އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭސްފަރުވާގެ އެހީގެ ގޮތުގައި ޒަކާތު ފަންޑުން 7 ލައްކަ ރުފިޔާ ދޫކޮށްފި

ބޭސްފަރުވާގެ އެހީގެ ގޮތުގައި ޒަކާތު ފަންޑުން 7 ލައްކަ ރުފިޔާ ދޫކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ބޭސްފަރުވާގެ އެހީގެ ގޮތުގައި ޒަކާތު ފަންޑުން 7 ލައްކަ ރުފިޔާ ދޫކޮށްފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ. 

ޒަކާތް ހައުސްއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް އެ އިދާރާއަށް އެހީގެ ގޮތުގައި ހަމަޖެހިފައިވަނީ 829،948ރ އެވެ. އެ މުއްދަތުގައި އެހީ އަށް އެދުނު 69 މީހަކަށް އެހީގެ ގޮތުގައި 740،805ރ ހޭދަކޮށްފައިވެއެވެ.

ޒަކާތު ފަންޑުން މިދިޔަމަހު އެންމެ ބޮޑު އެހީއެއް ދީފައިވަނީ ކެންސަރަށް ފަރުވާކުރުމަށެވެ. އެގޮތުން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް އެހީގެ ގޮތުގައި 245،948.50 (ދެލައްކަ ސާޅީސް ފަސްހާސް ނުވަސަތޭކަ ސާޅީސް އަށް ރުފިޔާ ފަންސާސް ލާރި)ވަނީ ދީފައެވެ.

މީގެ އިތުރުން ޓްރާންސްޕްލާންޓް ހެދުމަށް 76،329 (ހަތްދިހަ ހަހާސް ތިންސަތޭކަ ނަވާވީސް )ރުފިޔާ، ސިކުނޑީގެ އޮޕަރޭޝަންތަކަށް 16،962 (ސޯޅަހާސް ނުވަސަތޭކަ ފަސްދޮޅަސް ދެ) ރުފިޔާ އެހީގެ ގޮތުގައި ދޫކޮށްފައިވެއެވެ. އަދި ހިތުގެ އޮޕަރޭޝަންތަކަށް 16،962 (ސޯޅަހާސް ނުވަސަތޭކަ ފަސްދޮޅަސް ދެ) ރުފިޔާ ދީފައިވެއެވެ. އަދި އެހެނިހެން ކަންކަމަށް 473،746 (ހަތަރު ސަތޭކަ ހަތްދިހަ ތިން ހާސް ހަތްސަތޭކަ ސާޅީސް ހަ) ރުފިޔާގެ އެހީ ޒަކާތު ހައުސިންއިން ދޫކޮށްފައިވެއެވެ. މި އެހީތައް މިދިޔަ މަހު ދީފައިވަނީ 69 މީހަކަށް ކަމަށް ޒަކާތު ހައުސްއިން ވިދާޅުވެއެވެ.

ޒަކާތު ހައުސްއިން ކުރާ މައިގަނޑު ކަންތައްތަކަކީ ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އައު ހަރުފަތަކަށް ގެންދިޔުމާއި ޒަކާތުގެ އިލްމު ފެތުރުމާއި ޒަކާތުގެ ހުކުމްތަކާ މެދު އާންމުން ހޭލުންތެރިކުރުވުމެވެ. އަދި ޒަކާތް އަދާކުރާ މިންވަރު އިތުރުކޮށް، ޒަކާތު ފަންޑު ގުނަކޮށް ރާއްޖެއިން ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު