އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތައުބާވާން، އިޞްލާޙްވާން ބޭނުންވާ ކޮންމެ މީހަކަށްވެސް އެކަމަށް ހިތްވަރުދީ ވަޤުތުދޭންޖެހޭނެ!

ތައުބާވާން، އިޞްލާޙްވާން ބޭނުންވާ ކޮންމެ މީހަކަށްވެސް އެކަމަށް ހިތްވަރުދީ ވަޤުތުދޭންޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

އިޞްލާޙްވާން ބޭނުންވާ ކޮންމެ މީހަކަށްވެސް ހިތްވަރުދިނުމުގެ އިތުރުން ވަޤުތުވެސްދޭށެވެ. ނުބައި މަގަކުން ދެވިފައި ހުންނަ މީހަކަށް ކުއްލިއަކަށް އިޞްލާޙެއް ނުވެވޭނެއެވެ. އަދި ފާފައެއް ކުރެވެމުން އަންނަ މީހަކަށް ކުއްލިއަކަށް އެކަންވެސް ހުއްޓައިނުލެވިދާނެއެވެ.

އެކަމުގެ ވަރަށް ކުޑަކުޑަ މިޘާލެއް ބުނެފާނަމެވެ. ދަރިއަކު ނަމާދުނުކުރަނީއެވެ. ވަރަށް ގިނަ ފަހަރު ނަޞޭޙަތްދިނުމުން ހުކުރަށްދާން އެއްބަސްވިއެވެ. އެވަޤުތު ހުކުރަށް އެކަނި ދިއުމަކުން ނުފުދޭނެ ކަމަށާއި ޖެހޭނީ 5 ނަމާދު ހަމައަށް ކުރަންކަމަށް ބުނެފިނަމަ ގިނަފަހަރު ވާނެގޮތަކީ ރުޅިއައިސްގެން ހުކުރަށްވެސް ނުދާނީއެވެ. އެއިރުން އެޖެހުނީ ކޮންތަކެއްގައި ހެއްޔެވެ؟

އެއިގެ ބަދަލުގައި ހުކުރަށްދާން އެއްބަސްވެއްޖެނަމަ އެކަމަށް ހިތްވަރުދޭށެވެ. ތަޢްރީފްވެސް ކުރާށެވެ! ދަރިފުޅު ހުކުރަށްދާން ފެށުމުން 5 ނަމާދުގެ ވާހަކަ ދައްކާށެވެ! 5 ނަމާދުނުކޮށް ނުފުދޭނެކަން ވިސްނައިދޭށެވެ!

ނިވާކަން ކުޑަކޮށް ހެދުންލާ އަންހެނަކަށް ނަޞޭޙަތްދިނުމުން ބުރުގާއަޅަން އެއްބަސްނުވެ ހަށިގަނޑު ނިވާވާފަދަ ހެދުންލާން އެއްބަސްވެއްޖެނަމަ ފުރަތަމަ ކަމަކަށް އެކަމަށްވެސް ހިތްވަރުދޭށެވެ. ލައިއުޅޭ ހެދުންތައް ބަދަލުކުރުމުން ބުރުގާއަޅަން ހިތްވަރުދޭށެވެ! ޤަބޫލުކުރުން ކައިރިވާނީ އެގޮތުން ކަމުގައިވާތީއެވެ.

އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. ނަމާދުނުކުރާކުއްޖަކަށް ދަރިފުޅުވެއްޖެނަމަ އެކަމުގައި މައިންބަފައިންގެ އިހްމާލް އޮންނާނެއެވެ. އެކަން އެގޮތަށް މެދުވެރިވާނީ ނަމާދުކުރާ ކުއްޖެއްގެ ގޮތުގައި ދަރިފުޅު ތަރުބިއްޔަތުނުކުރެވުނީމައެވެ. ވީމާ އެކަމުގައި މައިންބަފައިންގެ ކުށަކީވެސް ކުޑަކުށެއްނޫނެވެ. އަޢުރަ ނިވާނުވާ ފޭރާންލުމުގައިވެސް އެކަން އޮތީ އެގޮތަށެވެ. ދަރިން އެފަދަ ފޭރާން ލަނީ އެކަމަށް ދޭންޖެހޭ ސަމާލުކަން މައިންބަފައިންނަށް ނުދެވުނީތީއެވެ. ހޭލުންތެރި ނުކުރެވުނީތީއެވެ!

އިސްލާމް ދީން އެންމެ ބޮޑަށް ބާރުއަޅަނީ ތައުބާވުމަށެވެ. ޢަމަލުތައް އިޞްލާޙްކުރުމަށެވެ. އެކަންކުރެވޭނީ އެކަމަށް ވަޤުތާއި ފުރުޞަތުވެސް ދީގެންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް