އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކުވެރިންގެ އިތުރުން ޢާއިލީ ގުޅުން ބަދަހިވުމާ ދެމަފިރިންގެ މެދުގަ ލޯބި އިތުރުވެ އެކުވެރިކަން އާލާކުރުމާ އީމާންކަން ފުރިހަމަވުމުގެ ތަޅުދަނޑި-

އެކުވެރިންގެ އިތުރުން ޢާއިލީ ގުޅުން ބަދަހިވުމާ ދެމަފިރިންގެ މެދުގަ ލޯބި އިތުރުވެ އެކުވެރިކަން އާލާކުރުމާ އީމާންކަން ފުރިހަމަވުމުގެ ތަޅުދަނޑި-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 22 ސިކުންތު

ދެމީހަކު ބައްދަލުވެއްޖެނަމަ އެންމެ ގިނައިން ދެކެވޭ އެއްވާހަކައަކީ އެކަކު އަނެކަކަށް އޮންނަންޖެހޭ ގުޅުންތައް ކުޑަވަމުން އަންނަ ކަމުގެ ވާހަކަތަކެވެ. ކޮންމެވެސް މީހަކު ގުޅުން ކަނޑައިލި ކަމުގެ ވާހަކައެވެ. ކޮންމެވެސް މީހަކު މިވެނި އެވެނިކޮށް ތިމާ އާއި ދުރުހެލިވެއްޖެކަމުގެ ވާހަކަ އެވެ. ތިމާ އެމީހެއްގެ ކިބައިން ބޭނުންވާ ލޯބި ނުލިބޭކަމުގެ ޝަކުވާގެ ވާހަކަތަކެވެ. 

މިކަންކަން މިގޮތަށްވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބާއިމެދު ވިސްނައިލަމުހެއްޔެވެ؟ ވިސްނައިލާށެވެ. މިބަޔާންކުރި ކަންކަމަށް ޙއްލު ހޯދަން ބޭނުންވާ މީހާ، އެމީހާއަށް ކަންކަން ކުރެވޭ ގޮތާއިމެދު ވިސްނައިލާށެވެ. ތިރީގައި މިބަޔާންކުރާ ލިޔުމަށް ތިމާއަށް ޢަމަލުކުރެވޭމިންވަޜާއިމެދު ވިސްނައިލާށެވެ. މިލިޔުމުން ޙައްލުތަކުގެ ތަޅުދަނޑި ލިބިވަޑައިގަންނަވާނެއެވެ. އަވަހަށް ދިރު ހުޅުއްވަވާށެވެ. ދެމަފިރިންވެސް ޢަމަލުކޮށް އެކުގައި ދޮރުންވަންނާށެވެ. 

الحمد لله رب العالمين والصلاة والسلام على أشرف الأنبياء والمرسلين و على آله و صحبه و من تبعهم بإحسان إلى يوم الدين 

ޝައްކެއްވެސް ނެއްގޮތުގައި މާތްވެގެންވާ އިސްލާމްދީން އިންސާނާއަށް އެއްމެ ސީދާވެގެންވާ މަގަށް މަގުދައްކައެވެ. އެއީ ފަލާޙާއި ކާމިޔާބު ލިބެނިވިމަގެވެ. އެންމެހާ ރިވެތި އަޚްލާޤީ ޞިފަތަކެއް އިސްލާމްދީން އަޅުގަނޑުމެނަށް ދަސްކޮށްދެއެވެ. މާތްނަބިއްޔާ މުޙައްމަދު صلى لله عليه وسلم ވަނީ އެ ނަމޫނާ އުއްމަތަށް ދައްކަވާފައެވެ. 

މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަމަކީ އެ މުޖުތަމާޢުއެއްގެ އަފުރާދުންގެ އުޅުމާއި ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. އެހެން ކަމުން މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އޮންނަންޖެހޭ އިޖްތިމާޢީ ގުޅުން ހަރުދަނާވެގެން ދިޔުމަށްޓަކައި އެކަކު އަނެކަކާއި ބައްދަލުވެ ފެނިދެނިވުމުން ސަލާމްކޮށް އުޅުމަކީ އިސްލާމދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. އެގޮތުން ތިމާގެ މުސްލިމު އަޚާއާއި އިސްވެ ސަލާމްކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އަދި ސަލާމަށް ޖަވާބުދިނުމަކީ ވާޖިބެކެވެ. 

އެއް މުސްލިމެއްގެ މައްޗަށްވާ އަނެއްމުސްލިމުމީހާގެ ޙައްޤުތައް ބަޔާންކޮށްދެވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ.  

رَدُّ السَّلاَمِ  رواه البخاريމާނަ :  

ސަލާމް ގޮވާލެވިއްޖެނަމަ ސަލާމަށް ޖަވާބުދިނުން  އެހެންކަމުން ސަލާމަށް ޖަވާބުދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭނޭ ކަމެކެވެ. ތިބާގެ މުސްލިމު އަޚާއަށްޓަކައި އަދާކުރަންޖެހޭ މަތިވެރި ހައްޤެކެވެ.  

ތަޢާލާ ގެވަޙީ ބަސްފުޅުގައި ވެއެވެ. وَإِذَا حُيِّيْتُم بِتَحِيَّةٍ فَحَيُّواْ بِأَحْسَنَ مِنْهَا أَوْ رُدُّوهَا سورة النساء الآية 86. މާނަ : ތިޔަބައިމީހުންނަށް ސަލާމް އަކުން ސަލާމް ކޮށްފިނަމަ، އެއަށްވުރެ ރިވެތި ސަލާމް އަކުން ތިޔަބައިމީހުން ސަލާމް ކުރާށެވެ! ނުވަތަ އެ ސަލާމް ރައްދުކުރާށެވެ! “ 

ތިބާގެ އަޚާ السَّلاَمُ عَلَيْكُمْ އޭކިޔައި ސަލާމް ގޮވައިފިނަމަ އެއަށްވުރެ ރިވެތިވެގެންވާ ސަލާމްއަކުން އެ އަޚާއަށް ޖަވާބުދިނުމަކީ  وَ عَلَيْكُمُ  الَسَّلَامُ وَرَحْمَةُ اللهِ ނުވަތަ وَ عَلَيْكُمُ  الَسَّلَامُ وَرَحْمَةُ اللهِ وَبَرَكَاتُه މިފަދައިން ކިޔައި ޖަވާބުދިނުމެވެ. އަދި އެފަދައިން ސަލާމް ރައްދު ކުރުމަކީ ތިބާގެ އަޚާ ސަލާމްކުރި ފަދައިން  وَ عَلَيْكُمُ  الَسَّلَامُ  އޭބުނެ ސަލާމަށް ޖަވާބުދިނުމެވެ. 

ނުވަތަ ތިބާގެ އަޚާ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ ކިޔައި ސަލާމް ކޮށްފިނަމަ وَ عَلَيْكُمُ  الَسَّلَامُ وَرَحْمَةُ اللهِ وَبَرَكَاتُه ނުވަތަ وَ عَلَيْكُمُ  الَسَّلَامُ وَرَحْمَةُ اللهِ ކިޔައި ސަލާމްއަށް ޖަވާބުދޭށެވެ. 

ނުވަތަ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه ކިޔައި ތިބާއާއި ސަލާމްކުރެވިއްޖެނަމަ وَ عَلَيْكُمُ  الَسَّلَامُ وَرَحْمَةُ اللهِ وَبَرَكَاتُه ކިޔައި ސަލާމް ރައްދުކުރާށެވެ. 

ޢަބްދުﷲ ބިން ޢަމްރު ބިން ޢާޞް رضي الله عنهما ވިދާޅުވިއެވެ. أَنَّ رَجُلاً سَأَلَ رَسُولَ اللهِ صلى الله عليه وسلم أَيُّ الإِسْلاَمِ خَيْرٌ قَالَتُطْعِمُ الطَّعَامَ وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ ، وَمَنْ لَمْ تَعْرِفْ متفق عليه. މާނަ : މީހަކު ރަސޫލުﷲ صلى الله عليه وسلم އާއި ސުވާލު ދެންނެވިއެވެ. އިސްލާމުކަމުގެ އެންމެ ރިވެތި ޞިފައަކީ ކޮބައިތޯއެވެ؟ އެކަލޭގަފާނު ޙަދީޘް ކުރެއްވިއެވެ. ބޭނުންޖެހިފައިވާ މީހުންނަށް ކާއެތިކޮޅު ދިނުމެވެ. އަދި ތިބާ ދަންނަ މީހުންނަށާއި ނުދަންނަ މީހުންނަށް ސަލާމް ގޮވުމެވެ.“ 

އެހެން ޙަދީޘެއްގައި އެކަލޭގަފާނު صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.  

لا تدخلوا الجنة حتى تؤمنوا، ولا تؤمنوا حتى تحابوا، أولا أدلكم على شيء إذا فعلتموه تحاببتم؟ أفشوا السلام بينكم رواه مسلم. 

މާނަ : "ތިބައިމީހުންގެެ ތެރެއިން އެއްވެސް މީހަކު އީމާން ނުވަނީސް ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަަކަށް ލޯބި ކޮށްފުމަށްދާންދެން އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއްކޮށްފިނަމަ ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭނޭ ކަމެއް ތިމަންކަލޭގެފާނު ބުނެދެންހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ފަތުރާށެވެ." 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމަގެ ކިބައިން އިރުޝާދެއް އައިސްފި ކަމުގައި ވާނަމަ ، އެކަލޭގެފާނުގެ މާތް ޞަޙާބީން އެ އިރުޝާދުފުޅަކަށް ޢަމަލުކުރެއްވުމަށް އަވަސްވެގެނެއެވެ. އެކަލޭގެފާނަށް އިޤްތިދާއު ވުމުގައި އެބޭކަލުންނަކީ އަޅުގަނޑުމެންނަށްވާ ނަމޫނާއެކެވެ. އެގޮތުން އަނަސް ބުން މާލިކު ރަޞިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ތިމަން ބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމަ އާއިއެކު އުޅުއްވާއިރު ، ގަހެއްގެ ނިވަލުން ގޮސް އަނެއްކާވެސް ބައްދަލުވީކަމުގައިވިޔަސް އެއްބޭލަކު އަނެއްބޭކަލަކާއި ސަލާމްކުރައްވަމެވެ. 

ދުޢާ އަކީ ރަސޫލުﷲ ޞައްލަﷲ ޢަަލައިހި ވަޞައްލަމަ އާއި އެކަލޭގެފާނުގެ ޞަޙާބީން ދެއްކެވި ނަމުނާގައި ހިފައިގެން ކުރިޔަށް ދިޔުމުގެ ހެޔޮ ތަވްފީޤު ﷲ ތަޢާލާ ދެއްވުމެވެ. އަދި ސަލާމް ކުރުން ގިނަކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެންލެއްވުމެވެ 

- އައްޝައިޚް ބިލާލް ޢަބްދުއްސައްތާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް