އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލެ ދެވަނަ ފިޔަވަހިން 20 ކިއޮސްކް ކުއްޔަށް ދިނުމަށް އެޗްޑީސީން ހުޅުވާލައިފި

ހުޅުމާލެ ދެވަނަ ފިޔަވަހިން 20 ކިއޮސްކް ކުއްޔަށް ދިނުމަށް އެޗްޑީސީން ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައި ހުރި 20 ކިއޮސްކް، ކުއްޔަށް ހިފުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހައުސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަނުން (އެޗްޑީސީ) މިއަދު ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ކިއޮސްކް ހިންގުމަށް ދޫކުރެވޭ ފަރާތްތައް ކަނޑައަޅާނީ، ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންކަމަށެވެ.

މި ފުރުސަތުގައި ކިއޮސްކް ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމަށް ތިން މަރުހަލާއެއް ކަނޑައަޅާފައިވެއެވެ. އެގޮތުން ފޯމު ވިއްކުން އޮންނާނީ 25 އޮގަސްޓް އިން 5 ސެޕްޓެމްބަރުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ. ފޯމު ލިބެން ހުންނާނީ އެޗްޑީސީ ރިސެޕްޝަން، ސެންޓްރޯ މޯލް ގްރައުންޑް ފްލޯއިންނެވެ.

ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 5 ސެޕްޓެމްބަރު، ބުރާސްފަތި ދުވަހުގެ 14:00 ގައެވެ. އަދި ގުރުއަތުނެގުން އޮންނާނީ 19 ސެޕްޓެމްބަރު، ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައެވެ. ގުރުއަތުނަގާ ތަނުގެ މައުލޫމާތު ފަހުން އިއުލާންކުރާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ކިއޮސްކް ކުއްޔަށް ހިފުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެޗްޑީސީގެ ވެބްސައިޓް މެދުވެރިކޮށް، ފޯމު ހުށަހެޅުމުގެ އިތުރު މައުލޫމާތު ލިބޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. އަދި އިތުރު މައުލޫމާތު ސާފުކުރުމަށް އެޗްޑީސީގެ ނަންބަރު 1516 އަށް ގުޅުމަށް އެދިފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު