އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންވެސްޓަރުންގެ ކޮންފިޑެންސް އަނބުރާ އެބަލިބޭ. މިހާރު އިންވެސްޓްކުރާނެ ފަރާތްތައް ވަރަށް ގިނަ: ރައިސް

އިންވެސްޓަރުންގެ ކޮންފިޑެންސް އަނބުރާ އެބަލިބޭ. މިހާރު އިންވެސްޓްކުރާނެ ފަރާތްތައް ވަރަށް ގިނަ: ރައިސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

އިންވެސްޓަރުންގެ ކޮންފިޑެންސް އަނބުރާ އެބަލިބޭ. މިހާރު އިންވެސްޓްކުރާނެ ފަރާތްތައް ވަރަށް ގިނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ވިދާޅުވީ "ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ އަގު ތިރިވެ އިޤްތިޞާދަށް ދިރުން އެބައާދޭ. އެއީ ނެރެވެމުންދާ ވަރަށް ބޮޑު ނަތީޖާއެއް. އިންވެސްޓަރުންގެ ކޮންފިޑެންސް އަނބުރާ އެބަލިބޭ. މިހާރު އިންވެސްޓްކުރާނެ ފަރާތްތައް ވަރަށް ގިނަ. ޕްރޮޕޯސަލްތައްވެސް އެބަ އާދޭ. ޓުރިޒަމް ދާއިރާގަވެސް އަދި އެހެނިހެން ދާއިރާތަކުގެވެސް. ބޭރުގެ އެކި ފަރާތްތަކުން ވަރަށް ޝަޢުގުވެރިކަން ފާޅުކުރޭ." ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރާ ޙަވާލުވެވަޑައިގެންނެވިއިރު ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތައް އޮތީ ބަނގުރޫޓުވެފައިކަމަށާއި، ރަނގަޅަށް ހިނގާ ކުންފުނިތަކުގެ ފައިދާވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައި އޮތްކަމަށެވެ. މީގެ އިތުރުން އިޤްތިޞާދު މިންކުރާ ކްރެޑިޓް ރޭޓިންގައިވެސް އޮތީ ވަރަށް ދަށުގައިކަމަށް ރައީސް ވިދާޅުވިއެވެ. ޖުމްލަކޮށް ޤައުމުގެ ހާލަތު އޮތީ ވަރަށް ނިމެތިކޮށްކަމަށާއި، އިޤްތިޞާދަށް ދިރުން ގެނެސްދޭނެ ކަންކަން ކުރިއަށް ނުދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ ފައިސާ ޗާޕްކުރުން ހުއްޓާލުންކަމަށެވެ. އޭގެ ސަބަބުން ފައިސާގެ އަގު ހިފެހެއްޓިފައިވާކަމަށާއި، އިޤްތިޞާދުވެސް ރަނގަޅުވާން ފަށާފައިވާކަމަށެވެ. އަދިވެސް ކުރެވޭ އިތުރު ކަންކަމާއެކު ވަގުތު ބޭނުންވާނެކަމަށާއި، ނަތީޖާވެސް ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައި އޮތްކަމަށް ވިދާޅުވެފައެވެ. އެކަން އެހެންވީ، ކުރީ ސަރުކާރުގައި މަޝްރޫޢުތައް ޙަވާލުކޮށް، އެ ކުންފުނިތަކަށް ފައިސާ ދީފައި ނުވުމުންކަމަށް ރައީސް ވިދާޅުވިއެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު