އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާނޫނާ ޚިލާފުވާ އެއްވެސް ކަމެއް ނުކުރަން! ނުވެސްކުރާނަން! އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްކަމެއްވެސް ނޯންނާނެ!: ޑރ. މުޢިއްޒު

ޤާނޫނާ ޚިލާފުވާ އެއްވެސް ކަމެއް ނުކުރަން! ނުވެސްކުރާނަން! އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްކަމެއްވެސް ނޯންނާނެ!: ޑރ. މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

އެހެންވީމަ، ތިބޭފުޅުން އަދި ތިގޮތަށް އަޅުގަނޑުގެ ބޮލުގަ ކަމެއް އެޅުވުން އެއީ ކުރީގަވެސް ނުވި ކަމެއް. ދެނެއްވެސް ނުވާނެ، އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްކަމެއްވެސް ނޯންނާނެ! ކުރިއަށް ވަޑައިގަންނަވާ! 

އަޅުގަނޑުގެ ރޯ ހައުސް ލިބުނު ދުވަހުންފެށިގެން ކުއްޔަށް ނަގައިގެން ތިބި މީޙުންގެ ރެންޓާ އެއްޗެހި ހުރި ރިޕޯޓެއް، ބޭރުބަޔަކަށް ދީފަ ހުންނާނީ ކުއްޔަށް ތިރީގަ ހުރި ދެ އެޕާޓްމަންޓް. އެކުލި އޭގަ އެހެރީ. ދެން އެބޭފުޅުން އެ ސިޔާސީ ބޭނުމެއްގަ އަދި ޑްރާފްޓް ރިޕޯޓެއް، ޕޮލިސް އިންޓެލިޖެންސް ރިޕޯޓެކޯ، އެ ޑްރާފްޓް އޭގަ ނެތް ތައްގަނޑެއްވެސް އަދި ތާރީޚެއްވެސް. އެބޭފުޅުން ބޭނުންގޮތަކަށް ހަދާލާފަ، އެމީހުން ހޯދީމަ ފެންނާނެ ދެއްތޯ. އެމީހުންގެ ވެރިކަން މިދިޔަ 5 އަހަރު އޮތީ. އުޅެއުޅެވެސް ނުފެނުނީ ކަމެއް. 

ދެން އަޅުގަނޑުގެ ބައްޕަގެ ފަރާތުން އަޅުގަނޑަށް ވާރުތަވީ މުދަލާއި ފައިސާއާއި ހުރިހާ އެއްޗެއްވެސް ހަމަ އޭގަ އެހެރީ ފެންނަން. 

އެހެންމަ އަޅުގަނޑުގެ ކިބައިން ނުފެންނާނެ އެއްވެސް ކަމެއް. އަޅުގަނޑަކީ އެކަހަލަ އެބޭފުޅުންގެ ވިޝްކުރާ ކަހަލަ ކަމެއް ކޮށްފަ ހުރި މީހެއް ނޫން. ދުވަހަކުވެސް ނުފެންނެ ރައްޔިތުންނަށް ދެރަ ލިބޭ ޤަވައިދާ ޚިލާފަށް ޤާނޫނުން ހިނގާފާ އެއްވެސް ކަމެއް. ދުވަހަކުވެސް ނުކުރާނަން. ކޮސްފައެއްވެސް ނޯންނާނެ. އަޅުގަނޑު އެދެނީ ހަމަ ގަދައަށް ތިވާހަކަ ދައްކަން. ދެއްކި ވަރަކަށް ތިބޭފުޅުން ބޭޒާރު ވާނީ. އާދެ! އެ އެއްޗެހި ވޯކެއް ނުކުރާނެ މިހާރަކު. 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު