އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލެ ދެވަނަ ފިޔަވަހިން ހަމައެކަނި ދިވެހިންނަށް 8 ބިން ވިއްކުމަށް ހުޅުވާލައިފި

ހުޅުމާލެ ދެވަނަ ފިޔަވަހިން ހަމައެކަނި ދިވެހިންނަށް 8 ބިން ވިއްކުމަށް ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 41 ސިކުންތު

ހުޅުމާލެ ދެވަނަ ފިޔަވަހިން 8 ބިން ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ. މި ބިންތައް ވިއްކުމަށް ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހިންނަށެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި، މި 8 ބިމުގެ ތެރެއިން 2 ބިން ހުންނާނީ ބީޗް ފްރަންޓުގައެވެ. އަދި އަނެއް 6 ބިން ހުންނާނީ ބީޗް ސައިޑުގައެވެ. މި ބިންތަކުގެ ސައިޒު ހުންނާނީ 1513 އަކަފޫޓާއި 1737 އަކަފޫޓާ ދެމެދުގައެވެ.

ބިންތަކުގެ އަގުތަކަށް ބަލާއިރު، ބީޗް ފްރަންޓުގައި ހުންނަ ބިންތަކުގެ އަގު ހުންނާނީ އަކަފޫޓަކަށް 4,500 ރުފިޔާގައެވެ. އަދި ބީޗް ސައިޑުގައި ހުންނަ ބިންތަކުގެ އަގު ހުންނާނީ އަކަފޫޓަކަށް 4,000 ރުފިޔާގައެވެ.

މި ބިންތައް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 18 އަހަރުން މަތީގެ ދިވެހިންނަށާއި 100% ދިވެހި ކުންފުނިތަކަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު