އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 33 ސިކުންތު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުރި އިންޑިއާ މީހަކު "ބޮމެއް"ގެ ވާހަކަ ދެއްކި މައްސަލައިގައި ހައްޔަރުކޮށް ބަންދަށް 5 ދުވަސް ޖަހައިފިއެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު މެންފުރުފަހު 1:30ގައި "ބޮމެކޭ" ބުނެ ވާހަކަ ދައްކައިގެން އެއާޕޯޓުން ހައްޔަރުކުރީ އުމުރުން 28 އަހަރުގެ އިންޑިއާއަށް ނިސްބަވްވާމީހެއްކަމަށް ފުލުހުންވަނީ ބުނެފައެވެ.
މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 5 ދުވަސް ބަންދަށް ޖަހާފައިވަނީ މައްސަލައިގެ ޒާތަށް ބަލައި، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވުމުން، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ބިދޭސީއަކަށްވުމުން ފިލާފާނެކަމަށްޓަކަ އެވެ.
Advertisement
2 ޖެނުއަރީ 2021