އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑްރޯންތައް ދުއްވުމުގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭނެ: ރައީސް

ޑްރޯންތައް ދުއްވުމުގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭނެ: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ދިވެހި ސިފައިންގެ އެއަރ ކޯ އަދި ދުއްވަން ފެށި ޑްރޯންތައް ދުއްވުމުގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

"ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމުގައި އެހެން ޤައުމެއްގެ ސިފައިން ތިބޭ ތިބުން ނިމުމަކަށް ގެނެސް، އަލަށް ރާއްޖެ ގެނައި ޑްރޯންތައް އޮޕަރޭޓްކުރުމަށާއި، ދުއްވުމުގައި ބޭރުގެ އެއްވެސް ޤައުމެއްގެ އެހީ ހޯދަމުން ދާނެތޯ" "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް މީހަކު ރައިސް އަށް ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ "ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން އެކަމުގައި އެހީތެރިވާންވެސް ރާއްޖެއަކު ނުތިބޭނެ. ތުރުކީއަށް ސިފައިން ގޮސް ތަމްރީނު ހޯދައިގެން އައިސް ދިވެހި ސިފައިން މިހާރުވެސް އެ ޔޫއޭވީތައް [ޑްރޯން] އޮޕަރޭޓް ކުރަނީ އަދި ދުއްވަނީ. އަދި ކުރިއަށް އޮތްތާ އިތުރު ބެޗްތައް ޓްރެއިނިންގ ހަދަން ގޮސްފައި އަންނާނެ. މިހާރުވެސް ގޮސް އެބައުޅޭ ޓްރެއިނިންގަ. އެހެންވީމަ ދިވެހި ސިފައިން ފުލީ ހުރިހާކަމެއްވެސް އެ ޑްރޯންތައް އުދުހުމުގެ ކުރާނީ." ކަމަށެވެ.

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު