އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޗޭއަކީ ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކޮށްދީފަވާ ޚިދުމަތުގަ އިޚްލާޞްތެރިކަން ޔަޤީން ކެންޑިޑޭޓެއް!: ރައީސް ޑރ. މުޢިއްޒު

ބޮޗޭއަކީ ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކޮށްދީފަވާ ޚިދުމަތުގަ އިޚްލާޞްތެރިކަން ޔަޤީން ކެންޑިޑޭޓެއް!: ރައީސް ޑރ. މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 7 ސިކުންތު

އޭޕްރީލް 21 ވަނަދުވަހު އޮންނަ ރައްޔިތުންގެ މަޖްލީސް އިންތިޙާބްގަ މާފަންނު ދެކުނު ދާއިރާގެ އަޅުގަނޑުމެންގެ ކެނޑިޑޭޓް (ކެނޑިޑޭޓް ނަމްބަރު 2) ޢަބްދުﷲ ރިފާއު (ބޮޗޭ)، ދަޢުލަތުގެ ވަޒީރުންނާ، ކުންފުނިތަކުގެ ވެރިން، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، މި ދާއިރާގެ ލޮބުވެތި ރައްޔިތުން، މި ޖަލްސާ ދުރާގާތުން ބައްލަވަމުން ގެންދަވާ އަދި އަޑުއައްސަވަމުން ގެންދަވާ ހުރިހާ އަޚުންނާއި އުޚްތުން، އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު. 

އާދެ އަޅުގަނޑު ވަރަށް އުފާ ކުރަން މިރޭގެ މި ޙަފްލާ ބޭއްވިގެން ދާކަމަށްޓަކާ. ސަބަބަކީ، އަޅުގަނޑަށް ވަރަށް ފަރިތަ ވަރަށް ގާތުން ދަންނަ އެކުވެރި ބޭފުޅެއް ތިބޭފުޅުންގެ ކެނޑިޑޭޓަކަށް ތިބޭފުޅުން ހޮއްވަވާފަ ތި ހުންނެވީ. އެހެންވީމަ، އެކަމަށްޓަކާ އުފާކުރަނީ. ބޮޗޭ ވާހަކަފުޅުގަ ވިދާޅުވި މޭޔަރު އިންތިޚާބުގައޭ ތިމަންނައަށް ދަސްވީ ނޫނިއްޔާ ވާހަކަފުޅު ފެއްޓެވީ ހިސާބުން. ވެދާނެ އޭގެ ކުރީގެ ބައި އަޅުގަނޑަށް ދޫކޮށްލެއްވީކަމަށްވެސް. 

އަޅުގަނޑުވެސް އުޅެ ބޮޑުވި ދާއިރާ، ސަރަޙައްދު. އަޅުގަނޑުގެވެސް ނޭބަރ އެއް އަވަށްޓެރިއެއް، ސްކޫލް ދައުރުގަ އަޅުގަނޑަށް ވުރެ ދެ އަހަރެއްހާ ދުވަސް ހަގު ނަމަވެސް، ބަލާބެލުމަށް އަޅުގަނޑަށްވުރެ މާ، 1 އަހަރު، އެކަމަކު އަޅުގަނޑަށްވުރެ މާ ޒުވާންކޮށް ފެންނާނީ. އެހެން ނަމަވެސް ގާތްގަނޑަކަށް އެއް އުމުރެއްގަ، ސްކައުޓްގަ އުޅުނިއްސުރެ ފެށިގެން އެކުގަ އުޅުނު ދަންނަ ގާތް ރައްޓެއްސެއް. އެހެންވީމަ އެއީ މާޒީ ފެށުނު ހިސާބު. 

ދެން އައިސް ސަރުކާރުގަ އަޅުގަނޑު އޭރުގަ ހައުސިންގް މިނިސްޓްރީގަ މަސައްކަތް ކުރިއިރުގަ، ބޮޗޭ އެމް.ޕީ އަކަށް މިދާއިރާގަ ހުންނެވި އިރުގަ ކުރެވުނު ކަންކަމަށް ބަލައިލާ އިރުގަ، މި ދާއިރާގެ ރައްޔިތުންނަށް ބޭނުންވެފަ ހުރި އެތައް ކަމެއް އަޅުގަނޑުމެންނަށް އިރާދުކުރެއްވީތީ ކުރެވިގެން ދިޔައީ ސީދާ ބޮޗޭގެ ފުރިހަމަ ބައިވެރިވުމާ އެކީގަ، އިސްނެންގެވުމާ އެކީގަ. އެކި ކަންކަމަށް އަޅުގަނޑު ހަމަ ބަލައިލާނަން: 

އެއްކަމަކަށް މިތާގަ ފުޑްކޯޓް ސަރަޙައްދުގަ މިހާރު ދެން ބޭނުމެއް ނުކުރެވޭ، އޭރުގަ ހެދިފައޮތް ރައިވެރިބެ މައިޒާން ޕާކު. މިސަރަޙައްދަށް ޕާކެއް ބޭނުންވާކަމަށް ބޮޗޭ ވަކާލާތުކޮށް ކުރެއްވި މަސައްކަތުގެ ނަތީޖާއަކަށްވީ އެކަން ކުރުމުގައި އަޅުގަނޑުމެންނަށް އޭރުގަ ޙާޞިލް ވެގެން ދިޔަ ކާމިޔާބީ. ރަސްފަންނު ހެދުމުގަ އެ ކުރެވުނު މަސައްކަތުގަވެސް ދާއިރާގެ އެމް.ޕީ ގެ ޙައިޞިއްޔަތުން ކުރެއްވި މަސައްކަތް އަޅުގަނޑު ހަނދާން އެބަހުރި. 

މި ދާއިރާގެ ތަރައްޤީއަށްޓަކައި ޢުމްރާނީގޮތުން ދެންވެސް ކުރެވިފަ ހުރި ކަންކަމުގަ، ހައުސިންގ މިނިސްޓްރީގެ މުވައްޒަފެއްހެން ގާތްގަނޑަކަށް ބައެއްފަހަރު ވަޑައިގެން މިނިސްޓްރީތެރޭގަ އިންނަވާނެ. އެކިއެކި ސެކްޝަންސް ތަކުގެ މުވައްޒަފުން ގާތުގަ އިށިއިނދެވަޑައިގެން އިންނަވައިގެން މި ދާއިރާއަށް ބޭނުންވާ ކަންކަމުގަ ޢަމަލީގޮތުން އުޅުއްވެވި. އެއީ މެމްބަރެއްގެ ކިބައިން ޙަޤީގަތުގަ، މެންބަރަކު ކުރައްވަންވާ ވަރަށްވުރެވެސް އިތުރަށް (އައުޓް އޮފްދަވޭ ) ވަޑައިގެން، މާނައަކީ އަމިއްލަ އިސްނެގުމުގެ ތެރެއިން ދާއިރާއަށްޓަކައި، ދާއިރާގެ ރައްޔިރުންނަށްޓަކާ ޤުރުބާންވެލެއްވެވި މިންވަރު ދެންނެވުމަށްޓަކާ ޢަމަލީގޮތުން އަޅުގަނޑު ލޮލުންދުށްތަންވީމަ ދަންނަވާލަންވެގެން މިވާހަކަ މި ދެންނެވީ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގަ ބޭފުޅަކު މަޖިލީހަށް ހޮވާނަމަ ބޮޗޭ ހޮވުމަކީ ލާމަސީލު މެންބަރެއް ހޮވުމަށްޓަކައި ތިބޭފުޅުންނަށް ކުރެވިދާނެ ކަމެއް.

ދެން އޮތީ ގެދޮރުގެ ވާހަކަ. މި ދާއިރާގަ ހުންނާނެ ވަރަށް ގިނަ ރައްޔިތުންނަށް، އޭރުގަ އަޅުގަނޑުމެން ހިންގި ހައުސިންގް މަޝްރޫޢުގެ ތެރެއިން ހަމަ ވަރަށް ނިކަމެތި ޙާލުގަ އުޅޭ އެތައް ބަޔަކަށް ފްލެޓް ލިބިފަ. އެކަން ހަމަޖެހިގެން ދިއުމުގަވެސް އެންމެ ނިކަމެތި މީހުން ފާހަގަކުރުމަގަ،  އެންމެ އިންސާފްވެރިކަމާއެކީ އެކަން ގެންދިއުމުގަ ޢަމަލީގޮތުން އެންމެ ގާތުން އަޅުގަނޑު ގާތު މަސައްކަތް ކޮށްދެއްވީ ބޮޗޭ. އެހެންވީމަ ދާއިރާއަށް ބޭނުންވަނީ މިފަދަ ބޭފުޅުން. ދާއިރާގެ މެންބަރެއް ގޮތުގައި ހޮވުމަށްޓަކައި ބޭނުންވާނީ މިފަދަ ބޭފުޅުން ހޮއްވެވުމަށް. 

އެހެންވީމަ،މިޙާރު ކުރިމަތީގަ މި އޮތް އިންތިޚާބުގަ ދެވަނަ ވިސްނުމަކަށް މިދާއިރާގެ ބޭފުޅުން ވަޑައިގަންވާނެ ކަމެއް ނެތް. ވަޑައިގަންނަވަންވީ ސަބަބެއްވެސް ނެތް. އެއީ ޢަމަލީގޮތުން ނަތީޖާ ދައްކަވާދެއްވާފަ ހުންނެވި، ނަތީޖާ ނެރެދެއްވާފަ ހުންނެވި، އިޚްލާސްތެރި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވެވި ބޭފުޅެއް. ދެންވެސް، އެ ތަޖުރިބާއާޢި އެކީގަ ހަމަ ދެންވެސް ބޮޗޭ ހޮއްވެވުމަކީ ތިބޭފުޅުން ކުރައްވާނެ ކަމެއް ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އަޅުގަނޑުގެ ސަތޭކަ ޕަސެންޓް އިތުބާރު އޮތީ ބޮޗޭ އަށް. 

އެހެންވީމާ، އަޅުގަނޑު އެދެނީ، އަޅުގަނޑު އެއްކަމަކަށް ޔަޤީންކަންދެން. އަޅުގަނޑަށް މިތާ ދެވޭނެ ޔަޤީންކަމެއް މި ދެނީ. އަޅުގަނޑުގެ ވޯޓް ޔަޤީނުންވެސް ބޮޗޭއަށް ދޭނަން. އަދި އަޅުގަނޑަށް ޔަޤީން އަޅުގަނޑުގެ ގެއިން މަންމައާއި އެކު އަޅުގަނޑުގެ އެއްދަރިފުޅާއި، ކޮއްކޮ އާޢި ދެން ހުރިހާއެންމެންނާ އެކީގަ 5 ވޯޓް ޔަޤީނުންވެސް ލިބޭނެ. 

ހޮވުމަކީ ތިބޭފުޅުން ކޮންމެހެންވެސް ކުރައްވަންވާނެ ކަމެއް. ޔަޤީނުންވެސް އަޅުގަނޑު ޔަޤީންކުރަން ވަރަށް ރަނގަޅު ނަތީޖާއެއް ނެރުއްވާނެ. މިދާއިރާގެ ތަރައްޤީއަށް އަދި ޖުމްލަކޮށް ރައްޔިތުން މަޖިލީހުގަ ތިއްބަވަން ޖެހޭނީ މި ދެންނެވި ފަދައިން ބޮޗޭގޮތަށް ޢަމަލީގޮތުން ރައްޔިތުންނަށްޓަކައި ޚިދުމަތްކުރުމުގެ ރޫޙު ހުރި ބޭފުޅުންކަމުގައިވާތީ، މިކަމުގަ އެންމެން އެކަތިގަނޑަކަށް ވާން ޖެހެނީ. އަދި އެމް.ޑީ.ޕީ ގެ މެންބަރުންވެސް އަދި އެހެން ޕާޓީތަކުގެ މެންބަރުންވެސް އިސްކުރަންވީ ދާއިރާ. ދާއިރާގެ މަޞްލަޙަތު، ދާއިރާއަށްޓަކައި އެންމެ ރަނގަޅުކަމެއް ކޮށްދެވޭނީ ކާކަށްކަން މިދެންނެވި ސަބަބުބު ތަކާހެދި މީގަ ނެތް ދެބަސްވުމެއް، ބަހުސެއް ނެތް ކަމެއްމީ. 

ދެން، މިދާއިރާގެ ތަރައްޤީއަށްޓަކައި އަދި މުޅި މާލެސިޓީގެ ތަރައްޤީއަށްޓަކައި ކުރަން ހުރި ގިނަ ކަންކަން ކުރުމުގައިވެސް ބޭނުންވަނީ  އާޅުގަނޑުމެންގެ ބޮޗޭ ފަދައިން ދެން ތިއްބެވި މި ސިޓީގެ ހުރިހާ 17 ކެނޑިޑޭޓުން ހޮއްވެވުން. އިރާދުކުރެއްވިއްޔާ އަޅުގަނޑު ޔަޤީންކުރަނީމާލޭ ސިޓީގެ ރައްޔިތުން އެގޮތަށް މަސައްކަތް ކޮށްދެއްވާނޭ. 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް