އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭ: ވަޒީރު

އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭ: ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި، އެކަމާއި ގުޅޭ ކަރުދާހެއް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން، އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް ހުރި ހުރަސްތަކާއި ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބާއްވާ "ޑެސްޓިނޭޝަން އައްޑޫ ސަމިޓް" ގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ "މިހާރު މިދަނީ ޕޭޕަރެއް އެކުލަވާލަމުން އައްޑޫ ޓޫރިޒަމް ޑިވެލޮޕްމަންޓާއި ބެހޭ ގޮތުން، މި ޕޭޕަރު ފުރަތަމަ ރައީސްއާއި ހިއްސާ ކުރާނަން، އެއަށްފަހު އިކޮނޮމިކް ކައުންސިލްއަށް ހުށަހަޅައިގެން އެމަސައްކަތްވެސް" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ރަށެއްގައި ފަތުރުވެރިކަން ފުޅާކުރުމަށް ބީޗެއް މުހިއްމެއް ނޫން ކަމަށެވެ. އެގޮތުން މިހާރު ރާއްޖެ މިސްރާބު ޖަހާފައިވަނީ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ކަމަށާއި، އެ މަސައްކަތުގެ ދަށުން އެކި ބާވަތުގެ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރުމަށް ރާވަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ނަފާ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަހަމައަށް ލިބޭނެ ފަދަ ގޮތަކަށް މަސައްކަތްކުރުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އައްޑޫއަކީ މުއްސަނދި ތާރީޙެއް އޮތް މަންޒިލެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އައްޑޫގައި ހުރި އާސާރީ ތަންތަނުގެ އާބާތުރަ ފިލުވައި އެތަންތަން ފަތުރުވެރިކަމުގައި ޕްރޮމޯޓުކޮށް އިޝްތިހާރުކުރަން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން، މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވާނެ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

މި މަސައްކަތްތަކަކީ އައްޑޫގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށާއި، އެ ސަރަޙައްދުގެ އިޤްތިޞާދީ ދުވެލި އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު