އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމަ ބަލަންވީ! ބެލިވަރަކަށް ހާމަވާނީ އަޅުގަނޑުގެ ތެދުވެރިކަން! ޘާބިތުވާނީ ދޮގުހަދާ ބައެއްގެ ދޮގުވެރިކަން! ވެރިކަން މިކުރަނީ ﷲ އަށް ބިރުވެތިވެހުރެގެން!: ރައީސް ޑރ. މުޢިއްޒު

ހަމަ ބަލަންވީ! ބެލިވަރަކަށް ހާމަވާނީ އަޅުގަނޑުގެ ތެދުވެރިކަން! ޘާބިތުވާނީ ދޮގުހަދާ ބައެއްގެ ދޮގުވެރިކަން! ވެރިކަން މިކުރަނީ ﷲ އަށް ބިރުވެތިވެހުރެގެން!: ރައީސް ޑރ. މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 9 ސިކުންތު

ދެން މިކަންތައްތައް އަޅުގަނޑުމެން ކުރާނެ ކަން އިނގޭތީ އެކި ކަހަލަ ވާހަކަ ދައްކަމުން އެދަނީ. އެކި ކަހަލަ ދޮގު ހަދަމުން ދަނީ. ދެން އަޅުގަނޑު ބޮލުގަ ދޮގު އަޅުވަން އުޅެ އުޅެ އެޅުވޭގޮތެއް ނުވޭ. އަޅުގަނޑަކީ ވަޢުދެއް ވެއްޖެއްޔާ ތެދު ބަހުން ވާހަކަ ދައްކާ، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި ފުއްދާ މީހެއްކަން ރައްޔިތުން އެބަ ޤަބޫކު ކުރޭ. މިދިޔަ 4، 5 މަހުގެ ތެރޭގައި، އަޅުގަނޑު އޮރާދުކުރެއްވީތީ. އަޅުގަނޑުމެންނަށް ފުރިހަމަ ބާރު އޮވެގެން ސަރުކާރުން ނިންމޭ ކަމެއް ވިއްޔާ، ސަރުކާރަށް ފުރިހަމަ ބާރު ލިބިގެން ނިންމޭ ހުރިހާ ކަމެއް ނިންމާފަ އެހެރީ. މި 4،5 މަހަށް ކަނޑައެޅިފަހުރި. އަދި ދަނީ ދެން ހުރި ކަންކަންވެސް ބާރު ސްޕީޑްގަ. އެހެންމަ މިއިން އެއްވެސް ކަމެއް ވޯރކް ނުކުރީމަ ދެން އެމީހުންގެ ޔޫސުއަލް ޓެކްޓިކްސް އަށް، މީގެ ކުރީގައި މޭޔަރު އިންތިޙާބުގަވެސް ފަހުވަގުތު ގޮތް ހުސްވީމަ އޅުގަނޑުގެ އަބުރު ކަތިލްނަ ފެށީ. މާލޭގެ ރައްޔިތުން އެކަން ޤަބޫލެއް ނުކުރި. ގެންގޮސް އެކިކަހަލަ މައްސަލަތަކުގަ ސުވާލު ކޮށް ހެދި، އެއްވެސް ކަމެއް ސާބިތެއްވެސް ނުވޭ. ދެން ރިޔާސީ އިންތިހާބު އައީ، ހަމަ އެކިކަހަލަ ވާހަކަ ދައކައިގެން ރައޔިތުން ޤަބޫކު ނުކުރީހަމ ދެން، ހަމަ ބުހުތާނު ދޮގު ހަދައިގެން އަޅުގަނޑުގެ އަގު ވައްޓާލަން މަސައްކަތް ކުރީ. މޭޔަރު އިންތިޚާބުގަވެސް އަޅުގނޑު ދެނެންވިން. ވަރަށް އުފާކުރަމޭ ތިކަހަލަ ވާހަކަ ދައްކާތީވެ، އަޅުގަނޑު އެދެމޭ ތިކަންކަން ބަލަން. ބެލީމަ ފެންނާނޭ އެއްޗެއްގަ ނެތްކަން ޙަޤީގަތެއް. 

އެކިކަހަލަ އެކިއުޒޭޝަންސް އޭރުގަވެސް އައީ. އެހެންމަ މީކީ އާ ވާހަކައެއް ނޫން. ހަމަ އޭރުގަވެސް ހުރި އެއްޗެހި، ހަމަ އެއަވާހަކައެއް، އެއް ލަވައެއް. އަޅުގަނޑު އޭރުވެސް ދެއްކި ވާހަކަ މިހާރުވެސް ދައްކަން ހުންނާނީ. ޤާނޫނާ ޤަވައިދާ ޚިލާފާށް އޭރުގަވެސް ކަމެއް ކޮށްފައެއް ނޯންނާނޭ. މިއަދަކުވެސް ނުކުރާނަން. އަދި ކުރިއަށް އޮތް ތާގަވެސް އަޅުގަނޑެއް ނުކުރާނަން. އަޅުގަނޑަކީ އިރާދުކުރެއްވީތީ ރައްޔިތުންގެ ޙައްޤުގަ ޖެހޭނެ މީހެއް ނޫން. ރައްޔިތުންގެ މުދަލަކު ޖެހޭނެ މީހެއް ނޫން. ރައްޔިތުންގެ ފައިސާއަކު ޖެހޭނެ މީހެއް ނޫން. އަޅުގަނޑަށް މާ މުހިއްމު ﷲ ސުބުޙާނަހޫ ވަތަޢާލާ ކިބައިން އަޅުގަނޑަށް އެކަލާންގެ ފުއްސެވުމާ ރުއްސެވުން ލިބުން. 

އެހެންވީމަ، ތިބޭފުޅުން އަދި ތިގޮތަށް އަޅުގަނޑުގެ ބޮލުގަ ކަމެއް އެޅުވުން އެއީ ކުރީގަވެސް ނުވި ކަމެއް. ދެނެއްވެސް ނުވާނެ، އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްކަމެއްވެސް ނޯންނާނެ. އެހެންމަ ކުރިއަށް ވަޑައިގަންނަވާ. އަޅުގަނޑުގެ ރޯ ހައުން ލިބުނު ދުވަހުންފެށިގެން ކުއްޔަށް ނަގައިގެން ތިބި މީޙުންގެ ރެންޓާ އެއްޗެހި ހުރި ރިޕޯޓެއް، ބޭރުބަޔަކަށް ދީފަ ހުންނާނީ ކުއްޔަށް ތިރީގަ ހުރި ދެ އެޕާޓްމަންޓް. އެކުލި އޭގަ އެހެރީ. ދެން އެބޭފުޅުން އެ ސިޔާސީ ބޭނުމެއްގަ އަދި ޑްރާފްޓް ރިޕޯޓެއް، ޕޮލިސް އިންޓެލިޖެންސް ރިޕޯޓެކޯ، އެ ޑްރާފްޓް އޭގަ ނެތް ތައްގަނޑެއްވެސް އަދި ތާރީޚެއްވެސް. އެބޭފުޅުން ބޭނުންގޮތަކަށް ހަދާލާފަ، އެމީހުން ހޯދީމަ ފެންނާނެ ދެއްތޯ. އެމީހުންގެ ވެރިކަން މިދިޔަ 5 އަހަރު އޮތީ. އުޅެއުޅެވެސް ނުފެނުނީ ކަމެއް. ދެން އަޅުގަނޑުގެ ބައްޕަގެ ފަރާތުން އަޅުގަނޑަށް ވާރުތަވީ މުދަލާއި ފައިސާއާއި ހުރިހާ އެއްޗެއްވެސް ހަމަ އޭގަ އެހެރީ ފެންނަން.

އެހެންމަ އަޅުގަނޑުގެ ކިބައިން ނުފެންނާނެ އެއްވެސް ކަމެއް. އަޅުގަނޑަކީ އެކަހަލަ އެބޭފުޅުންގެ ވިޝްކުރާ ކަހަލަ ކަމެއް ކޮށްފަ ހުރި މީހެއް ނޫން. ދުވަހަކުވެސް ނުފެންނެ ރައްޔިތުންނަށް ދެރަ ލިބޭ ޤަވައިދާ ޚިލާފަށް ޤާނޫނުން ހިނގާފާ އެއްވެސް ކަމެއް. ދުވަހަކުވެސް ނުކުރާނަން. ކޮސްފައެއްވެސް ނޯންނާނެ. އަޅުގަނޑު އެދެނީ ހަމަ ގަދައަށް ތިވާހަކަ ދައްކަން. ދެއްކި ވަރަކަށް ތިބޭފުޅުން ބޭޒާރު ވާނީ. އާޑެ އެ އެއްޗެހި ވޯކެއް ނުކުރާނެ މިހާރަކު. 

އާދެ އެހެންމަ ރައްޔިތުން ސާބިތުވެ ވަޑައިގަންނަވަންވީ ޤައުމާއިގެން ކުރިއަށް ދާން. ޤައުމާޢިގެން ކުރިއަށް ދާންވީ. ޤައުމުގެ ތަރައްޤީ ޔަޤީން ކުރަން، ޤައުމުގެ ހަމަޖެހުން ޔަޤީން ކުރަން، ޤައުމުގެ ރައްކާތެރިކަން ޔަޤީންކުރަން. އަޅުގަނޑުމެންގެ ކެނޑިޑޭޓުން އާދިއްތަ ދުވަހު އޮންނަ ވޯޓުގަ ހޮއްވަވާ ދެއްވުމަކީ އަޅުގަނޑުމެން އަޅުގަނޑުމެންނަށްޓަކާ ކޮށްދެވޭނެ ކަމެއް. ހަމަ ޙަޤީގަތުގަވެސް. އަޅުގަނޑުމެންގެ ދަރިންނަށްޓަކާ އަޅުގަމޑުމެންނަށް ކޯށްދެވޭނެ ވަރަށް ހެޔޮ ކަމެއް އެއީ. އެއީ އަޅުގަނޑު މިހިރީ އިޚްލާސްތެރި ކަމާއެކީގަ. އިޚްލާސްތެރިކާމާއެކީގަ، ތެދުވެރިކަމާއެކީގަ، އަމާނާތްތެރިކަމާ އެކީގަ ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ ﷲ ގަންދީ ހުވާކޮށްގެން އަދާކުރުމުގަ. ރެއާދުވާލު ކޮންމެ ސިކުންތެއްވެސް އަޅުގަނޑު ހޭދަކުރަނީ އެކަމުގަ. އެހެންވީމަ، އަޅުގަނޑު މި މަސައްކަތް ކުރުމުގަ ހުންނަ އިރުގަ އަޅުގަނޑަށް ތިބޭފުޅުން މަސައްކަތް ހަވާޅުކޮށްފަ އެކަން ކުރެވޭނެ މަގު ފަހިކޮށްދެއްވުން އަޅުގަނޑު އެދޭ އެދުމަކީ. ޔަޤީންކުރަން ތިބޭފުޅުން އެކަން ފަހިކޮށްދެއްވާނެކަން. އެ ފަހިކޮށްދެއްވުން ވާނީ ކުރިއަށް އޮތް 5 އަހަރުތެރޭގަ ތަކުރާރުކޮށް މި ދަންނަވާ ފަދައިން ރައްޔިތުން އުއްމީދުކުރަމުން އައިގޮތަށް، ގެދޮރުވެރިކަމާއި ތަރައްޤީގެ ހުރިހާ ކަމެއް ޔަޤީން ކޮށްދެވި، އަޅުގަނޑުމެންގެ މުސްތަޤުބަލް އަޅުގަނޑުމެން ބޭނުންވާ ގޮތަށް ބައްޓަންވެ އަޅުގަނޑުމެން އުފާ ކުރާނެ ފަދަ ގޮތަކަށް މި ޤައުމު ތަރައްޤިވެގެން ދާނެ ދިއުމަކަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކު ކަމުގައު ﷲ ސުބުޙާނަހޫ ވަތަޢާލާ ލެއްވުން. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންހެ އަމިއްލަ ވިސްނުމުން ކަންކަން ވިސްނާ ހެޔޮ ވިސްނުން އިސްކުރާ ބައެއް ކަމުގަ ލައްވާށި. އަޅުގަނޑުމެންގެ މި ޤައުމު މިނިވަންކަންމަތީ ލަހައްޓަވާ އުފާ ފާގަތިކަންމަތީ ތާ އަބަދަށް ލަހައްޓަވާށި. އާމީން

 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް