އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު
ހުޅުމާލެއިން ގަވާއިދާއި ޚިލާފަށް ވިއްކަމުންދާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީ އިން މިހެން ބުނެފައިވަނީ ގަވާއިދާ ޚިލާފަށް ޢިއުލާންކުރުމެއް ނެތި ބިން ވިއްކަމުންދާކަމަށް ބުނެ ފަތުރަމުންދާވާހަކަތަކާއި ގުޅިގެންނެވެ.
މިކަމާގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދާއި ޚިލާފަށް ބިން ވިއްކާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށާއި، އެކަން އެ ކުންފުނިން ކުއްވެރިކުރާކަމަށެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން 2 ފަހަރެއްގެ މަތިން ހުޅުމާލެއިން ބިން ވިއްކުމުގެ މަސައްކަތް އެކޯޕަރޭޝަނުން ކުރިއަށް ގެންގޮސްފައިވާކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދިޔައީ ބިން ގަތުމަށް ބީލަމަށް ހުޅުވާލައިގެން އަދި ބީލަން މަރުޙަލާގެ ކަންކަން ހިނގާނެގޮތުގެ ތަފްސީލު ޢިއުލާންކޮށްގެންކަމަށް އެޗްޑީސީން ބުނެއެވެ.
ރައްޔިތުންގެ ހިތުގައި އެޗްޑީސީއާ މެދު އޮތް އިތުބާރު ކިލަނބުވާގޮތަށް ހަގީގަތަށް ބެލުމެއް ނެތި ޚަބަރު ފެތުރުން އެޗްޑީސީން ވަނީ ކުށްވެރިކޮށްފައެވެ.
Advertisement
20 އޮގަސްޓް 2024