އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ރަސްމީކޮށް ހުޅުވައިފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ރަސްމީކޮށް ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް ފުރިހަމަކޮށް، އިއްޔެ ރަސްމީކޮށް ހުޅުވައިދީފިއެވެ. މި ތާރީޚީ މުހިންމު މަޝްރޫޢުގެ ނިންމުން ފާހަގަކޮށް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

ރަންވޭ ހުޅުވައިދެއްވާފައިވަނީ ރައީސް މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އަލަށް ތަރައްޤީކުރެވުނު މި ރަންވޭގެ ދިގުމިނަކީ 2465 މީޓަރެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވުނު މި މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. މި ޕްރޮޖެކްޓުގެ ދަށުން އެންމެ ފުރަތަމަ ފަށާފައިވަނީ ރަންވޭގެ މަސައްކަތެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ކުންފުންޏާ ހަވާލުކޮށްގެންނެވެ. މި ރަންވޭ ހުޅުވުމާއެކު، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، އުތުރުގެ ވައިގެ ދަތުރުފަތުރަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު