "أَصَلى النَّاس" މީސްތަކުން ނަމާދުކޮށްފިހޭ އެކަލޭގެފާނު ފަހަރެއްގާވެސް ޙަދީޘެއް ނުކުރައްވާ آكَلَ النَّاسُ وَشَرِبُوا މީސްތަކުން ކައިފިހޭ؟ ބޮއެފިހޭ؟ މީހުންތިބީ ކައިގެންހޭ؟ ބޮއިގެންހޭ؟ މިހެންނެއް ނޫން "أَصَلى النَّاسُ "
އެއީ ނަމާދު ކޮށްފިއްޔާ އިންޝާ ﷲ ކައިގެން ބޮއިގެން ތިބޭނީ، ނަމާދު ކޮށްފިއްޔާ އުފަލުގަ ތިބޭނީ ހުރިހާ ކަމެއްގެ އަޞްލަކީ ނަމާދު ހުރިހާ ހިތްހަމަޖެހުމަކާ އުފަލުގެ އަޞްލަކީ ނަމާދު ހިތްހަމަޖެހުމެއް އުފަލެއް ނުލިބޭނެ ނަމާދު ނުކުރަންޏާ ކިތަންމެ ބައިވަރު ފައިސާހުރިކަމުގައިވިޔަސް އެހެންނޫންތޯ؟ ކިތަންމެ ބައިވަރު ލާރިއެއްހުރި ކަމުގައިވިޔަސް ހިތްހަމަޖެހުމެއް ﷲ އެމީހަކަށް ނުދެއްވަވާނެ ފަސްނަމާދު ނުކުރާކަމުގައިވާނަމަ.
މީހަކު ހީކުރަނީ ތިމަންނަ މިހުރި ވަރަށް ފުދިފައޭ، ވަރަށް ހިތްހަމަ ޖެހިގެންނޭ އަޞްލު އޭނަ ހިތްހަމައެއްނުޖެހޭނެ. ބައިވަރު ލާރިހުއްޓަސް ނަމާދު ނުކުރާމީހަކު އެކުރާ ފުރިހަމައިޙްސާސް ހިތްހަމަ ޖެހުމާ އުފަލުގެ އިޙްސާސް އޭނައަކަށް ނުވާނެ، ނުކުރެވޭނެ އޭނަޔަށް މި އިޙްސާސް ކުރެވިގެންތާ އޭނަޔަށް އެނގޭނީ ނަމާދުކުރާ މީހެއްގެ ހުރި އިޙްސާސް ނިކަން އައްސަވާ އަޅުގަނޑުމެންގެ ތެރޭގައި މިހުންނެވި އަޅުގަނޑުމެންގެ ލޯފަން އަޚް ކިހާ އުފަލުގަތޯ އެހުންއެވަނީ " މާޝާﷲ" އަޅުގަނޑު އެންމެކުރިންވެސް އެބޭފުޅާ ފެންނައިރުގާ އެބޭފުޅާ ހާދަ އުފަލުގައޭ އެހުންނަވަނީ ހިނިތުންވެލައްވާ،
ފުދިފަ " މާޝާﷲ " މިދުނިޔޭގެ ޙަޔާތުގާ މާބައިވަރު ރުފިޔާތަކެއް ލިބެނީކީއެއް ނޫނޭ! ހަމަ އެހެންމެ މިދުނިޔޭގައި މިހިރަ ރީތި ތަންތަން ވެސް ފެންނަނީކީއެއް ނޫން އެތައްބައިވަރު ނިޢްމަތަކުން މަޙްރޫމް މިދުނިޔޭގެ އެކަމަކު ވަރަށް އުފާ އާޚިރަތުގަ " އިންޝާﷲ " ލޮލަށް ފެންނަ އާޚިރަތުގެ ހުރިހާ ނިޢްމަތްތަކެއް ހަމަލޮލުންދެކޭ އަދި އެނިޢްމަތްތަކުގެ އިޙްސާސް ކުރަނިވި އަޚެއް ކަމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާށި. (އާމީން)
--ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން
Advertisement
13 ފެބްރުއަރީ 2024