އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑީޕީން މަސައްކަތްކުރަނީ ރައްޔިތުންނަށް ފެންނަންހުރި ޙަޤީޤަތްތަކެއް އޮޅުވާލަންކަން މިހާރު ރައްޔިތުންނަށް ރަނގަޅަށް އެނގޭނެ!: ރައީސް ޑރ. މުޢިއްޒު

އެމްޑީޕީން މަސައްކަތްކުރަނީ ރައްޔިތުންނަށް ފެންނަންހުރި ޙަޤީޤަތްތަކެއް އޮޅުވާލަންކަން މިހާރު ރައްޔިތުންނަށް ރަނގަޅަށް އެނގޭނެ!: ރައީސް ޑރ. މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

އެހެންވީމަކާ ދެން އެހެން މީހުންނަށް ކަންކަން އޮޅުވާލެވޭނެކަމށް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. ރައްޔިތުން ކުރިމަތީގަ ފެންނަން ހުރި ހަޤީގަތް. އެހެންވީމަ 5 އަހަރެއް އަނެއްކާ މި ހުރިހާ ކަމެއް މިހާ ފަރުވާކުޑަކޮށް ކުރި ބަޔަކަށް މާލޭގެ  ރައްޔިތުން ދޭންވީ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑާ މާލޭގެ ރައްޔިތުން ސަރުކާރުގެ ލެވެލްއެއްގަ ކުރަން، ސަރުކާރުގެ ހައިސިއްޔަތުން ކުރަން ހަވާލުކޮށްފަ އެކަމަށް ބޭނުންވާ އެންމެ ބޮޑު އެހީތެރިކަން ދޭން ޖެހޭތަން މަޖްލިސް، އަޅުގަނޑާ އިދިކޮޅަށް މަސެއްކަތް ކުރާ ގޮތަށް ނިންމާނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މާލޭގެ ރައްޔިތުން އިރާދުކުރެއްވިއްޔާމު، މާލެގެ ގެދޮރުގެ މައްސަލަ ހައްލު ކުރެވޭގޮތަށް އަޅުގަނޑަށް އެއްބާރުލުން ދޭނެ ކެނޑިޑޭޓުން ހޮއްވަވާ ދެއްވާނެ. އަޅުގަނޑު ޔަގީން ކުރަން އެގޮތަށް. މިތާ މި ތިއްބެވި އަޅުގަނޑުމެންގެ 2 ކެނޑިޑޭޓުން، މާލޭގަ 17 ކެނޑިޑޭޓުން އެބަ ތިއްބެވި. މި ހުރިހާ ބޭފުޅުން އިރާދުކުރެއްވިއްޔާ ތިބޭފުޅުން ހޮއްވަވާ ދެއްވުމަކީ، އަދި ހޮވާ ދެއްވާނެކަމަށް ޔަޤީންވެސް ކުރަން،އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

ހަމަ އެއާއެކީގަ މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް ހަމަ މި ވާހަކަ ދަންނަވާލަންއޮތީ. ތަރައްޤީއަށޭ ވޯޓު ދެއްވަންވީ. އަޅުގަނޑުމެން މިތިބީ އިރާދުކުރެއްވިއްޔާ ރެއާ ދުވާލު ތަރައްޤީއަށް މަސެއްކަތް ކުރުމުގަ ތެދުވެ މިއަދާ ހަމަޔަށް އައިއިރުގަވެސް، މި ވެރިކަމުގަ މިއަދާ ހަމައަށް އައި އިރުގަ،މިދިޔަ ގާތްގަނޑަކަށް 5 މަސް. އަޅުގަނޑުމެންގެ އެންމެ ވަގުތުކޮޅެއްވެސް ބޭކާރު ކޯށްލާފަކާ ނޯއްނާނެ ތަރައްޤީ ޔަޤީންކޮށްދިނުމަށް ނޫނިއްޔާ. ތަރައްޤީ ޔަޤީން ކޮށްދޭން މަސެއްކަތް ކޮށްފަ އޮންނާނީ. ރާއްޖޭގެ ކަންކޮޅުތަކުގަ އަޅުގަނޑުމެންނާ ހަވާލުވީ އިރުގަ ހުއްޓިފަހުރި އެތައް މަޝްރޫއެއް. ކުރީ ދުވަހު އަދަދުތައް ކިޔާ ދިނިން އަޅުގަނޑު. މިހާރު ޢަދަދުތައް އިތުރުވެސް ވެއްޖެ ފެށިފަ ހުރި މަޝްރޫއުތައް. އެދަނީ ފެށިގެން ބާރަށް. އަދި އާ މަޝްރޫއުތައްވެސް އެކި ރަށްރަށުގަ ކުދި ބޮޑު މަސެއްކަތްތައް އެހެރީ ފެށިފަ. ބިން ހިއްކުން، ބަނދަރު ހެދުން، އެޔާޕޯރޓް އެޅުން، ނަރުދަމާ އެޅުން. އަލަށް ފެށިގެން އެދަނީ އެތައް މަސައްކަތެއް. ތަރައްޤީ ޔަޤީން ކުރަން. ދެން މި ކަންކަމަށް ހުރަސް އަޅާނެ ބަޔަކު ދތިބޭފުޅުން އެކިދާއިރާތަކުން ރާއްޖޭގެ ކަންކޮޅުތަކުން މަޖްލީހަށް ވައްދަންވީ ސަބަބެއް ނެތް. ކޮންކަމަކަށްތޯ، ތަރައްޤީ ބޭނުންވޭ، ތަރައްޤީ ގެނައުމަށްޓަކާ އަޅުގަނޑުމެން މިތިބީ ސަރުކާރު ރެއާ ދުވާލު މަސައްކަތުގަ ތިއްބަ އެޔަށް ހުރަސްއަޅާނެ ބަޔަކު މަޖްލީހަށް ތިބޭފުޅުން ހޮވަންވީ ސަބަބެއް އަޅުގަނޑަކަށް ހިޔެއް ނުވޭ އެއްވެސް މީހަކު ޤަބޫލު ކުރާނެހެއް އޮންނާނެކަމަކަށް. 

އަޅުގަނޑު ޔަޤީން ކުރަނީ ހަމަ ރާއްޖޭގެ 93 ދާއިރާގެ ރައްޔިތުންވެސް ތަރައްޤީއަށްޓަކާ، ތަރައްޤީ ގެނައުމަށް މި 5 އަހަރު މިދިޔަ ހުރިހާ ދުވަސްތަކު އެ ލަކަސްކޮށް އައި ތަރައްޤީ، އައިއްސަ ގޮއްސަވީ ތަރައްޤީ، ތަރައްޤީތައް ވާން އުޅެފަ ނުވެ ދިޔަ ތަރައްޤީ، ޔަޤީންކަމާ އެކީގަ، ޔަޤީން ކަމާއެކީގަ މި 5 އަހަރު ތިބޭފުޅުންގެ ތަރައްޤީ ޙާސިލް ކުރުމަށްޓަކާ އަޅުގަނޑުމެން ކެނޑިޑޭޓުން ހޮއްވަވާ ދޭނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން. 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް