އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ 2 ކަންތައް!: ޝައިޚް މާޖިދު މަޙްމޫދު

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ 2 ކަންތައް!: ޝައިޚް މާޖިދު މަޙްމޫދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ކޮންމެ މުސްލިމަކުވެސް ސަމާލުކަންދޭންޖެހޭނެ ކަންތައްތައް ވަރަށް ގިނައެވެ. އެހެންކަމާއިއެކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ދެކަމެއް ފާހަގަކޮށްލާނަމެވެ. މި ދެކަންތަކަށް ސަމާލުކަން ދެވިއްޖެ މީހަކަށް އެވަނީ ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވިފައެވެ. އިން ޝާ ﷲ

ފުރަތަމަކަމަކީ އެކަމެއް ކުރަން ރަސޫލް ﷺ މަނާކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރުމެވެ. ދީނުގައި ޙަރާމް ކުރެވިގެންވާ އެއްވެސް ކަމެއް ނުކުރުމެވެ. އެކަމަށް ހިތްވަރު ލިބިގަތުމެވެ. ފާފައެއް ކުރެވޭނަމަ އެކަން ހުއްޓައިލުމެވެ.

ތިމާއަށް މިހުރެވެނީ މިވެނި ކަހަލަ މަންޒަރުތަކެއް ބަލަން ދެވިހިފާފައި ކަމަށް ބުނެގެން ދެކޮޅެއް ނުޖެހޭނެއެވެ. މިވެނި ފާފައެއް ކުރަން ދެވިހިފާފައިކަމަށް ބުނެގެންވެސް ދެކޮޅެއް ނުޖެހޭނެއެވެ. ހުއްޓާލަން މަސައްކަތްކުރާކަމަށް ބުނުމަކުން ވެސް ނުފުދޭނެއެވެ. ޖެހޭނީ ހަމަ ވަގުތުން ހުއްޓާލާށެވެ. އެނޫން ގޮތެއް އެކަމުގައި ނެތެވެ. ކޮންމެ ކަމެއްވެސް ހުއްޓާލަން ބޭނުންވެ އެކަމަށް މަސައްކަތްކުރަމުން ހުއްޓައިލެވޭނެއެވެ. އެކަމުގައި ޞަޙާބީން ދެއްކެވި ނަމާނާއިން އެކަން އެނގިގެންދެއެވެ.

ދެން އޮތީ ވީހައި ގިނައިން އަޅުކަންކުރުމެވެ. އަޅުކަންކުރަން ބަލައިފިނަމަ ސުންނަތުން އެނގެންހުރި ހުރިހާ އަޅުކަން ހަމައެކަކަށްވެސް ނުކުރެވޭނެއެވެ. އެހެންވެ އަޅުކަންކުރުމުގައި އޮތީ އެމީހަކަށް ކުރެވޭ އެންމެ ގިނައިން ކުރުމެވެ. ކުރާ ކަންކަން އެންމެ ފުރިހަމައަށް ކުރަން މަސައްކަތްކުރުމެވެ.

މިސާލަކަށް ނަމާދުކުރަން އޮތީ ޚުޝޫޢަތްތެރިކަމާއިއެކުގައެވެ. ނަމަވެސް 100 އިންސައްތަ ޚުޝޫޢަތްތެރިވެވޭނީ ކާކަށް ހެއްޔެވެ؟ އަހަރެމެންނަށް އޮތީ ވީހާ ބޮޑަކަށް ޚުޝޫޢަތްތެރިވާން މަސައްކަތްކުރުމެވެ. އެކަމުގައި ފަރުވާކުޑަކޮށްގެން ނުވާނެއެވެ. މަސައްކަތްކުރަންޖެހޭނީ ހަމަ އެންމެ ބޮޑަށް ޚުޝޫޢަތްތެރިވާށެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެކަލާނގެ އަންގަވާފައިވާ މަގުން ކަންކަން ކުރަން ބޭނުންވާ މީހުންނަށް އެކަމަށް މަގުދައްކަވާނެކަމަށެވެ. މިބަސްފުޅުގެ ތަފްސީރުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ބަސްފުޅުގެ މާނައަކީ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރާނަމަ އެމީހަކަށް ޙަރާމް ކަންކަން ނުކޮށް ހުންނަން މަގުފަހިކޮށްދެއްވަވާނެ ކަމެވެ. ވީމާ ވީހައި ގިނައިން ހެޔޮ ޢަމަލުކުރަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހާއަށް ﷲ ތަޢާލާގެ މަގަށް ތައުފީޤް ދެއްވަވާނެތެވެ. އިން ޝާ ﷲ

--ޝައިޚް މާޖިދު މަޙްމޫދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް