އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގައުމު އަނދަވަޅަކަށް ވައްޓާލާފަ މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އެމްޑީޕީއަށް ދެއްކެން ނެތް: ހީނާ

ގައުމު އަނދަވަޅަކަށް ވައްޓާލާފަ މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އެމްޑީޕީއަށް ދެއްކެން ނެތް: ހީނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 32 ސިކުންތު

ގާނޫނުތަކުގައި ތަޅު އަޅުވައި، ފައިސާ ޗާޕުކޮށް، ނިމިދިޔަ ފަސް އަހަރު ތެރޭގައި އެމްޑީޕީން ކުރިހާވެސް ކަމަކީ ގައުމު އަނދަވަޅަކަށް ވައްޓާލުންކަމަށްވާއިރު މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އެމްޑީޕީއަށް ދެއްކެން ނެތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެެއްޖެއެވެ. 

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ވަނީ ބިލިއަނުން ލޯނު ނަގާ ރައްޔިތުން އަދި ދަރިންގެ ދަރިން އަންނަން އޮތް ޖީލަށް ދަރަނިވެރިވެފައި ކޮށްފައި ކަމަށެވެ. 

ހީނާ ވިދާޅުވީ މިދިޔަ ސަރުކާރުގެ ސިޔާސަތުތައް އޮތީ ބޮޑުތަނުން ފެއިލިވެފައި ކަމަށާއި އެމްޑީޕީން މަސައްކަތް ކުރެއްވީ އަމިއްލަ ފައިދާއަށް ކަމަށެވެ، ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ އެމްޑީޕީގެ މަޝްރޫއުތައް އޮތީ ފެއިލްވެފައި ކަަމަށާއި އެމްޑީޕީގެ ވެރިކަމުގެ އިސްލާމްދީނުގެ ހުރުމަތް ކަނޑާ، އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. 

އެމްޑީޕީ ފެއިލްވެފައިވާ މިންވަރު، އެ ޕާޓީ ވެރިކަމަށް ގެނައުމަށް އެންމެ ބޮޑު މަަސައްކަތް ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަނގަޅަށް ހާމަކޮށްދެއްވިކަންވެސް ހީނާ ވަނީ ފާހަގަކުރައްވާފައެވެ. 

"ވެރިކަން ނިމުނުއިރު އިޤްތިސާދު އޮތީ އަނދަވަޅަކަށް ވައްޓާލާފައި، އެހެންކަމުން އިޤްތިސާދުގެ ވާހަކަ ދައްކަން މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އެމްޑީޕީއަށް ދެއްކޭކަށް ނެތް. ބިލިއަނުން ލޯނު ނަގާ ރައްޔިތުން އަދި ދަރިންގެ ދަރިން އަންނަން އޮތް ޖީލަށް ދަރަނިވެރިވެފައި މިއޮތީ" ހީނާ ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ވެސް ވަނީ ހުށަހަޅާފައެވެ. 

ހީނާ ވަލީދު ވިދާޅުވީ އެމްޑީޕީން އެންޓި ކެމްޕެއިން ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ. އެގޮތުން މާލޭގެ މަގުތަކުގައި ދަމާފައިހުރި ބެނާތަކާއި ޕޯސްޓަރުތަކުގައި އެންޓި ކެމްޕޭނަށް މަގުފަހިވާ އެތައް އެތައް ކަމެއް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަ އީސީއަށް ހުށަހަޅާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ހަމަމިއާއެކު އެމްޑީޕީގެ ވެރިކަމުގެ އިސްލާމްދީނުގެ ހުރުމަތް ކަނޑާ، އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ވެސް ހީނާ ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު