އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލިސް މެޖޯރިޓީ އިދިކޮޅަށް ލިބިއްޖެނަމަ، މިސްރާބު އޮޔާ ގޮސް، އިގްތިސާދު އަނދަވަޅަކަށް ވެއްޓޭނެ: ރައީސް

މަޖިލިސް މެޖޯރިޓީ އިދިކޮޅަށް ލިބިއްޖެނަމަ، މިސްރާބު އޮޔާ ގޮސް، އިގްތިސާދު އަނދަވަޅަކަށް ވެއްޓޭނެ: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

20 ވަނަ ރައްޔިތުންގެ މަޖިލިސް މެޖޯރިޓީ އިދިކޮޅަށް ލިބިއްޖެނަމަ، މިސްރާބު އޮޔާ ގޮސް، އިގްތިސާދު އަނދަވަޅަކަށް ވެއްޓޭނެކަމަށް ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މަޖިލިސް އިންތިހާބުގައި ޕީއެންސީއިން ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އަބްދުއްސައްތާރު މުހައްމަދުގެ ކެމްޕެއިނު އިވެންޓެއްގައެވެ.

ރައީސް ވިދާޅުވީ "އެންމެ މިސާލަކުން އެބަ ދޭހަކޮށްދޭ ސަރުކާރާ ދެކޮޅަށް ސަރުކާރުން ރައްޔިތުންގެ ހައްގުގައި ގެންދަން ބޭނުންވާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކާއި ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ބަޔަކު ހޮވައިގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް. ވާނީ ގެއްލުން ކަން. ގެއްލުމުގެ މައްޗަށް ގެއްލުން ކަން. މިސްރާބު ދާނީ އަނެއްކާވެސް އޮޔާކަން. އިގްތިސާދު ވެއްޓޭނީ އަނދަވަޅަކަށް ކަން މިސްރާބު ގެންގޮއްސިއްޔާ،" ކަމަށެވެ.

މީގެއިތުރުން ރައިސް ވިދާޅުވީ މިދިޔަ ސަރުކާރުން ސޮވެރިން ފަންޑުގައި ހުރި ޑޮލަރު ރުފިޔާއަށް ބަދަލުކުރި ކަމަށާއި، މި ފަންޑަކީ ދަރަނިތަކަށް ބޭނުންކުރަން ހުރި ފަންޑެއްގެ ބަދަލުގައި އެކި ކަހަލަ ބޭނުން ޖެހުމުން ބޭނުންކުރާ އެއްޗަކަށްވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުގައި އެ ފަންޑަކީ، ރުފިޔާގެ ބަދަލުގައި ޑޮލަރު ޖަމާކުރާ ފަންޑެއްގެ ގޮތުގައި ބަންދުކޮށް އެ ފަންޑަށް ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލިސް ތެރެއިން ފާސްކުރަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިސްރާބު ކައްސާލައިގެން ގޮސް އިގްތިސާދު އަނދަވަޅަކަށް ވެއްޓި، ދީން ހަލާކުވެގެން ގޮސް، އަޅުގަނޑުމެންގެ މިނިވަންކަން އޮޔާ ގޮސްފައިވަނިކޮށް ދިވެހިންގެ ބުރަ މަސައްކަތުން ތި ހުރިހާ ލޮބުވެތި ރައްޔިތުންގެ ގައުމީ ވިސްނުމުގައި ދިވެހިންގެރާއްޖެއަށް ފަށާފައިވާ މި ދަތުރު ފުރިހަމަވާން އޮތީ އޭޕްރިލް 21 ވަނަ ދުވަހު ތިބޭފުޅުން މަޖިލީހަށް ވެސް ގެންގޮސްދެއްވައިގެން،" ރައީސް ވިދާޅުވިއެވެ.

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު