އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުރިހާ ފިކުރެއްގެ ރައްޔިތުންވެސް މަސައްކަތްކުރަންވީ ދާއިރާގެ ތަރައްޤީއަށް! ޖީބަށް އިތުރުވާނީ ދާއިރާ ތަރައްޤީވެގެން!

ހުރިހާ ފިކުރެއްގެ ރައްޔިތުންވެސް މަސައްކަތްކުރަންވީ ދާއިރާގެ ތަރައްޤީއަށް! ޖީބަށް އިތުރުވާނީ ދާއިރާ ތަރައްޤީވެގެން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު

އާދެ، ޤައުމީ ތަރައްޤީގެ ވިސްނުމަށް ބަލާއިރުގަ އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން ދެމެހެއްޓެނިވި ތަރައްޤީއެއް ޙާސިލް ކުރެވޭނީ ސަރަޙައްދީ ތަރައްޤީ ޙާސިލް ކޮށްގެން. މިކަން ކުރުމުގަ އަޅުގަނޑުގެ ޕްލޭން ވާނީ އިއުލާންކޮށްފަ. އޭގެ ތެރޭގަ ހައްދުއްމަތި ހިމެނެނީ ވަރަށް މުހިއްމު އަތޮޅެއްގެ ގޮތުގަ. ހައްދުން މައްޗަކީ ތަރައްޤީގެ މިސްރާބުގަ، ޕްލޭންގަ ވަރަށް ކީ ދައުރެއް އަދާކުރާނެ އަތޮޅެއްކަން އަޅުގަނޑު ވާނީ ކެމްޕެއިންގަ އިޢުލާން ކޮށްފަ. 

7 އާރބަން ސެންޓަރު ޤާއިމް ވެގެން ދާއިރު އޭގެތެރެއިން 1 އާރބަން ސެންޓަރަކީ ހައްދުއްމަތީ ފޮނަދޫކަން އަޅުގަނޑު ވާނީ ދަންނަވާފަ. މިކަން ކާމިޔާބު ކުރުމުގަ ލައްކަ މަސައްކަތް ކުރަން ޖެހޭނެ. މަޖިލިސްތެރޭ މުހިއްމު ދައުރެއް އަދާކޮށްގެން ނޫނިއްޔާ، އެތާގަ ތިބޭފުޅުންގެ ފަރާތްޕުޅުން އިންނަވާ ބޭފުޅާއަކީ މިކަމަށް އަޅުގަނޑަށް އެއްބާރުލުން ދޭނެ ބޭފުޅަކަށް ނުވަންޏާ ކިހިނެއްތޯ އެކަން ކުރާނީ؟ 

އާދެ، ރައްޔިތުން މަޖްލީހުގެ މެންބަރެއް ކިބައިގަ ހުންނަންޖެހޭނެ ހުރިހާ ސިފައެއް އަދި އެއަށްވުރެ އިތުރަށްވެސް ރައްޔިތުންނަށް އޯގާތެރިކަމާ އެކީގަ ޚިދުމަތް ކުރުމާ، އިޚްލާސްތެރިވުމާ މި ހުރިހާ ކަމެއް ފުރިހަމައަށް ހުރި ބޭފުޅަކީ އަޅުގަނޑުމެންގެ ކެނޑިޑޭޓް އަބްދުއް ރަޙީމް އަބްދުﷲ. އަޅުގަނޑުގެ ފުރިހަމަ އިތުބާރާ، 100 ޕަސެންޓް ތާއީދު އޮތް ހަމައެކަނި ބޭފުޅަކީ، އެދާއިރާއަށް ކުރިމަތިލާފަތިބި ކެނޑިޑޭޓުން ތެރެއިން ކެނޑިޑޭޓް ނަމްބަރު 2 އަބްދުއް ރަޙީމް. 

މީގަ، މުޅި ދާއިރާގެ ދެރަށުގެ ރައްޔިތުން ކިބައިން އަޅުގަނޑު އެދެން އޮތީ އެހެން ދިމާލަކަށް ބައްލަވާނެ ކަމެއްނެތޭ. އެމް.ޑީ.ޕީ މެންބަރުންވެސް ދާއިރާގެ ތަރައްޤީއަށް މިވަގުތު ކުރަން އޮތަ މި ބޮޑު މަސައްކަތް، އާރބަން ސެންޓަރ ޤާއިމްކުރުން ކަމުގަ ވިޔަސް، އެކަމަށް އެކަނި ވިސްނާލިޔަސް. އަޅުގަނޑުމެންގެ އެބަހުރި ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަން. އަޅުގަނޑަށް މިހާރުވެސް ސަރުކާރުގެ ތެރެއިން، ހާއްސަ މުޝީރެއްގެ ގޮތުން، ސްޕެޝަލް އެޑްވައިޒަރ އެއްގެ ގޮތުގަ ހުންނަވައިގެން އެދެއްވަވާ އެހީތެރިކަން އަދި އަޅުގަނޑު ހަމަ ޔަޤީންކުރަނީ މަޖިލީހުގެ މެންބަރެއްގެ ގޮތުގަ ތިބޭފުޅުން ހޮއްވަވާނެކަމަށް. ފުރިހަމަ އަޤްލަބިއްޔަތުން، ވަރުގަދަ ނަތީޖާއަކުން. 

ދެން ކުރައްވަވާނެ މަސެއްކަތަކީ މި ދާއިރާގެ ތަރައްޤީއަށް މުހިއްމު މަސެއްކަތް ތަކަކަށްވާނެ. އެހެންވީމަ ހުރިހާ އެންމެން އެކަތިގަނޑަކަށް ވެވަޑައިގެން އެންމެ މަތީ އިންސައްތަ އަކުން މަޖްލީޙަށް ހޮވާދެއްވާ މެންބަރަކަށް އަބްދުއް ރަޙީމް ހެއްދެވުމަކީ އަޅުގަނޑު ވަރަށް އުފާކުރާނެ ކަމެއް. އެހެންވީމަ، މިކަމުގަ ވަރުގަދަ މަސައްކަތެއް ކުރައްވަވާ. 

އެމަނިކުފާނަކީ އަޅުގަނޑަށް މިދިޔަ ހުރިހާ ދުވަހަކު ސިޔާސީ މަސައްކަތުގަ އަޅުގަނޑަށް ދިމާވި ހުރިހާ ކަމެއްގަ އެންމެބޮޑަށް އެހީތެރިކަން ދެއްވި ބޭފުޅާ. އެންމެ ބޮޑަށް، އެއީ ރައީސް ޔާމިނު ވެރިކަމުގަވެސް އަދި ފަހުންވެސް. އެހެންވީމަ، އަޅުގަނޑުގެ ފުރިހަމަ އިތުބާރު އޮތް އަޅުގަނޑު އެންމެބޮޑަށް އެބޭފުޅަކަށްޓަކާ ފަޚުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއް ރަޙީމް. އެހެންވީމަ އެމަނިކުފަނު އެގޮނޑިއަށް ހޮއްވަވާ ދެއްވުމަކީ ތިބޭފުޅުންނަށް އަޅުގަނޑަށްވެސް ކޮށްދެވޭނެ ވަރަށް ބޮޑު ކަމަކަށް ވާނެ. އެހެންވީމަ އަޅުގަނޑު ޔަޤީންކުރަން މިކަމުގަ ދެބަސްވުމެއް ނެތްކަން ތިބޭފުޅުންގެ ތެރޭގަ. ހަމައެކަނި އިތުރު މަސެއްކަތްތަކެއް ކުރައްވާ ނަތީޖާ ފުރިހަމަ ކުރަން އަޅުގަނޑު އެދެން.

- ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު