އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހުގެ އިނާޔަތާއި ރޯދަ ހަދިޔާގެ ގޮތުގައި އެމްއޭސީއެލްއިން 5000 ރުފިޔާ

ރަމަޟާން މަހުގެ އިނާޔަތާއި ރޯދަ ހަދިޔާގެ ގޮތުގައި އެމްއޭސީއެލްއިން 5000 ރުފިޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ރަމަޟާން މަހުގެ އިނާޔަތާއި ރޯދަ ހަދިޔާގެ ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މުވައްޒަފުންނަށް 5،000ރ. ދިނުމަށް ނިންމައިފިއެވެ.

އެމްއޭސީއެލް އިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މި އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 5،000ރ. ކޮންމެ މުސްލިމް މުވައްޒަފަކަށް 3،000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ފައިސާ މާދަމާ އެކައުންޓަށް ޖަމާ ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

އަދި އެކުންފުނިން ކުރަން ޖެހޭ މަސައްކަތުގެ ބާވަތުން އެކަމަށް ބަލާފައި ރަަމަޟާން މަހާއި ގުޅުވައިގެން ހަދިޔާއެއްގެ ގޮތުގައި 2,000ރ. ކޮންމެ މުސްލިމް މުވައްޒަފަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

މީގެއިތުރުން އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް މަސް ދަޅު ކޭހަކާއި 650ރ. ގެ އަގުހުރި ގިފްޓް ޕެކެއް ވެސް ދިނުމަށް އެމްއޭސީއެލް އިން ވަނީ ނިންމައިފައެވެ. އަދި ރޯދަ މަހު ވަޒީފާ އަށް ކޮންމެ މުވައްޒަފަކަށް ދުވަހުގެ މުސާރައިގެ ގޮތުގައި 200ރ. ދިނުމަށް ވެސް އެ ކުންފުނިން ވަނީ ނިންމައިފައެވެ.

ރަމަޟާން މަހުގެ އިނާޔަތާއި ރޯދަ ހަދިޔާގެ ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މުވައްޒަފުންނަށް 5،000ރ. ދިނުމަށް ނިންމައިފިއެވެ.

އެމްއޭސީއެލް އިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މި އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 5،000ރ. ކޮންމެ މުސްލިމް މުވައްޒަފަކަށް 3،000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ފައިސާ މާދަމާ އެކައުންޓަށް ޖަމާ ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ. އަދި އެކުންފުނިން ކުރަން ޖެހޭ މަސައްކަތުގެ ބާވަތުން އެކަމަށް ބަލާފައި ރަަމަޟާން މަހާއި ގުޅުވައިގެން ހަދިޔާއެއްގެ ގޮތުގައި 2,000ރ. ކޮންމެ މުސްލިމް މުވައްޒަފަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

މީގެއިތުރުން އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް މަސް ދަޅު ކޭހަކާއި 650ރ. ގެ އަގުހުރި ގިފްޓް ޕެކެއް ވެސް ދިނުމަށް އެމްއޭސީއެލް އިން ވަނީ ނިންމައިފައެވެ. އަދި ރޯދަ މަހު ވަޒީފާ އަށް ކޮންމެ މުވައްޒަފަކަށް ދުވަހުގެ މުސާރައިގެ ގޮތުގައި 200ރ. ދިނުމަށް ވެސް އެ ކުންފުނިން ވަނީ ނިންމައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ